ނޭޝަނަލް ނިއުސް އެޖެންސީ ލޯންޗުކޮށްފި، 20 މީޑިއާ ބައިވެރިވި
ދިވެހިރާއްޖޭގެ މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި، “ނޭޝަނަލް ނިއުސް އެޖެންސީ” އިއްޔެ ރަސްމީކޮށް ލޯންޗުކޮށްފި އެވެ. މި އެޖެންސީއަކީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާނެ އެޖެންސީއެކެވެ. ސަރުކާރުގެ ނިއުސް އެޖެންސީ ހެދުމަށް އިންފޮމޭޝަން މިނިސްޓްރީން ޕީއެސްއެމްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓް 7 ގަ އެވެ. ނޭޝަނަލް ނިއުސް އެޖެންސީ ލޯންޗުކޮށްދެއްވީ، ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ...