ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތް” ގެ ފައިނަލަށް ކަނޑިތީމު ދަތުރުކޮށްފިއެވެ. ކަނޑިތީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުން މަރޮށީ ޓީމާއި ވާދަކޮށް 3-1 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. މިގޮތުން ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ އެންމެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ކަނޑިތީމު ޓީމުގެ ރައުލް ނިޔާޒު އެވެ. އަދި 2-0 ގެ ލީޑެއްގައި އޮވެފައި ދެންވެސް ނަތީޖާ ބަދަލުކޮށްލީ […]
އައިޝަތު އައިނީ އާމިރު
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ ސަލާމުގެ ވަގުތުގައި ވިލާގަނޑުގައި މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ކަނޑުތައް ހަދަވާނެކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައ...
ޔުމްނާ ޢަލީ
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފިއެވެ. މިކަން ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު، ވ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމ...
އައިޝަތު އައިނީ އާމިރު
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެމްޓީސީސީން އެރަށަށް ގެންގޮސްފިއެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ފަށައި، އެ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 954.43 މީޓަރުގެ ރިވެޓްމަންޓެއް އެޅުމާއި، 114.56 މީޓަރުގެ ގްރޮއިންތަކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ […]
ޔުމްނާ ޢަލީ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްސް މިއަދު ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކްސްއެވެ. މިއީ ޖުމްލަ 199 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މި ތަކެއްޗަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކު...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ސަލާމަތީ ކަންކަމާއި ތަރައްޤީ އިތުރަށް ކުރިއެރުވުމަށް “ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮގްރާމް” ރަސްމީކޮށް މިއަދު ކުޅުދުއްފުށި ސިޓީގައި އިފްތިތާޙުކޮށްފިއެވެ. މި ޕްރޮގްރާމަކީ، ރާއްޖޭގެ ސަލާމަތާއި ތަރައްޤީ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކުގެ ގާބިލިއްޔަތު އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު، އެމް.އީ. ޑޭވިޑް ޖެ...
އައިޝަތު އައިނީ އާމިރު
އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ދެ ރަށުގައި މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ. ތޮއްޑޫގައި ހިންގި އޮޕަރޭޝަން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުުލުހުން […]
ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މިލަންދޫއިން ކަށަވަރުކޮށްފިއެވެ. މިލަންދޫ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 7-0 އިން ކޮމަންޑޫ ބަލިކޮށްގެންނެވެ. މި މެޗުގައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން ތެރޭ ހިމެނޭ އަހްމަދު ޝަަނީ ވަނީ 3 ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިން ލަނޑާއެކު މުބާރާތުގައި މުބާރާތުގައި ޖެހި […]
ޔުމްނާ ޢަލީ
ހއ. ބާރަށު އިދާރާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދިވެހި ބަހުގެ ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާރަށު ކައުންސިލާއި ދިވެހި ބަހުގެ އެކެޑެމީ ގުޅިގެން ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމަކީ، ބާރަށު ކައުންސިިލު މުވައްޒަފުންނާއި އެ ރަށު މުވައްސަސާތަކުގެ މުވައްޒަފުންނަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ވަނީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދެވިފައެވެ. މީގެ ތެރޭގައި ދިވެހި ބަހުގެ ދަރަޖ...
އައިޝަތު އައިނީ އާމިރު
އިސްރާއީލީ ސިފައިން އޮކްޓޯބަރު މަހުގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން އެ އެއްބަސްވުމާ 47 ފަހަރު ޚިލާފުވެ، 38 މީހުން ޝަހީދުކޮށްލައި 143 މީހުންނަށް އަނިޔާދީފައިވާ ކަމަށް ފަލަސްތީނު އޮފިޝަލުން ބުނެފިއެވެ. އިސްރާއީލުން އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފްވެ ހިތުހުރިގޮތެއް ހަދަމުން އަންނައިރު، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލްގެ މީހުންގެ ހަށިގަނޑުތައް އަނބުރާ ހަވާލުކުރުމަށް ހަމާސްއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު...
ނާޒިމާ އަލީ
ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]
ޔުމްނާ ޢަލީ
ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ. އެމްއެންޑީއެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ. ”ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ “އަލްމާކް-ފިޔަ” ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައި” އެމްއެންޑީއެ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: އޭރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ތަހައްމަލްކުރަމުންދާ ވޭން ހުސެން، ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ހުސެން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށެވެ. ” ދެން އެކަމާ ނުވިސްނާ ނިދާލަބަލަ.” ހުސެން ބުންޏެވެ. ހުސެންއަށް ގުޑްނައިޓް ކިޔުމަކީ އަހަރެން އެންމެ ފޫހިވާ ވަގުތެވެ. ވާހަކަ ދެއްކުން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުސެންއަށް މެސެޖް ކުރާ ހިތްވެއެވެ. ” އައި ވެސް ނިދޭތޯ މި […]
ސަލާމާ ޢަބްދުލް ޢަލީމް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު، ފަހުވަގުތު ލަނޑު ޖަހައިގެން ބާސާއިން ކާމިޔާބުކުރިއިރު އެ ޓީމްގެ ކޯޗް ހަންސީ ފްލިކްއަށް ރަތްކާޑު ދައްކައިފިއެވެ. އަމިއްލަ ދަނޑުގައި ބާސާއިން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޕެޑްރީއެވެ. ބާސާއިން ލަނޑުޖެހިތާ ހަތްމިނެޓް ފަހުން ޖިރޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ވިޓްސެލްއެވެ. […]
އިބްރާހިމް ޚަލީލް
އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ދިވެހިރާއްޖެއިން ޖާގަ ހޯދައިފިއެވެ. މި އުފާވެރި ކާމިޔާބީ ރާއްޖެއިން ހާސިލްކުރީ ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ “ބާނި” ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ފީނުމުގެ ހަރަކާތުގައެވެ. ބ.ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ތާރީޚީ ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެ، އެކި ސަރަހައްދުތަކަށް ފީނައި، ދުނިޔޭގެ އައު ރެކޯޑެއް ގާއިމ...
ޔުމްނާ ޢަލީ
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް މި އަހަރުގެ މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިކަން ވަނީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއް މެދުވެރިކޮށް އަންގާފައެވެ. މި ބަދަލާއެކު، ކުރިން ކޮންމެ މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ލިބެމުންދިޔަ ގައުމީ ޓީމުތަކުގެ އެތުލީޓު...
ޔުމްނާ ޢަލީ
ހއ. ވަށަފަރުގައި ވޮލީކޯޓެއް ތަރައްޤީކުރުމުުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މުޙައްމަދު ފަޔާޒް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ. މި ރަސްމިއްޔާތުގައި ކެލާ ދާ...
އައިޝަތު އައިނީ އާމިރު
ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ އެ ގައުމުގެ މައި ވައިގެބަނދަރު، ހަޒްރަތު ޝާހްޖަލާލް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ކާގޯ ސެކްޝަނުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ހުރިހާ ފްލައިޓްތަކާއި ލޭންޑިންގ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ. އެ އެއާޕޯޓްގެ ފަޔަރ ސަރވިސްގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ބުނެފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ވަކިން ޚާއްޞަކޮށް އިމްޕޯޓް ކުރެވޭ މުދާ ގިނައިން ރައްކާކުރެވިފައި ހުންނަ ކާގޯ ސެކްޝަނުގައެވެ. މި ސަރަޙައްދުން ބޯ ދުން އުފެދި...
ނާޒިމާ އަލީ