ބޮޑުތިލަދުންމަތީ ބޮޑުބާޒާރަށް ދިއުމަށް ހއ. އުތީމު ކައުންސިލުން ހިލޭ ދަތުރެއް ހަމަޖައްސައިފިއެވެ. ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ “ބޮޑުތިލަދުންމަތީ ބޮޑުބާޒާރު” އަށް ދާން ބޭނުންވާ އުތީމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އުތީމު ކައުންސިލުން ކުޅުދުއްފުށްޓަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ. އުތީމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވޭނީ ފުރަން ނިކުންނަ ފުރަތަމަ 100 މީހުންނަށެވެ. މި ދަތުރު ބޭއްވުމަށ...
ފާތިމަތު ސަޙާ
ޣައްޒާގައި ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުންދާ ގޮތް ހާމަކޮށްދޭ ޑޮކިއުމެންޓްރީ ފިލްމު “ނާޒާ” އިޓަލީގެ ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދައިފިއެވެ. އިޓަލީގެ ބޮކްސް އޮފީހުގެ ހިސާބުތައް ބަލަހައްޓާ ސިނެޓެލްއިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހުގެ ނިޔަލަށް މި ފިލްމުގެ ޓިކެޓު ވިކިގެން ގާތްގަނޑަކަށް 1.1 މިލިއަން ޔޫރޯ (1.24 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށެވެ. ސިނެޓެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު […]
ނާޒިމާ އަލީ
އީރާނާ ދެކޮޅަށް އެއްގަމު މަގުން ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ފެންނަން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިގޮތުން އެމެރިކާ އަސްކަރިއްޔާގެ ވަރުގަދަ ފައުޖެއް މެދުއިރުމައްޗާ ދިމާލަށް ދަތުރުފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޚަބަރު ފަތުރާ މަޝްހޫރު ވަސީލަތެއް ކަމަށްވާ “އެކްސިއޯސް” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ‘މެކިން އައިލެންޑް އެމްފިބިއަސް ރެޑީ ގްރޫޕް’ އަދި ’13 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް’ މިހާރު...
ނާޒިމާ އަލީ
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅިރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަޙައްދުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. “ޑޯންޓް މިސް އަ ބީޓް” މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑ...
ޔުމްނާ ޢަލީ
”ދައުލަތުން ފައިސާ ނަގައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން މަސައްކަތްކުރާ” ސިޔާސީ ޕާޓީތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. މެމްބަރު ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އީސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި މި ޕޯސްޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ފެންނަމުންދަނީ ގައުމު އިސްކުރުމުގެ ބަދަލުގައި،...
އަލީ އާދިލް
2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީގެ ޑިފެންޑަރު މާކޯ މަޓެރާޒީގެ މޭމައްޗަށް ބޮލުން ޖަހައި ތާރީޚީ “ހެޑްބަޓް” ހަމަލާދިން ހާދިސާއަށް 20 އަހަރު ފުރުނުއިރު، ފްރާންސް ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒައިނުއްދީން ޒިދާން އަނެއްކާ ވެސް އިޓަލީއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ. ނޭޝަންސް ލީގުގައި ހުކުރު ދުވަހު ސްޓޭޑް ޑި ފްރާންސްގައި ކުޅޭ މި މެޗަކީ ފްރާންސްގެ ކޯޗުކަމާ ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ސޫޓު ލައިގެން ޓީމަށް އިރުޝާދުދޭން ޒިދާން […]
އަޙްމަދު ވަހީދު
ޔޫއެފާ ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓް ކުރުމަށް ގޮވާލައި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޓެނިސް ބޯޅަތަކެއް ދަނޑުމައްޗަށް އުކުމާ ގުޅިގެން، އޮސްޓްރިއާއާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ބުރާސްފަތި ދުވަހު ކުޅުނު މެޗު ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މެޗު ފެށިގެން ކުރިއަށްދަނިކޮށް، ދަނޑު ބޭރުގައްޔާއި އެތެރޭގައި ވެސް މުޒާހަރާތައް ކުރިއަށްދިޔަ ވަގުތެއްގައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޓްރޯއީ ޕެރޮޓް ކާމިޔާބުކުރި މޮޅު ލަނޑާއެކު އަޔަލެންޑުން 1...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މި ދައުރުގެ މެނިފެސްޓޯގައި ހިމެނޭ “ގޭދޮށު އިންޖީނުގެ” މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ ކަރަންޓު ބިލު %50 ކުޑަކުރެވި، ފަސް އަހަރު ފަހުން ހިލޭ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިކަން ހާމަކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްގެންދިޔަ އިންވެސްޓް ފޯރަމްގައި އެ މަޝްރޫޢު ހުށަހަޅުއްވައިދެއްވަމުންނެވެ. މި މަޝްރޫޢު އެކުލަވައިލަން ޖެހުނު މައިގަނޑު ސަބަބުތައް ބަޔާންކުރައްވަމ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 02 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނުގެ ހުސް ދޯރި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން […]
ޔުމްނާ ޢަލީ
މި އަހަރުގެ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ. އެ އިދާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026ވަނަ އަހަރުގެ 1 ޖަނަވަރީ އިން ފެށިގެން 30 ސެޕްޓެންބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް […]
ފާތިމަތު ސަޙާ
ކޮންގްރެސްގެ ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ހޭވީ ވަރަށް ބޮޑު ހަޑިއެއް” ކަމަށާއި ”ގޮތް ހުސްވުމުން ވާނީ ވެސް އެހެން” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި […...
