ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ގިނަގިނައިން ﷲ ހަނދުމަކުރުން” މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ނޯތު ޒޯން 1” ގެ މިއަދު ކުޅުނު މެޗުތަކުން ނައިވާދޫއާއި އިހަވަންދޫ ބައްދަލު ކުރި މެޗުން ނައިވާދޫ މޮޅުވެފައިވާއިރު، ފިއްލަދޫ އަދި ހަނިމާދޫ ކުޅުނު މެޗުން ފިއްލަދޫ ކުރި ހޯދައި ހަނިމާދޫ އަށް ފައިނަލްގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ނައިވާދޫ ވަނީ، އިހަވަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ […]
ފާތިމަތު ސަޙާ
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް މިރޭ ފަށައިފިއެވެ. މާލެ ސިޓީ ހޯލުގައި މިރޭ މި ކޮންގްރެސް ފަށާފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕާއި، ކައުންސިލަރުންނާއި ގައުމީ މަޖިލީހާއި ގޮފިތަކުގެ ރައީސުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި އެމްޑީޕީގެ އެޕްލިކޭޝަ...
ޔުމްނާ ޢަލީ
ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ކުއްލި ގޮތަކަށް ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، ޓީމުގެ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ އޭނާގެ އަތުގައި ކަމަށް ބުނެ ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް އޭނާގެ ނިންމުން ދިފާއުކޮށްފިއެވެ. ޖީސަސް ބުނީ ނޯވޭ މެޗުގައި ރޮނާލްޑޯ ނުކުޅުވަން ނިންމި ނިންމުމުގައި ސާބިތުވެ ހުރި ކަމަށެވެ. ޕޯޗުގަލް އިން 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކުރި މި މެޗުގެ ފުރިހަމަ […]
އަޙްމަދު ވަހީދު
ތުރުކީވިލާތުގެ ކޮންޔާގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި، ފަލަސްތީނުގެ ރައްޔިތުންނާ އެކު އޮތް އެއްބައިވަންތަކަން ރަމްޒުކޮށްދިނުމުގެ ގޮތުން 89 ވަނަ މިނެޓާއި 59 ވަނަ ސިކުންތުގައި މެޗުގެ ކުޅުން ހުއްޓާލައިފިއެވެ. ކޮންޔާސްޕޯ އަދި ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ބައްދަލުކުރި މި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، މި މެޗު ވެގެންދިޔައީ ކުޅިވަރުގެ ނަތީޖާއަށް ވުރެ ބޮޑަށް އިންސާނިއްޔަތުކަމާއި އަސަރުގަދަ މެސެޖުތަކުން ފުރިގެންވި ހާއްސަ ހަރަކާތަކަށެވެ. މޭދާސް ކޮންޔާ ބުޔުކްޝެހިރް ސްޓޭޑިއ...
ނާޒިމާ އަލީ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ....
ޔުމްނާ ޢަލީ
ހއ. އުތީމު ގަނޑުވަރު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް “އެކްސެސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުން ދެއްވި ގްރާންޓްގެ ދަށުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަންނީ ލަފަޔާއި އިރުޝާދު އަދި ހުއްދައާއެކުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. އުތީމު ކައުންސިލްގެ ރައީސް “ތިލަދުން”އަށް ވިދާޅުވީ، ގާތްގަނޑަކަށް 2 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް...
ފާތިމަތު ސަޙާ
އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ޑޮލަރު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކަނޑައަޅައިފިއެވެ. ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައި ނަމަވެސް، ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނި […]
ޔުމްނާ ޢަލީ
ހއ. ފިއްލަދޫގެ “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ” (އތމ) ގެ މަދަޙަ މުބާރާތުގެ ފަޚްރުވެރި 1 ވަނަ ޔަމަކް ފަތުހުﷲ ޙަސަން ހޯދައިފިއެވެ. މުޖްތަމަޢުގައި ދީނީ ރޫޙު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް މަގުފަހި ކުރުމުގެ އިތުރުން، ރީތިކޮށް މަދަހަކިޔާ، އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ 2 ވަނަ އާމިނަތު ލީމް މުޙައްމަދު ނާޒިމް، ހޯދާފައިވާއިރު މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ އާއިޝަތު އީނާޝް އާމިރެވެ. […]
ފާތިމަތު ސަޙާ
ސަޢޫދީ ޢަރަބިއްޔާގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމާއި ކާރުބާރު ބޮޑުވުން ކުޑަކުރުމުގެ މަޤްޞަދުގައި، މަގުމަތީގައި އުޅަނދުފަހަރު ޕާކުކުރާނެ ގޮތުގެ ފަންނީ މިންގަނޑުތަކެއް ‘ސަޢޫދީ ރޯޑް ކޯޑު’ ގެ ދަށުން އެ ޤައުމުގެ ރޯޑްސް ޖެނެރަލް އޮތޯރިޓީ (އާރްޖީއޭ) އިން ކަނޑައަޅައިފިއެވެ. މިއީ ސަޢޫދީގެ މަގުތަކުގެ ފެންވަރު މަތިކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމާއި ހިންގުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. އާރްޖީއޭ އިން ބުނި ގޮތުގ...
