އެޕަލްގެ މުވައްޒަފުންގެ އަމިއްލަ ޒާތީ މަޢުލޫމާތު ބެލުމުގެ ތުހުމަތުގައި އެޕަލްގެ މުވައްޒަފަކު އެޕަލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވައްދައިފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއް ކުންފުނި އެޕަލްގެ މައްޗަށް އެ ކުންފުނީގެ މުވައްޒަފަކު އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ އެޕަލްއިން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ވަސީލަތްތަކާއި އައިކްލައުޑް އެކައުންޓްތައް ޤާނޫނާ ޚިލާފަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މުސާރައާއި މަސައްކަތުގެ މާޙައުލާ ބެހޭގޮތުން މުވައްޒަފުންނަށް ވާހަކަ ދެއްކުން މަނާކޮށްފައ...
އަޙްމަދު ދާއޫދު
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މަޔޯކާގެ ދަނޑުގައި ރޭ ބާސާ މޮޅުވެފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އުމުރުން 17 އަހަރުގެ ޔަމާލްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާއިތުވި މަސްދުވަހެއްހާ ދުވަހު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ މުއްދަތުގައި ބާސާ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމް ވަނީ ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ […]
އިބްރާހިމް ޚަލީލް
ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ. ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި އަލިފާންގަނޑު ރޭ ވަނީ ނިއްވާލާފައިވާއިރު، މިހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ އޮތޯރިޓީން ބުންޏެވެ. ’’ހާލުގައި ޖެހުނު ފަރާތްތައް ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި.’’ އެންޑީއެމްއޭއިން ބުނެފަވެއެވެ. މ...
ޔުމްނާ ޢަލީ
ޗައިނާއިން އެމެރިކާއަށް ކުރާ މުހިންމު އެކްސްޕޯޓްތަކެއް ހުއްޓާލުމަށް ނިންމައިފިއެވެ. މިއީ އެމެރިކާއިން ޗައިނާގެ ޓެކްނޮލޮޖީއަށް ކުރިން ގެނައި ހަނިކުރުންތަކަށް ޖަވާބުދާރީވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. ޗައިނާގެ ވިޔަފާރި މިނިސްޓްރީން މިއަދު ބުދަ ދުވަހު ބުނެފައިވަނީ، ގެލިއަމް، ޖަރމޭނިއަމް، އެންޓިމޮނީ އަދި ސުޕަރހާޑް މެޓީރިއަލްސް ފަދަ ޗިޕް އުފެއްދުމަށް ބޭނުންކުރާ މުހިންމު މާއްދާތައް އެމެރިކާއަށް އެކްސްޕޯޓް ކުރުން މަނާކުރާ ކަމަށެވެ. މީގެ އިތުރުން ގްރެފައިޓްގެ ވިއްކުންތައްވެސް ހަނިކުރާނެ ކަމަށް އެ...
އަޙްމަދު ދާއޫދު
ނަމީބިއާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ ޤައުމުގެ ފުރަތަމަ އަންހެން ރައީސް އިންތިޚާބުވާން ކައިރިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މިހާތަނަށް ގުނިފައިވާ ވޯޓުތަކުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ނެޓުމްބޯ ނަންޑި-ންޑައިޓްވާ ވަނީ ކުރިއަރައިގެން ގޮސްފައެވެ. ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގެ 65.57 އިންސައްތަ ވޯޓު ގުނިފައިވާއިރު، 72 އަހަރުގެ ނަންޑި-ންޑައިޓްވާ ވަނީ 54.82 އިންސައްތަ ވޯޓު ހޯދާފައެވެ. އިންތިޚާބުގެ ނަތީޖާ ނެރުމަށް ލަސްވެފައިވަނީ ބައެއް ވޯޓުލާ މަ...
އަޙްމަދު ދާއޫދު
ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމުން ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މައާފަށްއެދިއްޖެއެވެ. އެ އެޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ އެޖެންސީން ބަލިމީހަކަށް އެހީނުދިންކަމަށްބުނެ، މީސްމީޑިއާގައި ދޮގު މައުލޫމާތު ފަތުރައި، އެ އެޖެންސީ ބަދުނާމުކޮށް ފަތުރަމުންދިޔަ ވާހަކަތަކާއި ގުޅިގެން އެކަން ހިނގާފައިވާގޮތުގެ ތަފްސީލް ހާމަކުރުމުގެ ގޮތުން ބަޔާނެއް ނެރުނުކަމަށެވެ. އެ ބަޔާނުގައި ބަލިމީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތްނަމަވެސް، އެބަޔާނުގައި ބަލިމީހާ އ...
ޔުމްނާ ޢަލީ
ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަރާލިކަމުގެ ހެއްކެއް އަދި ގަރީނާއެއް މިހާތަނަށް ތަހްގީގަށް ލިބިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ޒަކިއްޔާ އަށް އިންސާފު ހޯދައިދީ، މަރުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައި ހޮޅުދޫގައި މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ރައްޔިތުންކަހަލަގޮތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފައެވެ. ލުހުން މިއަދު ބުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ...
ޔުމްނާ ޢަލީ
އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ވާދަކުރަން ޖެހިއްޖެއެވެ. އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ދެ ޓީމަކީ ވެސް ޔުނައިޓެޑާއި އާސެނަލްއެވެ. އާސެނަލުން މި މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފައިވާއިރު ޔުނައިޓެޑުން ވަނީ 13 ފަހަރު ކާމިޔާބު ކޮށްފައެވެ. ތިންވަނަ ބުރުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ސަލްފޯޑްއާއި ދެކޮޅަށެވެ. ލިވަޕޫލުން ދެވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އާއި ދެކޮޅަށް ނުކުންނައިރު، ޗެލްސީ ބައްދަލުކުރާނީ މޯކެމްބޭ އާއެވެ....
އިބްރާހިމް ޚަލީލް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު ދައުލަތަށް ފައިދާ ނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބ...
ހުސައިން ހަބީބް
މާލޭގެ ގެއެއްތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ، މާލޭގެ ގުލާބީ މަގުގައި ހުރި ގެއެއްގައި މީހަކު ހޭނެތިފައި އޮތް ކަމަށް ރިޕޯޓް ލިބިގެން ފުލުހުން ސީނަށް އެޓެންވެފައިވާ ކަމަށެވެ. އެމީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 53 އަހަރުގެ އަބުދުﷲ ހަސަން، މއ.ހުދުއަކިރި އެވެ. އޭނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަށް ނެތްކަމަށް ވެސްހޮސ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ނަމާދުކޮށް އަވަދި ވެގެން ސިޓިންރޫމަށް އަރޫޝާ ނިކުތީ ކޮފީއެއް ބޯށެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޯނު ހިފައިގެން ސޯފާގައި އިން ނަދީމެވެ. އޭނާ ރަށަށް ނުދިޔައީ ކީއްވެ ބާވައޭ އަރޫޝާގެ ހިތަށް އެރިއެވެ. ނަދީމްއަށް ބަލަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް ނަދީމް ވެސް އަރޫޝާއަށް ބަލައިލައިފިއެވެ. ހުރި ފިޔަވަޅު މަތީ އިރުކޮޅަކު ހުރުމަށްފަހު އަރޫޝާ ގޮސް އުނދުން ކައިރީ ހުއްޓުނެވެ. ފެންކައްކާ ޖަގު ޖައްސާލުމަށްފަހު އޭނާ މަޑުކޮށްގެން ހުރީ ނަދީމްއަށް ފުރަގަސްދީގެންނެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ކޮންމެ ޤައުމަކަށް ވެސް އެ ޤައުމަކަށް ޚާއްޞަ ޤައުމިއްޔަތެއް އޮވެއެވެ. ދިވެހީންނަކީ އެވޭލާ ޤައުމަކަށްވާތީ ދިވެހީންގެ ވަރަށް ފުން ޤައުމިއްޔަތެއް އޮވެއެވެ. އެހެން ހުރިހާ ދާއިރާތަކެކޭ އެއްގޮތަށް ދިވެހި ޤައުމިއްޔަތަކީ ވެސް މަފުހޫމެއްގެ މައްޗަށް ޢިލްމީ މާނަތަކެއް ހިމެނޭ ގޮތަށް ތަރުތީބު ވެފައިވާ ފުން ދާއިރާއެކެވެ. މިއީ މި ދެންނެވި ޢިލްމީ ފުން މާނަތަކުގެ މައްޗަށް ބަލާލެވިފައިވާ މަސައްކަތެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާއިން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން 3...
ޢަބްދުﷲ ސަޢީދު
ރަޝިއާގެ ރެންސަމްވެއަރ ހެކަރަކު ހައްޔަރުކޮށްފިއެވެ. ރަޝިއާގެ ކަލިނިންގްރާޑް ސަރަޙައްދުގައި ދިރިއުޅޭ 32 އަހަރުގެ މީހަކު ހައްޔަރުކުރީ ރެންސަމްވެއަރ ހަމަލާތައް ރޭވުމާއި ހިންގުމުގެ ތުހުމަތުގައި ކަމަށް ރަޝިއާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިފަދަ ކުށްތަކުގައި ރަޝިއާގެ ރައްޔިތުން ހައްޔަރުކުރުމަކީ މަދުން ދިމާވާ ކަމެކެވެ. ކަލިނިންގްރާޑްގެ ޕްރޮސެކިއުޓަރ އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފާހަގަކުރެވުނު ގޮތުގައި، މި ހެކަރު ވިޔަފާރި ކުންފުނިތަކުގެ މަޢުލޫމ...
އަޙްމަދު ދާއޫދު
ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މަރުކަޒުތަކެއް ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ. މިގޮތުން އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި މި މަރުކަޒުތައް ޤާއިމުކުރުމަށް ވަޒީރުންގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ރަނގަޅު ފެންވަރުގައ...
ޔުމްނާ ޢަލީ
ގިނީގެ ދެކުނު އިރުމަތީ ސަރަހައްދުގައި އޮންނަ ފުޓްބޯޅަ ދަނޑެއްގައި ހިނގި އަނިޔާވެރި ހާދިސާއެއްގައި މަދުވެގެން 56 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހޯމަ ދުވަހު ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު، ގިނީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ނެޒެރެކޯރޭގައި ބޭއްވުނު ރަށު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގައެވެ. މި ސިޓީއަކީ ވެރިރަށް ކޮނަކްރީން ގާތްގަނޑަކަށް 570 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ބޮޑުވަޒީރު […]
އަޙްމަދު ދާއޫދު
ފްރާންސްގެ ސަރުކާރަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެއްޖެއެ. މިގޮތުން، ބުދަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބަޖެޓް ފާސްކުރުމުގައި ވޯޓު ނުނަގައި ކުރިއަށް ދިއުމަށް ބޭނުންވާތީ، ވާތުފިޔައިގެ ޕާޓީތަކާއި ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީތަކުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ހުށަހެޅުމެކެވެ. މި ހުށަހެޅުން ފާސްވެއްޖެނަމަ، ސަރުކާރު ވެއްޓި، ބޮޑުވަޒީރު މިޝެލް ބާނިއޭ އިސްތިއުފާދޭން ޖެހޭނެއެވެ. އޭނާ މި މަޤާމުގައި ހުންނަތާ އަދި ދެމަހާއި ބައި ވެސް ނ...
އަޙްމަދު ދާއޫދު
ދިވެހިރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކު ޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސިއްހަތާބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޝްވަރާ ހޯއްދެވުމަށްފަހުއެވެ. ސިއްހީ ވުޒާރާގެ މި ހުށަހެޅުމާއި ގުޅިގެން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، ސްޓޭޓް ޓ...
ޔުމްނާ ޢަލީ
ނިޔާވެފައި އޮތް މީހަކު ހުޅުމާލެ ފަޅު ތެރެއިން ފެނިއްޖެ އެވެ. ފުލުހުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ފިރިހެނެކެވެ. ނަމަވެސް އެއީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއް ފުލުހުން ނުބުނެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ވެސް، ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ ތޮށީގެ ބޭރު [...
ޔުމްނާ ޢަލީ