ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުންް މިއަދު ބުނީ މިތަކެތި އަތުލައިގަތީ އެ އިދާރާއިން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށްފައެވެ. އެތަންތަނުން ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. ”އޭގެ އިތުރުން، އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެ...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ކުރުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއްނެތި ފައިސާ ދޫކުރި މައްސަލައިގައި ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެ...
އަލީ އާދިލް
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ ސަރުކާރުން ސިޔާސީ ބޭނުމަކަށް ނެރުނު ރިޕޯޓެއް ކަމަށާއި، އެއީ 3 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ލޫޓުވައިފި” އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރޭގަނޑު ދަންވަރު ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް ޝާއިޢުކުރުމަކީ އެ ޕާޓީން ކުށްވެ...
އަލީ އާދިލް
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް އިއްޔެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް 27 ޖަހަންގީރު މިއާ (25 އަހަރު) ފުލުހުން ހައްޔަރުކުރީ 2025 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ (އިއްޔެ) ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން...
ޔުމްނާ ޢަލީ
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ސަރުކާރުން ދޭން ނިންމި ލޯނު ސްކީމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފި އެވެ. މި ސްކީމްގެ ދަށުން ރަހުނަކާ އެކު 500،000 ރުފިޔާ އަދި ރަހުނަކާ ނުލައި 150،000 ރުފިޔާގެ ލޯނު ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެ އެވެ. މި ލޯނު ސްކީމް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިޤްތިޞާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ. އެގޮތުން ޑިޖިޓަލް ކ...
އަލީ އާދިލް
އަމާނާ ތަކަފުލް މެދުވެރިކޮށް އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސްގެ ޚިދުމަތް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މަޝްހޫރު ޓްރެވަލް އެޖެންސީ “ފަތުރުވެރިން ޓްރެވަލްސް” އާއެކު އެމް-ފައިސާއިން ޕާޓްނާޝިޕެއް ގާއިމްކޮށްފިއެވެ. މި ޕާޓްނާޝިޕްގެ ދަށުން “ފަތުރުވެރިން ޓްރެވަލްސް” މެދުވެރިކޮށް ދަތުރުތައް ރާވާ ކަސްޓަމަރުންނަށް ޓްރެވަލް އިންޝުއަރެންސް ހަމަޖެއްސުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. “ފަތުރުވެރިން ޓްރެވަލްސް” އަކީ އެންމެ ފުރިހަމަ އެޑްވެންޗަރތައް ގެނެސް...
އިބްރާހިމް އަސްވާޤް
އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މިކަން ޢިއުލާންކުރަށްވާފައި ވަނީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ، ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ...
ޔުމްނާ ޢަލީ
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް އައްޔަން ކުރައްވައިފި އެވެ. ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލަށް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރުންނާ އިންޓަވިއު ކުރުމަށްފަހު މިއަދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ފަ...
ހުސައިން ހަބީބް
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނާ ބައްދަލުކޮށް، އެ ދުވަސް ފާހަގަކޮށްފިއެވެ. އުރީދޫން މައުލޫމާތު ދިން ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުން ވަނީ އެއާޕޯޓުގައި ފަތުރުވެރިންގެ ގާތަށް ގޮސް މަރުހަބާ ކިޔައި، މި ދުވަހުގެ މުނާސަބަތުގައި ހަދިޔާ ދީފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފަތުރުވެރިންނަށް ދައްކުވައިދިނުން ކަމަށް އުރީދޫން ފާހަގަކުރިއެވެ. އުރީދޫން...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ ތަމްވީލް އިކޮންކުއެސްޓް ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދިވެހި ޒުވާނުން އިޤްތިޞާދީ އެކިއެކި މައުޟޫތަކަށް ޚިޔާލުފާޅުކޮށް، އިލްމީ ނަޒަރަކުން މާލީ ކަންކަން ދެނެގަތުމަށް ބާއްވާ މުހިންމު މުބާރާތެކެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ތަޢުލީމީ މުއައްސަސާތައްކަމުގައިވާ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް ބައިވެރިވެވޭ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކ...
އިބްރާހިމް އަސްވާޤް
ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށްޓަކައި އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ ޤައުމު...
އިބްރާހިމް އަސްވާޤް
15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓްކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ”ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތައް ވަގަށް ވިއްކަންއުޅޭ މައްސަލަ ބޮޑުވެއްޖެ” ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ދޮގުކޮށް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ލިސްޓާ އެކު ކުރެވުނު އިޢުލާނުގައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމަށާއި، ލިސްޓުން އުނި...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ އިންޑޯ ބެޑްމިންޓަން ހޯލެއް އެޅުމަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އިހަވަންދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 212 ވަނަ އާއްމު ޖަލްސާގައެވެ. މި ބިމަކީ އޭ.ކޭ.އެޗް ފައުންޑޭޝަނުން ހުށަހަޅާފައިވާ ހުށައެޅުމެއްގެ ދަށުން ދޫކުރަން ނިންމި ބިމެކެވެ. މި ހުށަހެޅުމުގެ ދަށުން އެ ފައުންޑޭޝަނަށް 150 ފޫޓް 100 ފޫޓް (15000 އަކަފޫޓް) ގެ ބިމެއް ދޫކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެ ބިމަކީ އިހަވަންދޫގައި މިހާރު […]
އައިޝަތު އައިނީ އާމިރު
ދެކުނު ޔޫރަޕްގެ ގައުމެއްކަމަށްވާ ސަން މަރީނޯއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. އެގައުމުގެ ފޮރިން މިނިސްޓަރ ލޫކާ ބެކާރީ ވަނީ އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެފައިވަނީ އޭނާގެ ޤައުމުން ރަސްމީކޮށް ފަލަސްތީނު ދައުލަތް ބަލައިގަންނަނީ މިނިވަން އަދި އަމިއްލަ ވެރިކަމެއް އޮތް ދައުލަތެއްގެ ގޮތުގައި، ރައްކާތެރި އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރަޙައްދުތަކެއްގެ ތެރޭގައި، އދ. ގެ ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. “ދައުލަތެއް އޮތުމަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤެއ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާ ވޮލަންޓިއަރުންގެ ލިސްޓަކަށް ހުޅުވާލައްވާނެކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ އިއުލާނުކުރައްވައިފިއެވެ. މިކަން ޢިއުލާންކުރަށްވަމުން އޭނާ ވަނީ މި ހަނގުރާމައިގައި ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަފުޅަށްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާގެ ފިރިހެނުންނާއި އަންހެނުންނަށް ވެސް ފުރ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ޕެލަސް ކާމިޔާބު ކޮށްފިއެވެ. ޗެމްޕިއަން ލިވަޕޫލާއި ޕެލަސް ރޭ މެޗަށް ނުކުތްއިރު ޕްރިމިއާ ލީގުގައި މިހާތަނަށް ބަލިނުވެ އޮތީ މި ދެ ޓީމެވެ. ނަމަވެސް ރޭ ޕެލަސްގެ ދަނޑުގައި ލިވަޕޫލަށް ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހުނުއިރު، ޕެލަސް ވަނީ މި ސީޒަން ފަށަން ކުޅުނު ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށްފައެވެ. އަދި އަންނަ މަހު އިނގިރޭސި […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދީ 5-2 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ ހަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރޭ އެތުލެޓިކޯ އަތުން ވީ ބައްޔަކީ މި ސީޒަންގައި އެ ޓީމްގެ ފުރަތަމަ ބައްޔެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން […]
އިބްރާހިމް ޚަލީލް
މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ”ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރު”ގައެވެ. މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ މެންދަމުއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 01:00 ގައެވެ. މިތަކުގައި...
ޔުމްނާ ޢަލީ