ނާޒިމާ އަލީ
ރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/1...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅުދުއްފުށީ ރަނާސް ކުލަބުން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ “ކުޅުދުއްފުށި 5ކޭ” ގެ ދެވަނަ ދުވުން ބޮޑު ތަރުހީބަކާއި ފޯރިއަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މާލެއިން އުތުރުގައި ބޭއްވޭ އެންމެ ބޮޑު ރަނިން އިވެންޓުގެ ގޮތުގައި ފާހަގަކުރެވޭ ހަރަކާތެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި އިވެންޓުގައި 500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އ...
ފާތިމަތު ސަޙާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށާއި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެފަދަ 416 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ބާކީނުވެ، ޢިއ...
ޔުމްނާ ޢަލީ
ށ. ގޮއިދޫގައި “ހޭލުންތެރިކުރުމުގެ ޕްރޮގްރާމް” ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ފަށަން ތައްޔާރުވެއްޖެއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމުކޮށްގެން، 2026 އޮކްޓޫބަރު 1 އިން 3 އަށް ގޮއިދޫ ސްކޫލް ހޯލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ޕަބްލިކް ސްޕީކަރ އަދި ލައިފް ސްޓައިލް ކޯޗް މަރިޔަމް މުޙައްމަދެވެ. މި ޕްރޮގްރާމްގެ ދަށުން އެކި ފަރާތްތަކަށް ޚާއްޞަކޮށްގެން ސެޝަންތަކެއް ކުރިއަށްދާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެ ގޮތުން: އުމުރުން ދުވަސްވީ މީހުންގެ ސެޝަން:...
ފާތިމަތު ސަޙާ
ދުބައީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބައީގެ ބޯޓެއްގެ ކޯ-ޕައިލެޓް، ކެޕްޓަނަށް ވަޅިން ހަމަލާދިނުމާ ގުޅިގެން ސައޫދީ އަރަބިއްޔާއަށް ކުއްލި ހާލަތުގައި ޖެއްސި ހާދިސާއަށް ފަހު، އެ ބޯޓުން ދަތުރުކުރި ފްލެންޖަރުން ބަލައި އިސްރާއީލުގެ ސިފައިންގެ ބޯޓުތައް ސައޫދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަށް ވަނުމަށް އެދުމުން ސައޫދީން އެ ހުއްދަ ނުދީ އިންކާރުކޮށްފިއެވެ. އިމަޖެންސީގައި ބޯޓު ޖެއްސުމާ ގުޅިގެން ތަބޫކް އެއާޕޯޓުގައި ތާށިވި ފްލެންޖަރުންނާއި އިސްރާއީލުގެ ރައްޔިތުން ބަލައި ދިއުމަށް އިސ...
ނާޒިމާ އަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1,000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި، އެ ޚިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެ...
ޔުމްނާ ޢަލީ
ބައިނަލްއަގުވާމީ ފުޓްބޯޅައިން ލިއޮނެލް މެސީ ރިޓަޔަރުވިކަން އިއުލާންކުރި ފަހުން އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ބޮލީވިއާ އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައިފިއެވެ. ބުދަ ދުވަހު ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގައި އާޖެންޓީނާއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ 19 ވަނަ މިނެޓުގައި އުޓާރޯ މާޓިނޭޒްއެވެ. އޭގެ ފަހުން 29 ވަނަ މިނެޓުގައި ނިކޮލާސް ޕާޒް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފު […]
އަޙްމަދު ވަހީދު
ގޯލްޑަން ފުޓްސަލް މުބާރާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވީ ނަމަވެސް، ޒުވާނުންގެ ދައުރު އިތުރުކުރުމަށް ނައިވައިދޫ ތަމްސީލު ކުރާނެ އިތުރު ބަޔަކު ހޯދަން އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުން، އެ ކައުންސިލުން ބޭނުންވަނީ، މި މުބާރާތުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން 2027ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ނައިވައިދޫ ތަމްސީލްކޮށް، އިންތިޒާމްކުރާނެ ކްލަބް ޖަމްޢިއްޔާއެއް ނުވަތަ އަމިއްލަ ފަރާތެކެވެ. އެހެންކަމުން، މި މުބާރާތުގެ އެންމެހާ ކަންކ...
ފާތިމަތު ސަޙާ