ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިއަދު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، 31 އަހަރުގެ އައިޝަތު ޝިޔާޒާ އާއި ހއ. ދިއްދޫ / ހަޒާރުމާގެ، 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ. ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެ ދެމީހުން ހުއްޓު...
ޔުމްނާ ޢަލީ
މާލޭގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި ފައިސާ ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، ހ. ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފަރ ކުރުވި މައްސަލައެއް ފުލުހުންނަށް 18 ޖުލައި 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަބުޑީ މޯލްޑިވްސް އާއި ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޯސް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އާއި އާމިނަތު ޝިހާނާ (އަބުޑީ) އަދި އެޓްމޯސްފިއަރ ފައުންޑޭޝަންގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ޙަކީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއ...
އައިޝަތު އައިނީ އާމިރު
ހއ އަތޮޅު ކައުންސިލުން “މަސްވެރިންގެ ދުވަސް 2025” ކުލަގަދަ ގޮތެއްގައި އެ އަތޮޅުގައި ފާހަގަކުރުމަށް ނިންމައި، އެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައެޅުމަށްޓަކައި އަތޮޅުގެ ރަށު ކައުންސިލަތަކަށާއި ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވަލައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލަމުން ހއ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤުސަދަކީ ހއ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރި...
އައިޝަތު އައިނީ އާމިރު
ހދ. ވައިކަރަދޫގައި “ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން” ކޯހެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ވައިކަރަދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހަކީ ވައިކަރަދޫގައި ދިރިއުޅެމުންދާ އަންހެނުންނާއި ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ފެހުމުގެ އަސާސީ ހުނަރުތަކާއި އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލުކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ ފަހިކޮށްދިނުމުގެ މަޤުސަދުގައި ހިންގުމަށް ހަމަޖ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ...
ޔުމްނާ ޢަލީ
އިސްރާއީލްގެ މޮސާޑް ޖާސޫސް އޭޖެންސީގެ ޑިރެކްޓަރު މިހަފްތާ ވޮޝިންގްޓަނަށް ޒިޔާރަތްކޮށް، ޣައްޒާއިން ބޭރުކުރާ އެތައް ސަތޭކަ ހާސް ފަލަސްތީން ރައްޔިތުން ބަލައިގަތުމަށް އެކި ގައުމުތަކަށް ބާރުއެޅުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިފައިވާކަމަށް ”އެކްސިއޯސް” ގެ ރިޕޯޓެއްގައި ބުނެފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ ދެ މަސްދަރަކުން އެ ނޫހަށް ވަނީ މި މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ޣައްޒާގެ ރައްޔިތުން ބޭރުކޮށް ވަކިން ޚާއްޞަކޮށް އިތިޔޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާގައި ވަޒަންވެރިކުރ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި “ބަށި ބޯޅަ” އޮފިޝަލުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މި ކުޅިވަރަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މިއަންނަ އޮގަސްޓް މަހު 1 އިން 2 އަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 […]
އައިޝަތު އައިނީ އާމިރު
މިދުވަސްކޮޅު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހއ.މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށް އެކިވަރުގެ ގެއްލުންތައްވެއްޖެއެވެ. މިކަމާއި ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ވިއްސާރާގައި މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ރައްޔިތުންނާއި ކައުންސިލަށް ލިބިފައިވާ ގެއްލުންތަކަށް ވަގުތީ ހައްލު ހޯއްދެވުމަށް މިވަގުތު ކުރެވެންހުރި އެންމެހ...
ޔުމްނާ ޢަލީ
ހައްދުފަހަނާ އަޅާފައިވާ ޖައްބާރު އިސްރާއީލުން ފަލަސްތީނުގެ މުސްލިމް ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ ކުށެއްނެތް ނިކަމެތި އާންމުން ދިރިތިބުމަށް ކާނެ އެއްޗެއް ނުލިބޭއިރު، މިއަދު އެ މައުސޫމް އިންސާނުންނަށް ޖެހިފައި ވަނީ މަޖުބޫރީ ހާލަތުގައި ބަނޑުފުރާނަ މުއްތިކުރުމަށް ވެއްޔާ އެކުވެފައިވާ ފުއް ކާށެވެ. އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންގެ ގޮތުގައި ދައުވާކުރާ ”ލޯކަނު، ބީރު، މަންމަނު” ހުޅަނގުގެ ޤައުމުތަކުގެ މީޑިއާތަކުން އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި،...
ޔުމްނާ ޢަލީ
އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ބައެއް ހިސާބުތަކުން ބުރާސްފަތި ދުވަހު ކަރަންޓް ކެނޑުނު ނަމަވެސް، އެކަމާއި ގުޅިގެން އާންމު އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ދިމާނުވާކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ. ކޭއާރުއެޗުން މިއަދު ބުނީ 17 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު މެންދުރު އެ ހޮސްޕިޓަލްގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑެން ދިމާވީ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ޕެނަލް ބޯޑަށް މައްސަލަ ދިމާވެ ކޭއާރުއެޗްގެ އައިސޮލޭޝަން ވޯޑުގެ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި، ރާއްޖެއަށް ކޮމަންވެލްތުން މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުން ކުރިއަށްދާނެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓަކީ، ހުރިހާ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިންގާ ބަޖެޓެއް ކަމަށްވާއިރު، އެ ބަޖެޓުން ކުރާ ހަރަދުތަކާއި ހިންގާ މަޝްރޫއުތައް މުޅި އާބާދީއަށް އިންސާފުވެރިކޮށް ބަހަންޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ އާޠިފް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބޮޑު ބަޖެޓެއް ފާސްކުރަމުންދާ ކަމަށާއި، މި އަހަރުވެސް ގާތްގަނޑަކަށް 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ބަޖެޓް ބެހިގެންދާ ގޮތް އ...
އައިޝަތު އައިނީ އާމިރު
މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ހޯދުމުގެ މަސައްކަތުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ތަހުގީގް ފުޅާކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ. އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުނަދޫ ކައުންސިލާއި އެކު އެމް.އޯޔޫގައި ސޮއިކޮށްފިއެވެ. މި އަހަރުގެ މި މުބާރާތް ހޯސްޓްކުރުމަށް ށ. އަތޮޅު ކައުންސިލުން ހުށަހެޅި އިރު އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ފުނަދޫގައެވެ. އެގޮތުން ށ. އަތޮޅު ކައުންސިލުން “ތިލަދުން” އަށް ބުނިގޮތުގައި...
އައިޝަތު އައިނީ އާމިރު
ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއްގައި ތިބި މީހުން ސަލާމަތްކޮށް ބެހެމުން ދިޔަ ޑިންގީއަކަށް ދިވެހި ފުލުހުންނާއި ސިފައިން އެހީތެެރިވެއްޖެއެވެ. ފުލުހުން ބުނީ، ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓެއް ލިބުނުކަމަށެވެ. މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ ސާޗް ޓީމުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެ ޑިންގީ […]
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި “މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް”ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭ...
ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އާއި ހަމައަށެވެ. އެއަށްފަހު ސަމާލުގެ ވަގުތު މިހާރު ވަނީ މެންދުރުފަހު 13:30 އަށް އިތުރުކޮށްފައެވެ. ސަމާލު ނެރުނު ފުރަތަމަ ފަހަރު ވިލާގަނޑުގައި ގަޑިއަކު 40 […]
ޔުމްނާ ޢަލީ