ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ހިންގާ ކުރުމުއްދަތުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްލަ ނުވަ ކޯހެއްގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، މި ހުރިހާ ކޯހެއްވެސް ކުރިއަށް ގެންދަނީ ހަތް ދުވަހުގެ މުއްދަތަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
ކޯސްތަކުގެ މައުލޫމާތު
- ޅެންހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް – ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ
- ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވެލް - ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ
- ވާހަކަ ލިޔުން - ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ، އެހެނިހެން 30 ޖާގަ
- ފޮޓޯނެގުމާއި ލައިޓިން އަދި ފޮޓޯޝޮޕް އެޑިޓިން – 30 ޖާގަ
- ވީޑިއޯ ނެގުމާއި އެޑިޓް ކުރުން – 30 ޖާގަ
- އޯޑިއޯ ރެކޯޑިން އަދި އެޑިޓިން – 30 ޖާގަ
- ސްކްރިޕްޓް އަދި ސްކްރީންޕްލޭ ލިޔުން – 30 ޖާގަ
- ފަންސޫރު ކުރެހުން – 30 ޖާގަ
- ފެންކުލަ އަދި ތެޔޮ ކުލައިގެ ކުރެހުން -30 ޖާގަ
މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ހާއްސަކޮށްފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސަބްމިޓް ކުރުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މި ކޯސްތަކުގައި ކިޔަވައިވައިދެއްވާނީ ދާއިރާގައި ތަޖުރިބާކާރު ފަންނީ ބޭފުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!