ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފިއެވެ. މިއީ، އެމްއެމްއޭއިން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން، ވަކިން ޚާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަޤުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުމެވެ. ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލ...
އަލީ އާދިލް
ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައު ގައުމަކުން ކިޔެވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން ބައިން، އެއީ ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔ...
ޔުމްނާ ޢަލީ
ގާތްގަނޑަކަށް މިވީ ދެ އަހަރު ދުވަހަކީ، ފަލަސްތީނުގެ ތާރީޙުގައިވެސް ޔަހޫދީންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔައްތުކަން ހައްދެއް ނެތް މިންވަރަށް އިތުރުވެގެން ދިޔަ ކަޅު ދުވަސްތަކެކެވެ. ޣައްޒާވަނީ ރުއިމާއި ބޮޑުމުގެ އަޑުން ގުގުމާލާފަ އެވެ. ދުމާއި ހިރަފުހުގެ ތެރެއިން އެހީތެރިކަމުގެ އަތަކަށް އެދި ގޮވާ އާދޭސްތަކަށް އަލި މަގެއް ފެންނާނެ ކަމުގެ އުންމީދުގައި ތިއްބައި އެތަކެއް އާއިލާތަކެއް ބިކަވެއްޖެ އަނެއް ބަޔަކު ޝަހީދުވެ ދުނިޔެ ދޫކޮށް ގޮސްފި އެވެ. އެއްގަމުން ވަށައިލެވި، ވައިގެމަގުތައް ބަންދުކުރެވި، އަދި ކ...
އިބްރާހިމް އަސްވާޤް
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަށްހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، ޢަލީ އަސްޢަރު (30 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު 34 […]
އަލީ އާދިލް
ކުރީގެ އަދަދާއި ގުޅޭ: އަހަރެން ފެނުނީމަ ހުސެން އަހަރެންދެކެ ފޫހިވީ ބާވައެވެ؟ ފަހަރެއްގައި އޭނާ ހީކުރި ގޮތާ ހިލާފަށް އަހަރެން އެހާ ރީތި ނުވީކަމަށް ވެދާނެއެވެ. ނޫނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް އަހަރެންގެ ނެތީ ކަމަށް ވެސް ވެދާނެއެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެޔޭ އަހަރެން ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއަށް ހިބަ ކުރެވިއްޖެއެވެ. ވަސްވާހުން ހިތް ނުތަނަވަސްވީ ވަރުން ސައިކަލްގެ ސްޕީޑް އަހަންނަށް މަޑުކޮއްލެވުނީ މޮޅިވެރިކަމާއެކުއެވެ. ގެއަށް ޒިޔާރަތް […]
ސަލާމާ ޢަބްދުލް ޢަލީމް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކުޅުދުއްފުށި ސިޓީގެ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒަރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްލޭން” އާންމުކޮށްފިއެވެ. މި ޕްލޭނަކީ “މޭކިންގ ސިޓީސް ރެސިލިއެންޓް 2030” މަޝްރޫޢުގެ ދަށުން، ވީލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއަދު ސިޓީ ކައުންސިލް އިދާރާގެ ވެބްސައިޓުގައި ވަނީ ސިޓީގެ ޤުދުރަތީ ސިފަތަކާއި އަހަރުން އަހަރަށް އިތުރުވަމުންދާ އާބާދީ އާއި،...
އައިޝަތު އައިނީ އާމިރު
އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙަ ޕްލޭނަކަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން މަރުޙަބާ ކިޔާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ޕްލޭނާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު ހޯމަ ދުވަހު ޓްރަމްޕް އިޢުލާނުކުރެއްވިއިރު، ހަމާސްއިން ދަނީ މި ހުށަހެޅުން “ހެޔޮ ނިޔަތުގައި” ދިރާސާކުރަމުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ރައީސް ޓްރަމްޕް ވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިންމުމ...
ނާޒިމާ އަލީ
ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތްކުރުމަށް މެކްސް އެމް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް މެކްސް އެމް އާއި ހަވާލުކުރުމަށް އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އަޙުމަދު ސޮބާޙް އެވެ. މީގެ އިތުރުން މެކްސް އެމް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެކްސް އެމް ގެ ވެރިޔާ އަބްދުލް މުއީން އަބްދުލް މަޖީދު އެވެ. މި އެއްބަސްވުމުގެ ދަށުން […]
އައިޝަތު އައިނީ އާމިރު
ޖަކާޓާ، 30 ސެޕްޓެމްބަރު 2025: ޓިކްޓޮކުން ޓޮކޮޕީޑިއާ ގަތުމާ ގުޅޭ ގޮތުން ރިޕޯޓު ކުރުން ލަސްވުމުގެ ސަބަބުން އެ ކުންފުނި ގާތްގަނޑަކަށް 900،000 އެމެރިކާ ޑޮލަރާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ އެންޓި-މޮނޮޕޮލީ ވޮޗްޑޮގް ކޭޕީޕީޔޫއިން ހޯމަ ދުވަހު ބުނެފިއެވެ. މިއީ ޓިކްޓޮކުން ޤަވާޢިދުތަކަށް ފުރިހަމައަށް އަމަލުނުކުރުމުގެ ސަބަބުން އެޅިފިޔަވަޅެއްކަމަށް ބުނެފައިވާއިރު، މި މުޢާމަލާތް ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ޓިކްޓޮކުން ޓޮކޮޕީޑިއާގެ 75.01 އިންސައްތަ ހިއްސާ ގަ...
