އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅުއްވާނެ ކަމަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވަރޑް ލުޓްނިކް ވިދާޅުވެއްޖެއެވެ. މި ވާހަކަ އޭނާ ވިދާޅުވެފައިވަނީ ހުކުރު ދުވަހު ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރުން ޓިކްޓޮކް ވިއްކާލ...
އަޙްމަދު ދާއޫދު
ރަޝިއާއާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ރަނގަޅު ފުރުސަތެއް މިހާރު އެބައޮތް ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިގޮތުން އެމެރިކާއިން ހުށަހަޅާފައިވާ 30 ދުވަހުގެ ވަގުތީ ހުއްޓުމަކަށް ޔުކްރެއިނުން އެއްބަސްވެފައިވާ ކަމަށާއި، ރަޝިއާއިން ވަކި ޝަރުތުތަކަކާއެކު މިކަމަށް އެއްބަސްވާނެ ކަމަށް ބުނެފައިވާ ކަމަށް ރައީސް ޒެލެންސްކީ ހުކުރު ދުވަހު ވިދާޅުވިއެވެ. “މިވަގުތު އަޅުގަނޑުމެންނަށް މި ހަނގުރާމަ އަވަހަށް ނިންމައި، ސުލްހަ ޤާއިމްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިފަ...
އަޙްމަދު ދާއޫދު
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއިން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ މަޤްޞަދަކީ ރަމަޟާން މަހާއި ޔަހޫދީންގެ ޕާސްއޯވަރ ފާހަގަކުރާ މުއްދަތުގެ ފަހުންވެސް ހަމަނުޖެހުން ހުއްޓުވުމެވެ. ހުކުރު ދުވަހު ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، މި ހުށަހެޅުމަކީ “ބްރިޖް” ހުށަހެޅުމެކެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ރޭ ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސްގެ ޚާއްޞަ ބޭފުޅެއް ކަމުގައިވާ ސްޓީވް ވިޓްކޮފްއާއި ނެޝަނ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިމުން، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 10000 (ދިހަހާސް) އަކަފޫޓޫގެ ހަތަރު ބިން ކާމިޔާބުކުރި ފަރާތަށް އެ ބިންތައް ހަވާލުކޮށްފިއެވެ. 10000 އަކަފޫޓުގެ ހަތަރު ބިން ކާމިޔާބު ކޮށްފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުންފުންޏެއްކަމަށްވާ “އޯސަމް ޕްރޮޕަޓީސް ޕލޑ” އިންނެވެ. މި ބިންތައް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޯސަމް ޕްރ...
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރިއަށް އޮތް ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ކަނޑައަޅުއްވައިފިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ދެންނެވުމުގައި އިޢުލާންކުރައްވާފައިވާއިރު، މި ދެންނެވުމުގައިވާ ގޮތުން، ޢީދު ދުވަހަކީ މާރިޗު 31 ވާ ހޯމަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިނަމަ، ޢީދު ބަންދުގެ ތިން ދުވަހުގެ އިތުރުން އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ. މީގެ...
ޔުމްނާ ޢަލީ
ބ. ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަޚަމްވެ، ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު 1:52 ހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހިނގި މައްސަލައެއް އެ އިދާރާއަށް ވަނީ ރޭ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ފިރިހެނެއް ޒަޚަމްވެގެން ބ. އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވ...
ޔުމްނާ ޢަލީ
މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ރޭ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކުން މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ރޭ މެންދަމު 2:55 ހާއިރު ވަނީ އެ އިދާރާއަށް ރިޕޯޓެއް ލިބިފައެވެ. މި ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ވެއްޓިފައި އޮތް މީހާ ނަގައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގެ އިތުރު ތަފްސީލް އަދި ނުލިބޭއިރު، […]
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިދިޔަ ހަފްތާގައި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ސޮސިއެޑާޑްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ދިޔައީ ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ (5-2) ގެ އެގްރިގޭޓް ނަތީޖާއިން ކުއާޓާއިން ޖާގަ ހޯދާފައެވެ. ރޭ […]
އިބްރާހިމް ޚަލީލް
އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމު ކަމުގައި، މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ. ބަދުރުގެ ދުވަހުގައި މުސްލިމުންގެ ތެރެއިން ޝަހީދުވި 14 ބޭކަލުންގެ ތެރޭގައި ޒުވާން ސަހާބީން ހިމެނެއެވެ. އޭގެތެރޭގައި އުމުރުން އެންމެ ސޯޅަ އަހަރުގެ އުމައިރު ބުނު އަބީ ވައްގާސް ހިމެނެއެވެ. އެއީ އިސްލާމީ ދަންމަރު ނެގެހެއްޓުމުގައި، ޒުވާނުންގެ ދައުރު ބޮޑުކަން ސާބިތުކޮށްދޭ ހެއްކެއްކަމުގައި ހުތުބާގައި ވަނީ ވިދާޅުވެފައެވެ. މިއަދުގެ ހުތުބާގައި ވަނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން...
