ހަނިމާދޫ، މިލަންދޫ ހިމެނޭހެން 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް
ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކ...