ކ. ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެން އިތުރުވ...
ޔުމްނާ ޢަލީ
ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ ވަރަށް މުހިންމު މަސައްކަތެކެވެ. ރަސްމާލެ މަޝްރޫޢުގެ ބިން ހިއ...
އަލީ އާދިލް
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކޮށް، އެރަށު ބަނދަރު ތަރައްޤީކުރަން މިއަދު ހަވާލުކޮށްފިއެވެ. މިކަމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާ...
ޔުމްނާ ޢަލީ
އެންމެ ބޮޑު ވާދަވެރިޔާ ކޮނޯ މެކްގްރެގަރާ ދެކޮޅަށް ފައިޓް ކުރުމުން ލިބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުންފަދަ އުފާވެރި ހިތްހަމަޖެހުމެއްކަމަށް، ‘ދަ އީގަލް’ ގެ ނަމުން މަޝްހޫރު ޚަބީބް ނޫރުމަގޮމެޑޮފް އިންޓަރވިއުއެއްގައި ބުނެފި އެވެ. ޗިކާގޯގައި ބޭއްވި އެސް ޚަލީލްއާ ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުން ޚަބީބް ބުނެފައިވަނީ، ފައިޓަށް ތައްޔާރުވުމާއި ފައިޓްގެ ވަގުތަކީ އޭނާ ވަރަށް ހިތްހަމަޖެހުނު ވަގުތުތަކެއްކަމަށާއި އެ ފައިޓަކީ އޭނާ ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރި ކަމެއް ކަމަށް ސިފަކޮށް، އެއީ އޭނާ ރާއްޖޭގައި [...
އަލީ އާދިލް
މިއަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު މި މައުލޫމާތު ހިއްސާކުރައްވަމުން ބުނީ، މި ބަދަލުގެ ސަބަބުން ހައްޖުގެ އެންމެހައި އަޅުކަންތައް ހެޔޮގޮތުގައި ތަންފީޒުވުން ކަށަވަރުވާނެ ކަމަށެވެ. ކުރިން ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިކަންތައް، ދެން ކު...
ޔުމްނާ ޢަލީ
ރެޕިޑް ޗެސް ޗެލެންޖް ކެޑޭޓް ޑިވިޝަން މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ. ޖުމްލަ 89 ކުޅުންތެރީންނާއެކު ފަށާ މިމުބާރާތުގެ ކުޅުން އޮންނާނީ ހުޅުމާލެ ޗެސް އާކޭޑް ގައެވެ. ހަތަރު އުމުރުފުރަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު “ތިލަދުން” އަށް ވިދާޅުވި ގޮތުގައި 8 އަހަރުންދަށުގެ 11 ކުޅުންތެރިންނާއި 10 އަހަރުންދަށުގެ 30 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އަދި 12 އަހަރުން ދަށުގެ 26 ކުޅުންތެރިންނާއެކު 14 އަހަރުންދަށުގެ […]
ޔުމްނާ ޢަލީ
އުރީދޫ ފަން ރަން 2025 ގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު “ދަ ކޮފީ ބީން އެންޑް ޓީ ލީފް” މޯލްޑިވްސްގެ ފަރާތުން ހުޅުވާލައިފިއެވެ. މި އިނާމުތައް ހިމެނޭ 250 ޓިކެޓު ވަނީ ފަން ރަންގެ ފަން ކިޓުތަކުގެ ތެރޭގައި ފޮރުވާފައެވެ. މި ހާއްސަ ޓިކެޓުތައް ހޯދައިގެން ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓުގެ ވެރިވެ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އެންމެ ޚާއްސަ އިނާމަކީ އެއް […]
އިބްރާހިމް އަސްވާޤް
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ނައްތާލައިފި އެވެ. ނައްތާލި ތަކެތީގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައެވެ. މި ކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތަކެތި ނައްތާލުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަ...
އަލީ އާދިލް
އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީގެ ޓީމުން ހޯދާފައިވާއިރު، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޓީމަށް ދޭ ހިތްވަރާ ސަޕޯޓަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅުނުއިރު، ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޓީމާ ދެކޮޅަށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ކާމިޔާބީއާ ގުޅިގެން...