އިބްރާހިމް ޚަލީލް
އިސްރާއީލުން ފަލަސްތީނުގެ އަންހެނުންނަށް ދެމުންދަނީ “ނަސްލު ނައްތާލުމުގެ އަނިޔާ” ކަމަށް އދ. އިން ބުނެފިއެވެ. އދ. ގެ މާހިރުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި އަންހެނުންގެ ޞިއްޙީ ޚިދުމަތްތައް ދޭ މަރުކަޒުތައް ނައްތާލުމާއި، ޖިންސީ އަނިޔާ ހަނގުރާމައިގެ ސްޓްރެޓެޖީއެއްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. މިއީ ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ “ނަސްލު ނައްތާލުމުގެ އަމަލުތަކެއް” ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. ޖެނީވާގައި މަސައްކަތްކުރާ މިނިވަން ބައިނަލްއަޤްވާމީ...
އަޙްމަދު ދާއޫދު
ހައިޑްރޯލިކްސް މައްސަލައެއް ދިމާވެ، ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްކޮށްފިއެވެ. އެމެރިކާގެ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އިއްޔެ ރޭ ދަތުރު ފަށަން ހަމަޖެހިފައިވާ ސްޕޭސްއެކްސްގެ ކުރޫ-10 މިޝަން ފަސްކޮށްފައިވާއިރު، މިޝަން ފަސްކުރީ ދަތުރު ފެށުމުގެ 45 މިނެޓް ކުރިން، ހައިޑްރޯލިކްސް މައްސަލައެއް ދިމާވުމުންނެވެ. ބައިނަލްއަޤްވާމީ ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ހަތަރު އެސްޓްރޯނޯޓުން ގެންދިއުމަށް ހަމަޖެހިފައިވާ މި މިޝަން ފެށުމަށް ހަމަޖެހިފައިވަނީ ފާލްކަން 9 ރޮކެޓެއްގައި، ރޭ 7:48 ޕީއެމް އީޑީޓ...
އަޙްމަދު ދާއޫދު
ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގޭނީ ޤާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރެއިންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފިއެވެ. އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައި ވަނީ ޤާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އެހެންވެ، އެކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭކަމަށް އީސީން ބުނެފަވެއެވެ. މީގެ އިތުރުން، ދިވ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށަށް ބަދަލުކުރައްވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ރައީސް އޮފީހުން ބުނީ، މި ބަދަލު ގެނެވުނީ ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށްޓަކައި ކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށެވެ. މި ދިރާސާތަކުން ދައްކާގޮތުގައި އިންޓަރނޭޝަނަލް ފައ...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ސިޔާސަތުތަކުން “އެއްވެސް މީހަކު ސަލާމަތެއް ނުވާނެ” ކަމަށް ކެނެޑާގެ ބޮޑުވަޒީރު މެލަނީ ޖޮލީ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވީ ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ބޮޑުވަޒީރުންގެ ބައްދަލުވުމުގެ ކުރިން ދެއްވި ބަޔާނެއްގައެވެ. ޖޮލީ ވިދާޅުވީ އެމެރިކާއިން ކެނެޑާއަށް މިކަން ކުރެވޭނަމަ، އެހެން ޤައުމުތަކަށްވެސް މިކަން ކުރެވިދާނެ ކަމަށެވެ. އެމެރިކާއާއި ކެނެޑާއަކީ އެންމެ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެމެރިކާއިން ކ...
އަޙްމަދު ދާއޫދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ވާހަކަދައްކާފައިވާކަމަށް ބުނެ، އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރަމުންދާ މުޒާހަރާތައް އެ ކޮމިޝަނުން ވަނީ މޮނިޓަރ ކުރަމުންނެވެ. މިގޮތުން މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީން ކުރިއަށްގެ...
ޔުމްނާ ޢަލީ
ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ބުނީ، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި...
ޔުމްނާ ޢަލީ
ފުޓްބޯޅައި ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ، ލިވަޕޫލް ފުޓްބޯލް ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ނެރުނު ބަޔާނުގައި ބުނީ ލިވަޕޫލާއިއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފައިވާ ކަމަށެވެ. މި ޕާޓްނާޝިޕްގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފަ...
އިބްރާހިމް ޚަލީލް
ހއ. އުތީމުގައި މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ތަރައްގީކުރި އައުޓްޑޯރ ޖިމް ވަގުތީ ގޮތުން ބޭނުން ކުރުމަށް މިއަދު ރައްޔިތުންނަށް ހުޅުވާލައިފިއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ތިލަދުންނަށް މައުލޫމާތު ދިން ގޮތުގައި ޖިމް ތަރައްޤީކޮށްފައި ވަނީ އުތީމު ސްޕޯރޓސް އެރީނާ ގައެވެ. މި ސަރަހައްދުގައި ފުޓްސަލް ދަނޑު، ބޯޅަ ދަނޑު އަދި ވޮލީ ކޯޓެއްވެސް ހިމެނެއެވެ. މި ގޮތުން ޖިމް ބޭނުން ކުރާ ރައްޔިތުންނަށް ފަސޭހަ ވާނެހެން ބޯޅަ […]
އައިޝަތު އައިނީ އާމިރު