ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެންނެވެ.

"މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން."

ފުލުހުން އެދިފައިވެއެވެ.

އެ ކުއްޖާ އާއި ގުޅޭ މަަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.