ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި، ނަމަވެސް އެންމެ އަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ސަރުކާރުން ހޯއްދަވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހަމަޖެހުމާއި އިޖުތިމާޢީ އަދާލަތާއި އިންސާފު ޤާއިމްކުރުމާއި މާލީ ހާލަތު އޮތީ...
އަލީ އާދިލް
އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ލަސްވެގާސް ސިޓީގައި ހުންނަ ޓުރަމްޕް އިންޓަނޭޝަނަލް ހޮޓެލްގެ ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވާލުމުގެ ސަބަބުން އެކަކު މަރުވެ، ހަތް މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެެވެ. ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދަނީ މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ހާދިސާގެ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، ސައިބަރޓްރަކް ހޮޓެލްގެ ބޭރަށް އައި ވަގުތު ގޮއްވާލާފައިވެއެވެ. މަރުވެފައިވަނީ ޓެސްލާ ދުއްވަން އިން ޑްރައިވަރެވެ. އަނިޔާވެފައިވަނީ އެވަގު...
އަލީ އާދިލް
ކުރީގެ އަދަދާއި ގުޅޭ: ދާއިން ދިން ހިތްވަރުން އަރޫޝާ ތެދުވީ، މަދީހާއާއި ރިޒާއަށް ހަގީގަތް ހާމަކޮށްދޭން ދާށެވެ. މަދީހާގެ ކޮޓަރި ބޭރުގައި ހުރި ރިޒާއާއި މަދީހާގެ ފައިވާން ފެނި، އަރޫޝާގެ ހިތް ބާރަށް ތެޅިގަނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ދޮރު ކައިރީ ހުއްޓުމާއެކު ފުރަތަމަ ވެސް އިވުނީ ރިޒާގެ އަޑެވެ. ” އަހަރެން މިހާރު ހިތަށް އަރާ އެކަން އެގޮތަށް ނުކުރެވުނު ނަމައޭ!” ރިޒާގެ އަޑަށް އަރޫޝާއަށް މަޑުކޮށްލެވުނެވެ. ” އަރޫޝާ މިހާރު މާ ހިތާމަ […]
ސަލާމާ ޢަބްދުލް ޢަލީމް
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރު ނެރެފައިވާ ޑިޖިޓަލް ކަލަންޑަރު ސޮފްޓްވެއާ އަޕްޑޭޓަކާއެކު މިއަހަރުވެސް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ. އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މިއީ ކުންފުނީގެ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިސްނުމުގެ ދަށުން އެޅުނު މުހިންމު ބިންގަލެކެވެ. 2024 ވަނަ އަހަރު ތަޢާރަފުކުރެވުނު މި ޑިޖިޓަލް ކަލަންޑަރަކީ އޮފީސް މޭޒުތަކާއި ގޭތެރޭގައި ބެހެއްޓުމަށްވެސް މަޤުބޫލުވެގެން ދިޔަ ކަލަންޑަރެކެވެ. އެސްޓީއޯ އިން ބުނީ މ...
އިބްރާހިމް އަސްވާޤް
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ސާފު މުދާ ނުވަތަ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ޖުމްލަ މުދާ 10 ޓްރިލިއަން ޑޮލަރަށް އަރައިފައިވާއިރު، މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ލިސްޓުގެ އެންމެ މަތީގައިވަނީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް ދިއުމާ […]
އަޙްމަދު ދާއޫދު
މަރަކީ އިންސާނާގެ ދިރިހުރުމުގެ ނިމުމެވެ. އެހެންނަމަވެސް، އެއީ އާޚިރަތުގެ ދިރިއުޅުމުގެ ފެށުމެވެ. މަރާ ގުޅޭގޮތުން އިސްލާމީ އިލްމުވެރިން ވަނީ ގިނަގުނަ ދަރުސްތަކެއް ދެއްވަވާފަ އެވެ. އޭގެ ތެރެއިން، މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމުގައިވާ އިމާމު ޝާފިއީގެ ތިން ޅެމެއް މި މަޒުމޫނުގައި ބަލައިލާނަމެވެ. ފުރަތަމަ ޅެމުގައި އިމާމު ޝާފިއީ ވިދާޅުވަނީ: “އޭނާގެ ގޯތި ތެރެއަށް މަރު އައިސް ވަދެއްޖެ މީހާ، (މަރުން) ސަލާމަތް ކުރާނެ (އެހެން) ބިމެއް ނޫނީ އުޑެއް ވެސް ނުވެއެވެ.” މި ޅެމުގައި އިމާމު […]
ތިލަދުން
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް، ފާއިތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެ ދާއިރާއަށް ޖުމްލަ 1,177,072 ރުފިޔާ ހޭދަކޮށްފައިވާކަން ހާމަކޮށްފި އެވެ. މިއީ އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނު 615,200 ރުފިޔާއަށްވުރެ ގިނަ އަދަދެކެވެ. އައްބާސް ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނ. ޅޮހީގައި ހިނަވާގެއެއް ބިނާކުރުމަށް ކަމަށްވާއިރު، އެކަމަށް 478,342 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކޮންމެ 15 ދުވަހަކުނ...
އަލީ އާދިލް
އިޓަލީގެ އުތުރުގައި އޮންނަ މަޝްހޫރު ސިޓީ އެއްކަމުގައިވާ މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފިއެވެ. މިއީ މި ސިޓީގެ ވައި ސާފުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. މި އައު ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް 40 އާއި 240 ޔޫރޯ (41 އާއި 249 ޑޮލަރު) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް މި ފިޔަވަޅާ މެދު އެސިޓީގެ ބައެއް ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. “އަޅުގަނޑަށް ހީވަނީ މިއީ […]
އަޙްމަދު ދާއޫދު
އެމެރިކާގެ ދެކުނުގައިވާ ލުއިޒިއާނާ ސްޓޭޓުގައި، މިސިސިޕީ އިންވެގެން އޮންނަ ސިޓީއެއް ކަމަށްވާ ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަ ކުރަމުންދިޔަ ބައެއްގެ ތެރެއަށް ޓްރަކެއް ވައްދާލައިގެން ހަމަލާދީ 10 މީހުން މަރާލައިފިއެވެ. ސްކައި ނިއުސްގެ އެމެރިކާގެ ޕާޓްނަރު ނެޓްވޯކް އެން.ބީ.ސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ސަރަހައްދެއްގަ އެވެ. ހަމަލާ ދިން ފަރާތުން ގިނަ ބަޔަކު މަރާލުމަށް ނުވަތަ ޒަހަމް ކޮށްލުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވެއެވެ...
އަޙްމަދު ދާއޫދު
ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީދިނުމުގައި ޢަމަލުކުރާނެ އައު އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައެވެ. މި އުސޫލުގެ ދަށުން، ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށް ދެކޮޅު ޓިކެޓުގެ ޚަރަދާއި، ކޯހުގެ ޓިއުޝަން ފީ، ވިސާގެ ޚަރަދު، ކޯސް ރަޖިސްޓްރޭޝަން ޚަރަދު، އަދި ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދެވޭނެއެވެ. މީގެ އިތުރުން، ސްޓައިޕެންޑާއި ފޮތްތަކަށް ކުރަންޖެހޭ ޚަރަދު ވެސް މި އެހީގެ ތެރޭގައި ހިމެނޭނެއެވެ. ރާއްޖޭގައި ކިޔަވަން ހޮވޭ ދަރިވަރ...
ޔުމްނާ ޢަލީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވި އެވެ. އޭގެ […]
ހުސައިން ހަބީބް
ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމަޢުލޫމާތު ދޭގޮތުގައި މިތަކެތި ވަގަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުންނެވެ. މިމައްސަލަ ހުށަހެޅުމާއެކު، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން މިތަކެތި ވަނީ ހޯދާފައެވެ. ވަގަށް ނެގުނު ތަކެތީގެ ތެރޭގައި އަގުބޮޑު...
އަލީ އާދިލް
2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...
އިބްރާހިމް ޚަލީލް
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މީލާދީ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ރައީސް ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓ...
ޔުމްނާ ޢަލީ
ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ. މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 […]
ޔުމްނާ ޢަލީ
އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ. އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާ އަށް ވީއައިއޭ އިން މަރުހަބާކިޔާފައިވާއިރު، މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާއިން ވަނީ މީގެ ކުރީން ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭން ސިފަކޮށްފައިވާއިރު، ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ އެ ޢާ...
ޔުމްނާ ޢަލީ
ކޭތީ ޕެސިފިކްގެ ފްލައިޓެއް ހޮންގކޮންގުން 2025 ވަނަ އަހަރު ފުރައިގެން، ލޮސްއެންޖެލެސްއަށް ޖެއްސުނީ 2024 ވަނަ އަހަރުގައެވެ. އިންޓަރނޭޝަނަލް ޑޭޓް ލައިން (އައިޑީއެލް) ހުރަސްކުރަން ޖެހުމުން، މި ފްލައިޓްގައި ދަތުރުކުރި ފަސިންޖަރުންނަށް އައު އަހަރަށް ދެފަހަރު މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އައިޑީއެލްއަކީ ޕެސިފިކް ކަނޑުގެ މެދުން ދަމާލެވިފައިވާ ހިޔާލީ ރޮނގެކެވެ. މި ރޮނގުން ވިދިވިދިގެން އަންނަ ދެ ތާރީޚު ވަކިކޮށްދެއެވެ. މި ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުން ހޮންގކޮންގުން ފުރީ އައު އަހަރުގެ...
އަލީ އާދިލް