އަލީ އާދިލް
ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ކޮކްޕިޓް ތެރޭގައި ވައިގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޒަހަމްވި އިންޑިއާގެ ޕައިލެޓް، ކެޕްޓަން ސްމިތު މަޗްޗާރުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ސައޫދީ އަރަބިއްޔާގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ. ބުދަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ބޯޓު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކްގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޑައިވަޓްކޮށްފައެވެ. ރިޔާޟުގ...
ނާޒިމާ އަލީ
ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އު...
ފާތިމަތު ސަޙާ
ޔޫއެފާ ނޭޝަންސް ލީގުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، އާ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނު ޓީމު މޮޅު ކުޅުމެއް ދައްކައިފިއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ޖަރުމަނުން ވަނީ ސާބިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ހައްގު މޮޅެއް ހޯދާފައެވެ. ވެލްކޯ ޕައުނޮވިޗްގެ އިރުޝާދުގެ ދަށުން ނުކުތް ސާބިއާ ޓީމުން ޖަރުމަނުގެ ކުރިއަށް ކުޅޭ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރި ނަމަވެސް، ޖަރުމަނުން ޖެހި ޑައަގަނަލް ޕާސްތަކާއެކު ސާބިއާގެ ޑިފެންސް ވަނީ […]
އަޙްމަދު ވަހީދު
ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން ފަޔާޒް (ދޮންކަލޯ) އަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން، ރެކޯޑް އަދަދެއް ކަމަށްވާ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ”ހިޔާ ފޯ ދޮންކަލޯ”ގެ ނަމުގައި ރޭ ބޭއްވި މި ޚާއްޞަ ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ، ފަޔާޒްގެ ރަސްމީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށެވެ. މި ހަރަކާތަކީ ދޮންކަލޯގެ އާއިލާއަށް...
ފާތިމަތު ސަޙާ
ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކް އަތުން 4-2 އިން ޕޯޗުގަލް މޮޅުވި މެޗާއެކު، ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތް ޒަމާނެއްގައި އެ ޓީމު ފެނިދާނެ ގޮތުގެ ތަސައްވުރެއް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ. ކޯޕަންހޭގަންގައި ކުޅުނު މި މެޗަކީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބޭންދުމުން، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޕޯޗުގަލަށް ދެ ފަހަރެއްގެ މަތިން ލީޑު ނަގައިދިނީ ޔާއޯ […]
އަޙްމަދު ވަހީދު
ށ. ފީވަކު ކައުންސިލުން އަލަށް ތަރައްޤީކުރި އެކޮމޮޑޭޝަން ބްލޮކް ހިންގުމަށް “ބަލްމާ ސަންސެޓް ރެސްޓޯރެންޓް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 20 އަހަރު ދުވަހުގެ މުއްދަތަށް މި އެއްބަސްވުމުގެ ދަށުން، މި ތަން ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 22,500 ރުފިޔާގެ މަގުންނެވެ. މި އެއްބަސްވުމުގައި ފީވަކު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސްކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޢަލީ ރަޝީދެވެ. އަދި ބަލްމާ ސަންސެޓް ރެސްޓޯރެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނ...
ފާތިމަތު ސަޙާ
ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ގިނަގިނައިން ﷲ ހަނދުމަކުރުން” މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތ...
ޔުމްނާ ޢަލީ