ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ، މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.

ފުލުހުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރުން "ފެހިލާ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 16:59 އެހާކަންހާއިރު އެވެ. މި ދޯނީގައި ތިން މީހުން ތިބި ކަމަށް ވެސް ފުލުހުންގެ މައުލޫމާތުތަކުން އެނގެ އެވެ.

Ad
rt

މި ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ވަނީ ވަގުތުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް ފުލުހުންކޮށްފައިވެއެވެ.

މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މީގެ އިތުރުން މިއަދު އިތުރު ކަނޑުމަތީގެ ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ.