ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް
ހދ. ކުޅުދުއްފުށި ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ ލޫނާ، އަލީ މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ހުކުމް އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އަލީ މުހައްމަދު ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ...