ހއ. ދިއްދޫ ބަނދަރު ބޭނުންކުރާނެގޮތް އަންގައިދިނުމަށް ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް ދިއްދޫ ކައުންސިލުން އަންގައިފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ގެނެވުނު ބަދަލުތަކާއި އެއްގޮތައް މިއަދުން ފެށިގެން ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކުން ކައުންސިލުގެ އެންގުމާއި އެއްގޮތަށް ބަނދަރު ބޭނުންކުރުމަށެވެ.

Ad
rt

ދިއްދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި ލޭބަލް އާއިއެކު ބޯޑުގައި ސަރަހައްދުތައް ވަކި ވަކިން ފާހަގަކޮށްފައެވެ.

މިގޮތުން ކައުންސިލުން ވަނީ ރޭމްޕް، މުދާބާލާ ސަރަހައްދު، ޖެޓީ، ޕެޓްރޯލް ސަރަހައްދު، މަސްކިރާ ސަރަހައްދު، ލަކުޑިފެރީ ސަރަހައްދު އަދި އާރުޓީއެލް ފެރީ ސަރަހައްދުގެ އިތުރުން ވެލިބާލާ ސަރަހައްދު ހިމެނޭހެން އާއްމުންނަށް ސާފުވާނެގޮތައް ބޯޑު ބަހައްޓާފައެވެ.

މީގެ އިތުރުން އެހެނިހެން ބޭނުންތަކަށް ބަނދަރު ބޭނުންކުރާނެގޮތް ކައުންސިލުން ކަނޑައަޅައި ނިންމުމުން، ބަނދަރުގެ އެހެނިހެން ސަރަހައްދުތައް ބޭނުންކުރާނެ ގޮތްވެސް އާއްމުކުރާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފައިވެއެވެ.