ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ހިތްދަތިގޮތަކަށް ބާސެލޯނާ ބަލިކޮށް އިންޓަ މިލާނުން ފައިނަލުން ޖާގަ ކަށަވަރު ކޮށްފިއެވެ. މިދިޔަ ހަފްތާގައި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅުނީ ބާސާގެ ދަނޑުގައެވެ. އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ އިންޓަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު އިންޓައިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއިންނެވެ. އިންޓައަށް ސެމީން ޖާގަ ލިބިފައިވަނީ 7-6 ގެ […]
އިބްރާހިމް ޚަލީލް
އިންޑިއާ އިން “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް މިސައިލް ހަމަލާ ދީފައެވެ. ޕާކިސްތާނުގެ ފަރާތުން ބައިނަލްވާމީ މީޑިއާއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އިންޑިއާގެ މިސައިލް ހަމަލާތަކުގައި 6 ސަރަޙައްދަކަށް ވަނީ ހަމަލާ ހަމަލާ އަމާޒުވެފައެވެ. މި ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 35 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވާކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ މި “ހަނގުރާމަވެރި ޢަމަލު” އަށް ހަރުކަށި ޖަވާބެއ...
ޔުމްނާ ޢަލީ
ޣައްޒާގެ 70 އިންސައްތަ “ނޯ-ގޯ ޒޯން” ތަކަށް ނުވަތަ މަޖުބޫރުން ރައްޔިތުން ނެރުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކަށް އިޒްރޭލުން ބަދަލުކޮށްފި ކަމަށް އދ.ގެ ހިއުމަނިޓެރިއަން އެފެއާޒް ކޯޑިނޭޝަން އޮފީހުން (އޯސީއެޗްއޭ) ހާމަކޮށްފިއެވެ. އޯސީއެޗްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި، ރަފާހު ގަވަރނޮރޭޓުގެ ގިނަ ބައެއް މާރޗް މަހުގެ ފަހުކޮޅުން ފެށިގެން ވަނީ “ނޯ-ގޯ ޒޯން” ތަކުގެ ގޮތުގައި އިޒްރޭލް ސިފައިންގެ ފަރާތުން އިޢުލާންކޮށް، މީހުން ފުރުވާލުމުގެ އަމުރު ނެރެފައެވެ. އުތުރުގައި، ޣައްޒާ ސިޓީގެ ހުރި...
އަޙްމަދު ދާއޫދު
ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަނާގެ މައި އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ހަމަލާދީފިއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާގައި އެއަރޕޯޓް “މުޅިން ބޭނުން ނުކުރެވޭ” ވަރަށް ހަލާކުވެފައިވެއެވެ. އަންގާރަ ދުވަހު ދިން މި ހަމަލާގައި ސަނާގެ ސިމެންތި ފެކްޓަރީއަކާއި އެތައް އިންޖީނުގެ ތަކަކަށްވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މިއީ އާދިއްތަ ދުވަހު ތެލް އަވީވްގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓާ ކައިރިއަށް ދިން ހޫތީންގެ ބެލިސްޓިކް މިސައިލް ހަމަލ...
އަޙްމަދު ދާއޫދު
ޖަރުމަނުވިލާތުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުވެއްޖެއެވެ. ޖަރުމަނުވިލާތުގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ އައު ޗާންސެލަރަކަށް ކޮންޒަވޭޓިވް ފްރިޑްރިޗް މާޒް އިންތިޚާބުކޮށްފައިވާއިރު، މި އިންތިޚާބުގައި ފުރަތަމަ ބުރުގައި އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން ދެވަނަ ބުރެއް ބޭއްވުނެވެ. 69 އަހަރުގެ މި ލީޑަރު އިންތިޚާބުކުރީ އޭނާގެ އަމިއްލަ ކޮންޒަވޭޓިވް ސީޑީޔޫ/ސީއެސްޔޫ އިއްތިހާދާއި އެމީހުންގެ ޖޫނިއަރ ކޯލިޝަން ޕާޓްނަރ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެސްޕީޑީ) ގެ މެންބަރުންނެވެ. ޖުމްލަ...
އަޙްމަދު ދާއޫދު
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، ދެހާހަށްވުރެ ގިނަ ދޫނި ރާއްޖެ އެތެރެކޮށްފައިވާ ކަމުގައި ދަނޑިވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއަށް ޖުމްލަ 2105 ދޫނި އެތެރެކޮށްފައިވާ ކަމަށެވެ. އެއީ މުޅިޖުމްލަ ދޫނީގެ 13 ޝިޕްމެންޓެއްގައި ހިމެނޭ ދޫނި ކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ. މިތަކެތީގެ ތެރެއިން ގަވައިދާއި އުސޫލުތަކާއި ހިލާފުވުމ...
