އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި އޮތް ހިންދޫންގެ ދީނީ ހިނގާލުމެއްގައި ފިތިގެން 30 މީހުން މަރުވެ 60 މީހުން ޒަޚަމްވެއްޖެއެވެ. ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުސް އޮފިސަރު ވައިބަވް ކްރިޝްނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން 25 މީހުންގެ ހަށިގަނޑު ދެނެގަނެވިފައިވާ އިރު، 60 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އުއްތަރު ޕްރަދޭޝްގެ ވެރިކަން ހިންގާ ޔޯގީ އަދިތްޔަނާތު ވަނީ މި […]
އަޙްމަދު ދާއޫދު
މާލޭގައި އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމަށް ބެލެވޭ މައްސަލައެއްގައި އެ އޮފީސް ބަލާފާސްކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި އެ އޮފީހަކީ މާލޭ ހެންވޭރުގައި ހުންނަ ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ ތަނެކެވެ.. ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި ކޯޓު އަމުރެއްގެ ދަށުން އެ އޮފީހަށް ވަދެ ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައި...
ޔުމްނާ ޢަލީ
ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާ ކުރިމަތިލާއިރު ވަރުގަދަކޮށް ދެމިތިބުމުގެ ހުނަރު ދަސްކޮށްދިނުމަށް “ދަ ކޯޗިން ކޯ” އިން މި އަންނަ މަހު ބާއްވާ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ކޮންސިސްޓެންސީ ތްރޫ ރެސިލިއެންސް: ސްޓޭއިންގް ސްޓްރޯންގް އިން ދަ ފޭސް އޮފް އެޑްވާސިޓީ” ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަން އަމާޒުކޮށްފައިވަނީ 10 ބައިވެރިންނަށެވެ. ސެޝަން ކުރިއަށްދާނީ މި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށެވެ. މި ސެޝަން ނަގައިދެއްވާނީ […]
އަލީ އާދިލް
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރެއްވި އިބްރާހިމް ފައިސަލް، ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ރައީސް އަށް ޝުކުރު އަދާކުރައްވާ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ. ފޭސްބުކްގައި މިއަދު ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދި، ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ޚިދުމަތް ކުރަން ފުރުސަތު ދެއް...
އަލީ އާދިލް
ށ. މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަކީ ރ. އުނގޫފާރުން ފުރައިގެން މިލަންދޫ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެކެވެ. މި ލޯންޗް ބަންޑުން ޖަހާލާފައިވާ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ފޮޓޯ ތަކުން ފެންނަ ގޮތުގައި އެއް ފޮޓޯގައި މި ލޯންޗުގެ މަތީގައި ތިން މީހަކު ކޮޅަށް ތިބިއިރު، އަނެއް ފޮޓޯގައި ހަތަރު މީހަކު ތިއްބާ ފެނެއެވެ. އަދި އެ ސަރަހައްދުގައި އިތުރު އުޅަނދު ހަރަކާތްތެރިވަމުން އަންނަތަން ވެސް […]
ޔުމްނާ ޢަލީ
ހއ. އުލިގަމުގައި ތަރައްގީކުރާ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު އެ ދަނޑުގެ އިތުރުކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ އެކިކަންކ...
ޔުމްނާ ޢަލީ
ޗައިނާގެ އިންޓަނެޓް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަލިބާބާއިން އެކުންފުނީގެ އައު އޭ.އައި މޮޑެލް، ކިއުވެން 2.5 މެކްސް ތަޢާރަފުކޮށްފިއެވެ. މިއީ ޑީޕްސީކްގެ އޭއައި މޮޑެލްއަށްވުރެ ރަނގަޅު މޮޑެލްއެއްކަމަށް އަލިބާބާއިން ދަޢުވާކުރެއެވެ. އަދި މިއީ އޯޕެންއޭއައިގެ ޖީޕީޓީ-4އޯ އަދި މެޓާގެ ލަމާ-3.1-405ބީ އަށްވުރެވެސް ރަނގަޅު މޮޑެލްއެއްކަމަށްވެސް ބުނެފައިވެއެވެ. އަލިބާބާއިން މިކަން އިޢުލާނު ކޮށްފައިމިވަނީ ޑީޕްސީކްގެ އޭއައި މޮޑެލްތަކުން ދުނިޔޭގެ އޭއައި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެ...
އަޙްމަދު ދާއޫދު
ހއ. މޮޅަދޫ ރައްޔިތުން ބޭނުންވާގޮތަށް އެ ރަށުގެ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މިއީ އެމަނިކުފާނަށް މޮޅަދުއަށް ވަޑައިގެންނެވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރަށްވައި، އެ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މިއަދު އުނިކޮށްފިއެވެ. އެ ނިންމުން ނިންމިކަން ހާމަކޮށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ޕީޕީއެމް ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް […]
ޔުމްނާ ޢަލީ
ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެކަމަށް ރައީސް ޑރ.ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހޯރަފުށި ހިމެނޭ އިހަވަންދިއްޕޮޅު ސަރަޙައްދުގައި ”މޯލ...
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމުގައި ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ގްރޫޕް ބުރުގެ ފަހު މެޗުގައި ރޭ ރެއާލުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން ބްރެސްޓް ބަލިކޮށް، ދެވަނަ ބުރުގެ ޕްލޭއޮފް ޖާގަ ކަށަވަރުކޮށްފައެވެ. ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައި އޮތުމުން ރޭ މެޗަށް ނުކުތްއިރު ވެސް ގަދަ އަށް ޓީމްގެ […]
އިބްރާހިމް ޚަލީލް
މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހއ. ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ހޯރަފުށީ...
ޔުމްނާ ޢަލީ
ސުވީޑަންގެ އާންމު ތަންތަނުގައި ޤުރުއާން އަންދަމުން އައި އިރާގުގެ ރެފިއުޖީއެއް ކަމަށްވާ ސަލްވާން މޮމިކާ (38 އަހަރު) ގަޔަށް ބަޑިޖަހައި މަރާލައިފިކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އޭނާ މަރާލާފައިވަނީ، ސުވީޑަންގެ ސޯދަރްތާލްޖޭ ސަރަހައްދުގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓެއްގައި ކަމަށް މަޢުލޫމާތު ދީފައިވެއެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުން އޭނާ މަރާލާފައިވަނީ ޓިކްޓޮކް ލައިވްއެއްގައެވެ. މޮމިކާ މަރާލާފައިވަނީ، އޭނާ ޤުރުއާން އަންދާލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތު...
އަލީ އާދިލް
މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލަ ސުޕްރީމް ކޯޓުން އަންނަ މަހު ފަށަން ހަމަޖައްސައިފި އެވެ. ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތާވަލްކުރީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ. އެ މައްސަލާގެ ތެރެއަށް […]
ހުސައިން ހަބީބް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލާގައި ތުހުމަތުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ. ބައްސާމްގެ މައްޗަށް އެ ދައުވާކުރަނީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވާން އިތުރު ވަގުތު ބޭނ...
ހުސައިން ހަބީބް
ކުރީގެ އަދަދާއިގުޅޭ، ” އެއަށް ވުރެ އަހަރެން އަރޫއަށް މާ އިތުބާރުކުރަން. މާ ލޯބިވޭ. އަހަންނަށް އެނގޭ، އަރޫ އަހަންނަށް ބޭވަފާތެރިއެއް ނުވާނެކަން. ނަދީމްބެއާ އިނދެގެން އުޅުނަސް އަރޫއަކީ އަހަރެންގެ މީހެކޭ އަރޫ ބުނީމެއްނު. އަދި އަހަރެންގެ ހައްގުގައި އަރޫ ނަދީމްބެގެ ކޮންމެ އެދުމަކަށް ދެކޮޅު ހެދީމެއްނު. އަހަރެން ވެސް ހަމަ ތިހާ ތެދުވެރިވީމޭ. އަހަރެން ވެސް މި ހުރީ ހަމައެކަނި އަރޫއަށްޓަކައޭ.” ދާއިން ބުންޏެވެ. އެ މައުޟޫއަށް ދާއިން ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަރޫޝާއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
އައު ފޯމެޓަށް ކުޅެމުން އަންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހުމެޗުގައި ރޭ ނެދަލޭންޑްސްގެ ޕީއެސްވީ އަތުން ލިވަޕޫލް ބަލިވެއްޖެއެވެ. ޕީއެސްވީ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ލިވަޕޫލަށް އޮތީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ވުމާއިއެކު ރޭ މެޗުގައި އެ ޓީމުން ގިނައިން ބޭނުން ކޮށްފައި ވަނީ ރިޒާވްޓީމް […]
އިބްރާހިމް ޚަލީލް
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑީޕްސީކްއިން ތަރައްޤީކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއާ ގުޅޭގޮތުން ކޮށްފައިވާ ދަޢުވާތަކާމެދު ސުވާލު އުފެދިއްޖެއެވެ. ގޫގުލް އަދި އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ އޭއައި މޮޑެލްތަކާ އެއްފެންވަރުގެ މޮޑެލެއް ވަރަށް ކުޑަ ޚަރަދެއްގައި ތަރައްޤީކުރެވުނު ކަމަށް ޑީޕްސީކްއިން ބުނެފައިވާ ބުނުމާމެދު ޓެކްނޮލޮޖީ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މީގެ ތެރޭގައި އެލަން މަސްކް އާއި ޕާމާ ލަކީ ހިމެނެއެވެ. ޗައިނާގެ ޖެޖިއާންގ ޕްރޮވިންސްގެ ވެރިރަށް ހ...
އަޙްމަދު ދާއޫދު