ރައިސްގެ މޮޅު ފްރީކިކްތަކުން އާސެނަލުން ރެއާލް ބަލިކޮށްފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް […]