ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑްކޮޔާޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ.

Ad
rt

ޑޮކްޔާޑް ތަރައްގީކުރުމަށް އިހަވަންދޫއިން އެއްލައްކަ އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު، ޑޮކްޔާޑުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް އެމްޕީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އެތަން ނިންމައި އޮޕަރޭޝަނަށް ގެނައުމެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމާއިއެކު މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކުގެ ފަރާތުން ޓެކްނިކަލް އެކިއެކި ކަންކަމަށް ރިކުއެސްޓް އަންނަކަމަށެވެ. އެހެންކަމުން މި ޑޮކްޔާޑުން އެ އުޅަނދުތަކަށް ޓެކްނިކަލް ސަޕޯޓް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ރިޕެއަރ އެންޑް މެއިންޓަނަންސްގެ ހިދުމަތް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެ ސަރަހައްދަކީ މަސްވެރި އުޅަނދުތައް ގިނަ ސަރަހައްދަކަށްވުމުން އެ ސަރަހައްދުން ޑޮކިންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ އަދަދެއްގެ މަސްވެރިން އެދެމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އެހެންކަމުން މި ޑޮކްޔާޑާއިއެކު މަސްވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.