ޔުމްނާ ޢަލީ
ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ޤައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމު ނިންމު އަނބުރާ ގެންގޮސް އައިހަމް އަށް ޤައުމީ ޓީމުން ޖާގަ ދިނުމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ގޮވައިލައްވައިފިއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަށްކުޅޭ އައިހަމް ވަނީ ހއ.އަތޮޅު ކައުންސިލުން އެ އަތޮޅު ރަށްތަކަށް ބާއްވާ ”ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި […]
ޔުމްނާ ޢަލީ
އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ބައެއް ރަށްރަށުގެ ކަރަންޓް ޑިމާންޑު ބޮޑުވުމާ ގުޅިގެން، އަންނަ ޕީކު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަ ރަށަކަށް އައު ޖަނަރޭޓަރު ސެޓްތައް ފޮނުވައިފިއެވެ. މިކަމުގެ ސަބަބުން އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމާންޑަށް ފުދޭވަރަށް ކަރަންޓު ލިބުން ކަށަވަރުވާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ސްޓެލްކޯ އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އެޅީ އުމްރާނީ ގޮތުންނާއި، […]
އިބްރާހިމް އަސްވާޤް
މާލޭގެ ބޯހިޔާވަހިކަމުގެ ދިގުދެމިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން މިހާރު ހިއްކަމުންދާ ބިމުން 15,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރަސްމާލެއިން ހިއްކާ ބިމުގެ ފުރަތަމަ ބުރުގައި، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ޒިޔާދު! ” ފޯނު ކަނޑާލުމަށްފަހު އަހަރެން ބުނީ ދޮރާ ދިމާލަށް ބަލައިލަމުންނެވެ. ” ވަޓް؟” ހުސެން ބުންޏެވެ. އަހަންނާ އެއްވަރަށް ހުސެން ވެސް ހުރީ ހާސްވެފައެވެ. ހިތް އަވަސް ވެފައި ހުރި ވަރުން ކޮޓަރިއާ ދިމާލަށް އަހަަރެން ދުއްވައިގަތީ، ހުސެންއަށް އިޝާރާތެއް ވެސް ނުކޮށެވެ. އެއާއެކު ހުސެން ވެސް އަހަރެންގެ ފަހަތުން އައެވެ. ” ކީއްވެ ޒިޔާދު އަންނަކަން އެނގޭއިރު އަހަރެން ކައިރީ މި ގެއަށް އަންނަން ބުނީ؟” ހުސެންގެ އަޑުގައި […]
ސަލާމާ ޢަބްދުލް ޢަލީމް
ނ. ފޮއްދޫ ބަނދަރު ފުން ކުރުމުގެ މަޝްރޫޢުގެ %43 މަސައްކަތް ނިމިފައިވާ ކަމަށް، މި މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފޮއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ...
އަލީ އާދިލް
ދިވެހިރާއްޖޭގެ ޓްރޭޑްމާރކް ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އެކުލަވާލެވިފައިވާ ބިލެކެވެ. މި ބިލަކީ 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައީސް މުޢިއްޒު މި ބިލު ތަސްދީޤުކުރެއްވުމާ ގުޅި...
އިބްރާހިމް އަސްވާޤް
ށ. މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިން ހޮވައިގެން ޢާއްމު ފަރާތަކުން ކޯޓަށް ޙަވާލުކޮށްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް އިޢުލާންކޮށްފި އެވެ. ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިތަކެތި ކޯޓާ ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. ކޯޓުން ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން، ގެއްލިފައިވާ ފައިސާގެ ވެރިފަރާތެއްވާނަމަ، އެ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް ކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. މިގޮތުން، ގެއްލު...
އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަން މެޗު މިރޭ ކުޅޭނެއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ. މިރޭ 20:30 ގައި ފަށާ މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހއ.ގެ ނުވަ ރަށް ވާދަކުރި މި މުބާރާތު ފައިނަލަށް މުރައިދޫ ދަތުރުކުރީ [...
ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް، އިމަރޖެންސީ ފަސްޓް ރެސްޕޯންސް އަދި ރެސްކިއު ޑައިވިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ށ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލުގައި ހިމަނައިގެން، އެ އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާތަކުން ވަޒީފާއަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. ޑައިވް ޑެސްކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯސްތަކުގައ...
އައިޝަތު އައިނީ އާމިރު