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހި މަސްވެރިން މަސައްކަތްކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ދާއޫދު ކުރެއްވި ސުވާލު: ”އަޅުގަނޑުގެ ސުވާލަކީ 2010ގައި އެމ.ްޑ.ީޕީ ވެރިކަމުގައި ރާއްޖޭ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މެއި 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ / ޖަނަވަރީގެ، މުޝްތާޤު ޝާކިރު (37އ) އާއި ގއ. މާމެންދޫ / ބިލަތްމާގެ، މުޙައްމަދު ފަޒީނު (36އ) އެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މަސްތުވ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހއ. އިހަވަންދޫ މަސްވެރިން އައިސް އުފުލާނެ ޕިކަޕެއް އެރަށު ކައުންސިލަށް ހަދިޔާކޮށްދީފިއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މަސްވެރިންނަށް ބޭނުންވާ އައިސް އުފުލުމަށް މިފަދަ ބޮޑު އެހީއެއް ވެފައިވާތީ، މަސްވެރިންނާއި އެ ކައުންސިލުގެ ފަރާތުން އެސްޓީއޯގެ މެނޭޖްމެންޓަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އިހަވަންދޫ އަކީ ރާއްޖޭގެ އުތުރުގެ މަސްވެރިކަމަށް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އަދި އެރަށަކީ އެރަށުގެ މަސްވެރިންގެ ބައިވެރިވުމާއެކު އިގްތިސޯދީ ގުދުން ފުދުންތެ...
އައިޝަތު އައިނީ އާމިރު
ދިވެހިރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް އިސްބޭފުޅުންގެ ޓީމަކާއި، އެ މިނިސްޓްރީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކޮށްފައެވެ. ހެލްތު މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ސިއްހީ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ...
ޔުމްނާ ޢަލީ
މި އަހަރުގެ ވޭތުވެދިޔަ މަސްތަކާއި އަޅާބަލާއިރު ހުސްވި އޭޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވާކަމަަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުންނެވެ. މި ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅުގައި، ހެލްތް މިނިސްޓްރީން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރުމާއެކު، ރައްޔިތުންނަށް ޚާއްޞަ އިރުޝާދުތަކެއް ދީފައ...
ޔުމްނާ ޢަލީ
އަވަށްޓެރި އިންޑިއާ އާއި އެކު ދިފާއީ ދާއިރާއިން އޮތީ ހަތަރު އެއްބަސްވުމެއްކަމަށާއި، އެ އެއްބަސްވުންތަކުން ބައެއް އެއްބަސްވުންތަކަށް ބަދަލުގެނެވި، އަނެއްބައި އެއްބަސްވުންތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަށްވަމުންގެންދަވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައްމޫން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުނ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުންދަނިކޮށް އެ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން 12:26 ހާއިރު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ އެކުއްޖާ ފެނިފައިވާކަމަށެވެ. އެކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 1 އިން ކަމަށާއި، ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކުއްޖާ އަކީ ހުޅުމާލެ ފޭސް […]
ޔުމްނާ ޢަލީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް 74 އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ހޯދުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިޢުލާނުކޮށްފިއެވެ. މި މަޤާމުތަކަކީ ދާއިމީ މަޤާމުތަކެއް ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މަހަކު 5,920 ރުފިޔާގެ އަސާސީ މުސާރައެއް ލިބޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މަހަކު 1,500 ރުފިޔާގެ ސަރވިސް އެލަވަންސްއެއްވެސް ދެވޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް 60 ރުފިޔާގެ ކޮއްތު ފައިސާއާއި، މުސާރ...
ޔުމްނާ ޢަލީ
“މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމަ” އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ. ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދުވާފަރުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައި ކަސްއަޅައި ދޮސްއަޅައިފައިވާ އިން ކުއްޖަކު ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމުން ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެކަމާ ހި...
ޢަބްދުﷲ ސަޢީދު
ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިޔުކޭޝަން […]
އަލީ އާދިލް
2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ހުކުރު ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފިއެވެ. މި ތަރުޖަމާތައް ވަނީ “ސަރމަން ބުކް 2024 (އިނގިރޭސި)” ގެ ނަމުގައި ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، މި ފޮތުގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ. މިއީ ޚުޠުބާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުރެވުނު...
އަލީ އާދިލް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ 4 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ހަމަލާގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ދަ ޑިމޮކްރެޓްސް ޕާޓީން އަނެއްކާވެސް ގޮވާލައިފިއެވެ. މިއަދު ނެރުނު ނޫސްބަޔާނެއްގައި، ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މި މައްސަލާގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި މި ހަމަލާގެ ތަޙްޤީޤު ފުންމިނަށް ހިންގުމަށް ކުރިން ވެސް ގޮވާލާފައިވާ ގޮވާލުން ތަކުރާރުކޮށްފައިވެއެވެ. 2021 ވަނަ އަހަރ...
އަލީ އާދިލް