މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 600 ވަނަ ޞަފްޙާ

ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް

ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް

ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނަ އެޅި އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ގަދަ ފިނީގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން އަންގާރަ ދުވަހު ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ޓެންޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. “ހަނގުރާމައިގެ ސަބަބުން ދިރިއުޅެން ނުކުޅެދިފައިވާ މީހުން މިހާރު...

އަޙްމަދު ދާއޫދު
އައު އަހަރުގެ އަޒުމަކަށް، ނަމާދުކޮށް ޤުރުއާން ކިޔެވުމަށް

އައު އަހަރުގެ އަޒުމަކަށް، ނަމާދުކޮށް ޤުރުއާން ކިޔެވުމަށް

ކޮންމެ އައު އަހަރެއް ފެށުމާއެކު، އަޅުގަނޑުމެން ގިނަ މީހުން އާ އަޒުމުތަކެއް ކަނޑައަޅައެވެ. މި އަޒުމުތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުން ރަނގަޅުކޮށް، އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތަކެކެވެ. ނަމަވެސް، އަޅުގަނޑުމެން އަޒުމު ކަނޑައަޅާއިރު ވިސްނަންވާނީ އަމިއްލަ ނަފްސަށް ފައިދާހުރި އަދި ޢާއިލާއާއި މުޖުތަމަޢުއަށް ހެޔޮ އަސަރުކުރާނެ ކަންތައްތަކަށެވެ. މިގޮތުން، މި އަހަރުގެ އަޒުމަކަށް ގަވާއިދުން ނަމާދުކޮށް، ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމަކީ އެންމެ ރަނގަޅު އަދި ފައިދާހުރި އަޒުމެއް ކަމުގ...

ތިލަދުން
މިއީ އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާންފަށާނެ އަހަރެއް: ރައީސް

މިއީ އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާންފަށާނެ އަހަރެއް: ރައީސް

މި ފެށުނު 2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތ...

އަލީ އާދިލް
އެލޮން މަސްކްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފި

އެލޮން މަސްކްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފި

ބިލިއަނަރު ވިޔަފާރިވެރިޔާ އަދި އެކްސް (ކުރީގެ ޓްވިޓަރ) ގެ ވެރިފަރާތް އެލޮން މަސްކް، އޭނާގެ ޕްރޮފައިލް ނަން “ކެކިއަސް މެކްސިމަސް” އަށް ބަދަލުކޮށް، އިންޓަނެޓް މީމް ކެރެކްޓަރެއް ކަމަށްވާ ޕެޕެ ދަ ފްރޮގްގެ ފޮޓޯއެއް ޕްރޮފައިލް ޕިކްޗަރގެ ގޮތުގައި ބޭނުންކޮށްގެން އަނެއްކާވެސް އޮންލައިން ދުނިޔެ ހައިރާންކޮށްލައިފިއެވެ. މަސްކްގެ މި އައު ޕްރޮފައިލް ޕިކްޗަރގައި ވަނީ ރަން ކުލައިގެ އާމަރެއް ލައިގެން ހުރި، ވީޑިއޯ ގޭމް ކޮންޓްރޯލަރެއް ހިފަހައްޓައިގެން ހުރި ޕެޕެ ދަ ފްރޮގްގެ ފޮޓޯއެކެވެ. މިއީ ގޭމިންގ […]

އަޙްމަދު ދާއޫދު
މާދަމާ އުތީމު ގަނޑުވަރު ބަންދު

މާދަމާ އުތީމު ގަނޑުވަރު ބަންދު

އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފިއެވެ. އެ މަރުކަޒުން ބުނީ، އާ އަހަރާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން މާދަމާ އުތީމު ގަނޑުވަރު ބަންދުވާނެއެވެ. އަދި  ދެން ހުޅުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ. ހޮނިހިރު ދުވަހު އުތީމު ގަނޑުވަރު ހުޅުވަން ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް […]

ޔުމްނާ ޢަލީ
އިންޓަނެޓް ބަހުރުވަ: ބެލެނިވެރިން ދަސްކުރުން މުހިންމު

އިންޓަނެޓް ބަހުރުވަ: ބެލެނިވެރިން ދަސްކުރުން މުހިންމު

އިންޓަނެޓް މެދުވެރިކޮށް މުއާމަލާތް ކުރުމުގައި ބޭނުންކުރާ ޚާއްޞަ ބަހުރުވައަކީ މިހާރު ބެލެނިވެރިން ދަސްކުރަން ޖެހިފައިވާ މުހިންމު އެއްޗެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ. “އޯއެމްޖީ އޯއެމްޖީ ލޮލް، ދެ ތިކި ޕީ!!” މި ނަމުގައި މަޝްހޫރުވެފައިވާ ލަވައިން ގިނަ ބަޔަކަށް އިންޓަނެޓް ބަހުރުވައިގެ ބައެއް ރަމްޒުތައް ދަސްވެފައިވީ ނަމަވެސް، އިންޓަނެޓްގެ ބޭނުން އިތުރުވަމުން ދިއުމާއެކު މި ބަހުރުވައިގެ ބަސްތައް ވެސް ގިނަވަމުންދާކަމަށް ބުނެވެއެވެ. މި ބަހުރުވައިގައި ބޭނުންކުރާ ބައެއް ރަމްޒުތަކުގެ ތެރޭގައި “OMG”...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް

ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަހުލީން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި އަހުލީއެވެ. މި މެޗު އަހުލީން ކާމިޔާބު ކޮށްފައި ވަނީ ރޫހުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ އިރުޝާދު ދީފި

މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ އިރުޝާދު ދީފި

އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރައްކާތެރިކަމުގެ އިރުޝާދު ދީފިއެވެ. ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދު ސަމާލުގެ މެސެޖެއް ނެރެފ...

ޔުމްނާ ޢަލީ
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މަހުގެ ބާވަތްތަކުން ޑިއުޓީ މައާފުވާނެ

މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މަހުގެ ބާވަތްތަކުން ޑިއުޓީ މައާފުވާނެ

ޗައިނާ އާއި ދިވެހިރާއްޖެ އާއި ދެމެދު ގާއިމުކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހިރާއްޖެއިން އެކްސްޕޯރޓް ކުރާ މަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތަކުން ޑިއުޓީ މައާފުވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން ސަރުކާރުން އިއްޔެ ވަނީ ޢިއުލާންކޮށްފައެވެ. މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު...

ޔުމްނާ ޢަލީ
''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ

''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ފައިނަލުން ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައި ވަނީ 22 ސްޕޯޓްސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. […]

އިބްރާހިމް ޚަލީލް
އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ

އާ އަހަރުގެ ބަންދުގައި ބޮޑު ބަޔަކަށް ގަދަ ވިއްސާރަ

އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރާނެއެވެ. މިގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަަދި ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދައެރުމުގ...

ނާޒިމާ އަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (33)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (33)

ކުރީގެ އަދަދާއިގުޅޭ: ” އަރޫ! ” ނަދީމްގެ ޖުމްލައިން އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ހީވީ ދާއިންގެ އަޑުން އަރޫ އޭ ކިޔާ ގޮވާލި އަޑު އިވުނު ހެންނެވެ. ” ޕްލީޒް… ވީ ކަމެއް ވީ! ދެން އެ ދުވަސް ހަނދާން ނުކުރޭ! ޕްލީޒް.. ” ނަދީމް ބުންޏެވެ. ” އަރޫ އޭ؟” އަރޫޝާއަށް ސުވާލު ކުރެވުނީ ދާދި ދެންމެއަކު ނަދީމް އޭނާއަށް މުހާތަބް ކުރި ނަމާ ބެހޭ ގޮތުންނެވެ. ” ކުރިއަށް ވުރެ އަރޫ […]

ސަލާމާ ޢަބްދުލް ޢަލީމް
ޔުކްރެއިންގައި ސްޓާލިންކްގެ ޑައިރެކްޓް-ޓު-ސެލް ޚިދުމަތް

ޔުކްރެއިންގައި ސްޓާލިންކްގެ ޑައިރެކްޓް-ޓު-ސެލް ޚިދުމަތް

ޔުކްރެއިންގެ އެންމެ ބޮޑު މޯބައިލް އޮޕަރޭޓަރ ކަމުގައިވާ ކީވްސްޓާރުން އީލޮން މަސްކްގެ ސްޓާލިންކާއެކު ޑައިރެކްޓް-ޓު-ސެލް ސެޓެލައިޓް ކަނެކްޓިވިޓީ ތަޢާރަފުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކީވްސްޓާރުގެ މައި ކުންފުނި ވިއޮންއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ޑައިރެކްޓް-ޓު-ސެލް ޑިވައިސްތައް ގުޅިފައިވަނީ މޯޑަމްތަކާއެކު ހަރުކޮށްފައިވާ ސެޓެލައިޓްތަކަށެވެ. މި މޯޑަމްތައް މަސައްކަތްކުރަނީ ސެލްފޯނު ޓަވަރެއްގެ ގޮތުގައެވެ. އަދި މި ޓަވަރުތަކުން ފޯނުގެ ސިގްނަލްތައް ސީދާ ސްމާޓްފޯނުތަކަށް...

އަޙްމަދު ދާއޫދު
އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި 71 މީހުން މަރު

އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި 71 މީހުން މަރު

އިތިޔޯޕިޔާގައި ޓްރަކެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން މަރުވެއްޖެއެވެ. ސިދާމާ ސަރަޙައްދުގެ ސަރުކާރުގެ ތަރުޖަމާނު އަދި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިތިޔޯޕިޔާގައި މީހުން އަރުވައިގެން ދުއްވަމުންދިޔަ ޓްރަކެއް ކޯރަކަށް ވެއްޓި ހިނގި ހާދިސާއެއްގައި މަދުވެގެން 71 މީހުން ވަނީ މަރުވެފައެވެ. ސިދާމާ ސަރަޙައްދުގެ މުވާސަލާތީ ބިއުރޯއިން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ ބޯނާ ޑިސްޓްރިކްޓުގައެވެ. ސިދާމާ ސަރަޙައްދުގެ ސަރ...

އަޙްމަދު ދާއޫދު
ޖިމީ ކާޓާ ފަސްދާނުލުން ޖެނުއަރީ 9 ގައި

ޖިމީ ކާޓާ ފަސްދާނުލުން ޖެނުއަރީ 9 ގައި

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާޓާގެ ޖަނާޒާ ޖެނުއަރީ 9 ވަނަ ދުވަހު ވޮޝިންޓަން ނޭޝަނަލް ކެތީޑްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ އާމީން ވަނީ ހާމަކޮށްފައެވެ. އުމުރުފުޅުން 100 އަހަރުގައި މިދިޔަ އާދިއްތަ ދުވަހު އަވަހާރަވި ކުރީގެ ރައީސް ކާޓާގެ ހަނދާނުގައި ޖެނުއަރީ 9 ވަނަ ދުވަހަކީ މުޅި އެމެރިކާގައި ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް […]

އަޙްމަދު ދާއޫދު
5ޖީ ސްޕީޑުގައި އަންލިމިޓެޑް ޑޭޓާއާއެކު މުޅިން އައު އެޑް-އޮންސް!

5ޖީ ސްޕީޑުގައި އަންލިމިޓެޑް ޑޭޓާއާއެކު މުޅިން އައު އެޑް-އޮންސް!

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އައު އެޑް-އޮންތަކެއް ތަޢާރަފްކޮށްފިއެވެ. އުރީދޫއިން މި އޮފަރތައް ތަޢާރަފްކޮށްފައިވަނީ އައު އަހަރާ ގުޅުވައިގެންނެވެ. މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ 31 ޖަނަވަރީ 2025 ގެ ނިޔަލަށެވެ. ކަސްޓަމަރުންނަށް މި އެޑް-އޮންތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެއެވެ. އުރީދޫ މޯލްޑިވްސްއިން އާާ އަހަރާ ދިމާކޮށް ތައާރަފްކުރި އައު އެޑް-އ...

އިބްރާހިމް އަސްވާޤް
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ އޮންލައިން ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، 20...

އަލީ އާދިލް
ގައުމީ އެއާލައިނުގެ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލަން އެއާޝޯއެއް

ގައުމީ އެއާލައިނުގެ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލަން އެއާޝޯއެއް

ގައުމީ އެއާލައިން، މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލަން އަންނަ ހޯމަދުވަހު އެއާޝޯއެއް ބާއްވަން ނިންމައިފިއެވެ. މޯލްޑިވިއަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގެ ޒަރީއާއިން ވަނީ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ330 އަށް މަރުޙަބާ ކިޔުމަށް، އެ މުހިންމު ތާރީޚީ ވަގުތު ފާހަގަކުރުމުގައި އެ ކުންފުންޏާއެކު ބައިވެރިވުމަށް ރައްޔިތުންނަށް ދައުވަތު ދީފައެވެ. މި ޚާއްޞަ މުނާސަބަތު ފާހަގަކުރުމަށްޓަކައި، އަޅުގަނޑުމެން 6 ޖަނަވަރީ 2025 (ހޯމަ ދުވަހު) ގައި...

ޔުމްނާ ޢަލީ