ގޯލްޑަން ފުޓްސަލް މުބާރާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވީ ނަމަވެސް، ޒުވާނުންގެ ދައުރު އިތުރުކުރުމަށް ނައިވައިދޫ ތަމްސީލު ކުރާނެ އިތުރު ބަޔަކު ހޯދަން އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުން، އެ ކައުންސިލުން ބޭނުންވަނީ، މި މުބާރާތުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން 2027ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ނައިވައިދޫ ތަމްސީލްކޮށް، އިންތިޒާމްކުރާނެ ކްލަބް ޖަމްޢިއްޔާއެއް ނުވަތަ އަމިއްލަ ފަރާތެކެވެ. އެހެންކަމުން، މި މުބާރާތުގެ އެންމެހާ ކަންކ...
ފާތިމަތު ސަޙާ
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން ސާބިތުވެ އޮތްކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ޗައިނާގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަދި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިތުބާރާއި،...
ޔުމްނާ ޢަލީ
ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން، ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ރިޕޯޓުތަކާއެކު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޭމްޕު ދޫކޮށް ގޮސްފިއެވެ. ކޯޕަންހޭގަންގައި ކުރިއަށްދިޔަ ކޭމްޕު ދޫކޮށް ދިޔަކަން ރޮނާލްޑޯ ވަނީ ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ މެނޭޖަރުގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އަދި ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް)...
އަޙްމަދު ވަހީދު
ހއ. ވަށަފަރުގައި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ، 3 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 ގައެވެ. މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ޢާންމުކުރި އިޢުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން، އެ ރަށުގެ އެކިއެކި މަގުތަކާއި، ބައެއް އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަގުތައް...
ފާތިމަތު ސަޙާ
ހއ. ބާރަށުގައި ކުރިއަށް ގެންދާ، އާސާރީ ތަރިކަ ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލް އެ ކައުންސިލުން ޢާންމުކޮށްފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެރަށު ކަޅުއޮއްފުންމި މަގުގެ، “ބޯޓުޔާޑު” ބޯޑަރު އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާއިރު، އެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ބޮޑުތަކުރުފާނު ބެންނެވި މަޝްހޫރު ނަވު “ކަޅުއޮއްފުންމި” ބެންނެވީ ބާރަށުގައެވެ. ޕޯޗުގީޒުންނަށް...
ފާތިމަތު ސަޙާ
ދުބާއީއާއި އިސްރާއީލާ ދެމެދު ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ޕައިލެޓުންގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން، އިސްރާއީލަށް ކުރާ އެއާލައިންގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި އެ އެއާލައިންގެ އެފްޒެޑް1073 (FZ1073) ފްލައިޓުގައި ހިނގި ހާދިސާއާ ގުޅިގެންނެވެ. ޖުމްލަ 174 ފަސިންޖަރުންނާއެކު ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި މި މަތިންދާބޯޓުގެ ކޮކްޕިޓް ތ...
ނާޒިމާ އަލީ
ރާއްޖޭގެ ތިމާވެއްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ދެ އ...
ޔުމްނާ ޢަލީ
އިންޑިއާގެ މެދުތެރޭ މައްދިޔާ ޕްރަދޭޝްގެ އުއްޖައިން ސިޓީގައި ހުރި ތާރީޚީ “ޝާހީ މިސްކިތް” ބަޔަކު ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށުމާ ގުޅިގެން އެ ސިޓީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ، ސެކިއުރިޓީ ބާރުތަކާ އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. މި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް، ކޮންޓްރޯލް ކުރުމަށް ލަޓިޗާޖުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ގައު އުކުމާ ގުޅިގެން ހިންގި މި ކުރިމަތިލުންތަކުގައި މަދުވެގެން 12 މީހަކު އަނިޔާވެ، އެތައް ބަޔަކު ވަނީ...
ނާޒިމާ އަލީ
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރ...
ޔުމްނާ ޢަލީ
ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރުމުގެ ބޭނުމުގައި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ބޭރުކުރުމުން އެކަމުގެ ގެއްލުން ވަނީ ވަކި ވެރިއަކަށް ނޫން ކަމަށާއި، އޭގެ ގެއްލުން ކުރަނީ ހުރިހާ ދިވެހިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަ...
އަލީ އާދިލް
ބޮޑުތިލަދުންމަތީ ބޮޑުބާޒާރު، އައިލެންޑް ކާނިވަލްގެ ހަރަކާތްތައް ޚާއްސަ ރަސްމިއްޔާތަކާ އެކު ހދ. ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތްތައް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގެ ބީޗް ހޭންޑްބޯލް އެރީނާ ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ކުލަގަދަ ހަރަކާތަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލެވެ. މި ބޮޑުބާޒާރު ކުރިއަށްދާނީ، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަ...
ފާތިމަތު ސަޙާ
ރަސްމާލޭގައި ތަރައްގީކުރާ “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫއުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ، ރާއްޖޭގައި މިހާރު ހިންގާ 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދުން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ކަނޑައެޅިފައިވާ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11...
ޔުމްނާ ޢަލީ
ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިރޭ ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 18:05 އެހައިކަންހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޔުމްނާ ޢަލީ
އިރާގަށް އެމެރިކާގެ ސިފައިން އަރައިގަތްތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އެ ގައުމުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ފައިބައި، އަސްކަރީ ހަރަކާތްތައް ރަސްމީކޮށް ނިންމާލައިފިއެވެ. 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައި ފެށި އަސްކަރީ ހުޅުގަނޑަށް ފަހު އެމެރިކާ ސިފައިން އެ ގައުމުގައި ތިބި ތިބުން ނިމުމަކަށް އައުމާ ގުޅިގެން އިރާގު ސަރުކާރުން ވަނީ ގައުމީ ބޮޑު ޗުއްޓީއެއް އިޢުލާންކޮށްފައެވެ. އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ ވަނީ ބޭރުގެ ސިފައިން އިރާގުން ފޭބުން […]
ނާޒިމާ އަލީ
ށ. އަތޮޅު ހޮސްޕިޓަލުން ކުރިއަށްގެންދާ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ށ. ޅައިމަގު އަދި ށ. ނަރުދޫގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ. 1 އޮކްޓޫބަރު 2026 (މާދަމާ) ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްޞަދަކީ، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމުގައި ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތްތައް ލިބިގެންދާ...
ފާތިމަތު ސަޙާ
ހދ. ފިނޭގައި ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު އެ ރަށު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. ފިނޭ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބުރުގައި ޖުމްލަ 3 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށު އާމަގުންނާއި ޒިޔާރަތްމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 100,000 (އެއްލައްކަ) އަކަފޫޓުގެ 2 ބިމާއި، 80,000 (އަށްޑިހަ ހާސް) އަކަފޫޓުގެ 1 ބިމެވެ. މި ދަނޑުބިންތަކަށް ކުރިމަތިލުމުގެ ފުރ...
ފާތިމަތު ސަޙާ
ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް “ތިލަދުން”އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއް...
ފާތިމަތު ސަޙާ
ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...
ސަލާމާ ޢަބްދުލް ޢަލީމް