އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއާއި ލިވަޕޫލާއި ޗެލްސީ، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ތިން ވަނަ ޑިވިޝަނުގެ ސަލްފޯޑް ބަލިކޮށްފައެވެ. މިއީ ސިޓީން 2019 ވަނަ އަހަރަށް ފަހު މުބާރާތެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ.

Ad
rt

ރޭ މެޗުގައި މެކަޓީ ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ޑޮކޫ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ދެން ސިޓީއަށް ލަނޑުތައް ޖަހައިދިނީ މުބާމާ، އޮނެއިލީގެ އިތުރުން ގްރީލިޝްއެވެ.

ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ ތިން ވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އަތުން 4-0 ގެ ނަތީޖާއިން މޮޅުވެފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ޖޮޓާ، އާނޯލްޑް، ޑެންސްގެ އިތުރުން ކިއޭޝާއެވެ.

ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ ތިން ވަނަ ޑިވިޝަނުގެ މޯކޭމްބް އަތުން 5-0 ގެ ނަތީޖާއިން މޮޅުވެފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އެންކުންކޫ، ޖޮއާއޯ ފެލިކްސް، ޓޮސިން އަޑަރާބިއޯޔޯއެވެ. ފެލިކްސް، ޓޮސިން އަޑަރާބިއޯޔޯ މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.