ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުންް މިއަދު ބުނީ މިތަކެތި އަތުލައިގަތީ އެ އިދާރާއިން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށްފައެވެ. އެތަންތަނުން ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

''އޭގެ އިތުރުން، އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރުކޮށްފައި'' ފުލުހުން ބުނެފަވެއެވެ.

އަތުލައިގަތީ މަނާ ކޮން ބާވަތެއްގެ އެއްޗެއްސެއްކަމެއް ފުލުހުން ނުބުނެއެވެ.