ނާޒިމާ އަލީ
ވޮޝިންގްޓަން، 30 ސެޕްޓެމްބަރު 2025: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ އުދުވާނު ނިންމުމަށާއި، ޣައްޒާގައި ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށް މަގުފަހިކުރާނެ 20 ނުކުތާގެ ޕްލޭނެއް ހޯމަ ދުވަހު ހުށަހަޅުއްވައިފިއެވެ. ޓްރަމްޕް މި ޕްލޭން ހުށަހެޅުއްވީ ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި، މި ޕްލޭނަކީ ސަރަހައްދުގެ އެކުވެރިންނާއި ބައިވެރިންނާއެކު ފުޅާ ދާއިރާއެ...
ނާޒިމާ އަލީ
ހއ. ދިއްދޫ ބަނދަރު ބޭނުންކުރާނެގޮތް އަންގައިދިނުމަށް ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް ދިއްދޫ ކައުންސިލުން އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ގެނެވުނު ބަދަލުތަކާއި އެއްގޮތައް މިއަދުން ފެށިގެން ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކުން ކައުންސިލުގެ އެންގުމާއި އެއްގޮތަށް ބަނދަރު ބޭނުންކުރުމަށެވެ. ދިއްދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި ލޭބަލް އާއިއެކު ބޯޑުގައި ސަރަހައްދުތައް ވަކި ވަކިން ފާހަގަކޮށްފ...
އައިޝަތު އައިނީ އާމިރު
ދޯހާ، 29 ސެޕްޓެމްބަރު 2025: އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެންގުމަކަށް، ގަތަރުގެ ކިބައިން މައާފަށް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ، ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީއަށް ގުޅައި މަޢާފަށް އެދިފައެވެ. ނަތަންޔާހޫ މި ފޯނު ކޯލު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކ...
ނާޒިމާ އަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެއުޅުންނާ ބައްދަލުކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރުމާއި، އެންވެރިކަމުގެ ދަތިކަމާއި، ބީއެމްއެލް މެދުވެރިކޮށް ލޯނު ހޯދުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސްގެ މައްސަލަތަކާއި، މިފްކޯގެ ކައްޓާތައް ޑިޖިޓަލް ކައްޓާތަކަށް ބަދަލުކުރުންފަދަ މުހިންމު ކަންކަން ރައީސާ...
ޔުމްނާ ޢަލީ
ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ.އެޓޮލް އެޑިޔުކޭސަން ސެންޓަރު -ހއ.އޭއީސީ)ގައި ލައިބްރަރީ ސަރވިސް އަދި މެނޭޖްމެންޓް ގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޕްޓެމްބަރ މަހުގެ 21 އިން 22 އަށް ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ވަރުގަދަ، ފަސޭހައިން ބަދަލުކުރެވޭ އަދި ހަރަދު ކުޑަ ލައިބްރަރީ މެނޭޖްމަންޓް ސިސްޓަމެއް ކުރިއަށް ގެންދިއުމަށާއި، ޑިޖިޓަލް ޒަމާނުގައި ލައިބްރަރީތައް ކުރިއަރުވައި، ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީނުކޮށްދެވިފަ...
އައިޝަތު އައިނީ އާމިރު
ދިވެހި ފުލުހުންގެ ޚިދުމަތުގެ “ކޮންސްޓަބަލް” ވަޒީފާއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ފުލުހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދު، ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި ހަމަވާ، އަންހެނެއް ނަމަ އިސްކޮޅުން 5 ފޫޓު ހަމަވެފައި، އެސްއެސްއީ އަދި ޖީސީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ނުވަތަ […]
އައިޝަތު އައިނީ އާމިރު
މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސލަ ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި، މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ […]
އައިޝަތު އައިނީ އާމިރު
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރިޝްވަތު ހިފިކަން ސާބިތުވެ, އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ. ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. މައުމޫންގެ މައްޗަށް […]
ހުސައިން ހަބީބް
ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ހުޅުވައިފިކަމަށް އެބޭންކުން ބުނެފިއެވެ. މި ރަށްތަކުގައި ބެހެއްޓުނު އޭޓީއެމްތައް މެދުވެރިކޮށް މިހާތަނަށް 122،000 މުއާމަލާތް ކުރެވި، 313 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދީފައިވެއެވެ. ބީއެމްއެލްއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އޭޓީއެމްތައް މެދުވެރިކޮށް ޖަމާކުރެވުނު ފައިސާގެ ޖުމުލަ އަދަދަކީ 145 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...
އަލީ އާދިލް