ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރެއްވި އިބްރާހިމް ފައިސަލް، ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ރައީސް އަށް ޝުކުރު އަދާކުރައްވާ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.
ފޭސްބުކްގައި މިއަދު ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދި، ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ޚިދުމަތް ކުރަން ފުރުސަތު ދެއްވެވިކަމީ ލިބުނު ނުހަނު މަތިވެރި އުފަލަކާއި ޝަރަފެއްކަމަށެވެ. އަދި އެއީއަބަދުވެސް ފަޚުރުވެރިވާނެ ކަމެއްކަމަށް ވިދާޅުވި އެވެ. އަދި އެކަމުގެ މައްޗަށް މާތް الله އަށް ޝުކުރުވެރިވާ ކަމަށާއި ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރާން ފުރުޞަތު ދެއްވި ކަމައްޓަކައި އިހުލާސްތެރި ކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވި އެވެ.
އެގޮތުން، ދިވެހި ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، 2 މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނުކަމަށާއި އެއީ ދިވެހިންގެ ހަޔާތުގައި ތާރީޚީ އުފަލަކާއި ބޮޑު ކާމިޔާބީއެއްކަމުގައި ފާހަގަ ކުރެއްވި އެވެ.
"އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެނެވެ. ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެނެވެ. ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށްވި އެވެ."
ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދާން ޖެހޭކަމަށާއި އެކަމަށް މިހާރު ދިވެހިން އަޅާންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއްކަން ފާހަގަކުރެއްވި އެވެ. އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުމާއި އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުންކަމުގައި ވިދާޅުވި އެވެ.
'ޓޫރިޒަމާމެދު އަޅުގަނޑުގެ، މެދުރާސްތާގެ ތަސައްވުރެއް އޮވެ އެވެ؛ އެއީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދާ ބައިނަލްއަޤުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް އަޅާން ފަށައި ދިވެހި ޓޫރިޒަމް ފުޅާ ވުމެވެ."
ފައިސަލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުންކަމުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!