މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,376 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 297 ވަނަ ޞަފްޙާ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ބާރަށުން ދެމީހަކާއި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ، ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) ގެ އިތުރުން ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ބާރަށުން ދެމީހަކު ހައްޔަރުކޮށްފައިވަނީ، ހަށިގަނޑުގައި ރައްކާކޮށްގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ […]

އަލީ އާދިލް
ވައި ނުސާފުވުމުން ވައިގެ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް

ވައި ނުސާފުވުމުން ވައިގެ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް

ރާއްޖޭގެ ސަރަހައްދަށް ދުންފުނީގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަތިންދާ ބޯޓު ދަތުރުކުރާ އުސޫލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލު ގެނެސްފިއެވެ. މި ބަދަލަކީ ވައިގެ ނިއަމިކަމުގެ އުސޫލުތަކުގެ ދަށުން، ދުރު ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. މި ހާލަތާ ގުޅިގެން އެމްއޭސީއެލް އިން ވަނީ އާންމުކޮށް އަމަލުކުރާ ‘ވިޝުއަލް ފްލައިޓް ރޫލްސް’ (VFR) ވަގުތީ ގޮތުނ...

ޔުމްނާ ޢަލީ
މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 

2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރޗު މަހުގައެވެ. އެ މަހު އެކަނިވެސް 23 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ޒަކާތުގެ ނިސާބާއި އުސޫލުތައް މުދަލު […]

ޔުމްނާ ޢަލީ
އެމެރިކާއާއި އިސްރާއީލުން މުޒާހަރާތައް ވިލަރެސްކުރުމަށް ބޭނުންކުރާ ސިގްނަލްތަކަށް އީރާނުން ކާމިޔާބުކަމާއެކު ހުރަސްއަޅަނީ

އެމެރިކާއާއި އިސްރާއީލުން މުޒާހަރާތައް ވިލަރެސްކުރުމަށް ބޭނުންކުރާ ސިގްނަލްތަކަށް އީރާނުން ކާމިޔާބުކަމާއެކު ހުރަސްއަޅަނީ

އެމެރިކާއާއި އިސްރާއީލުން އީރާނުގައި ކުރިއަށްދާ މުޒާހަރާތައް ވިލަރެސްކުރުމަށް ބޭނުންކުރަމުންދާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓާއި ޖީ.ޕީ.އެސް ސިގްނަލްތަކަށް އީރާނުން ކާމިޔާބުކަމާއެކު ހުރަސްއަޅަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އިންޓަނެޓް ދިރާސާކުރާ ޖަމިއްޔާތަކެއް ކަމަށްވާ ނެޓްބްލޮކްސް އަދި އަމީރު ރާޝިދީ ފަދަ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، އީރާނުން ދަނީ ސެޓެލ...

ނާޒިމާ އަލީ
ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ނަރުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ 25 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުންނެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2026 ޖަނަވަރީ 11 އިން ފެށިގެން 2026 ޖަނަވަރީ 29 […]

ޔުމްނާ ޢަލީ
އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް "ގްރޮކް"އިންޑޮނޭޝިއާގައި ސަސްޕެންޑްކޮށްފި

އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް "ގްރޮކް"އިންޑޮނޭޝިއާގައި ސަސްޕެންޑްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މީހުންގެ ނުރުހުމުގައި ޖިންސީ މަންޒަރުތައް ހިމެނޭ ފޮޓޯ އުފައްދާ މައްސަލައިގައި ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން، އީލޮން މަސްކްގެ އޭއައި ޗެޓްބޮޓް “ގްރޮކް” އިންޑޮނޭޝިއާއިން ހޮނިހިރު ދުވަހު ސަސްޕެންޑްކޮށްފިއެވެ. އީލޮން މަސްކްގެ މި ޕްލެޓްފޯމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އަމާޒުވަމުންދަނީ، އޭގެ އިމޭޖް ކްރިއޭޝަން ފީޗާ ބޭނުންކޮށްގެން އަންހެނުންނާއި ކުޑަކުދިންގެ ފޮޓޯތައް ޖިންސީ ސިފަ އަންނަ ގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮތްކަމުގެ ރިޕ...

ނާޒިމާ އަލީ
މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށް ވުމެވެ. އިސްލާމްދީން ފެށުނީއްސުރެ، ކީރިތި ރަސޫލާ ﷺ އެންމެ ބޮޑު އިސްކަމެއް ދެއްވީ މުސްލިމުންނަށް އެންމެ ރީތި އަދަބުތަކާއި ސިފަތައް އުނގަންނައިދެއްވައި ތަރުބިއްޔަތު ކުރެއްވުމަށެވެ. އެކަލޭގެފާނުގެ އަމަލީ ދިރިއުޅުއްވުމާއި އުޅުއްވުން ހުރީ ﷲ ތަޢާލާ އެކަލޭގެފާނަށް ބާވައިލެއްވި އުނގަންނައިދެއްވުންތަކާ އެއްގޮތަށެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ ރަސޫލާ ﷺ ގެ އަޚްލާޤީ ސިފަފުޅާ ބެހޭގޮތުން ވަޙީކުރައްވާފައެވެ. އެކަލާނގެ ވ...

ޔުމްނާ ޢަލީ
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި މަސައްކަތް ބާރަށް ކުރިއަށް

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި މަސައްކަތް ބާރަށް ކުރިއަށް

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވަރަށް ބާރުމިނުގައި ކުރިއަށްދާކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން 48 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހަލު...

ޝިއުނާ އާދަމް
ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ

ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ

ހއ. ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ. ބްލޫސްޕޭން ކެއަރ އަކީ ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑުން ހިންގާ، ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ޚާއްސަ މަރުކަޒެކެވެ. ދިއްދޫ ގޮފިން ލިބޭނެ ޚިދުމަތްތަކާއި އަގުތައް ދިއްދޫގައި އަލަށް ފަށާ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ކައުންސިލިން އެވެ. މީގެ ކޮންމެ ޚިދުމަތެއްގެ 45 […]

ޔުމްނާ ޢަލީ
އާޖެންޓީނާގެ ޖަންގަލީގައި އަލިފާން ރޯކުރަމުންދިޔަ އިސްރާއީލްގެ ދެ ފަތުރުވެރިން އަތުލައިގެންފި

އާޖެންޓީނާގެ ޖަންގަލީގައި އަލިފާން ރޯކުރަމުންދިޔަ އިސްރާއީލްގެ ދެ ފަތުރުވެރިން އަތުލައިގެންފި

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު، އާޖެންޓީނާގެ ޕަޓަގޯނިއާ ސަރަހައްދުގައި ހިމެނޭ ޗުބުޓް އަދި ސަންޓާ ކްރޫޒް ޕްރޮވިންސްތަކުގައި ނުރައްކާތެރި ބޮޑެތި ޖަންގަލީގެ އަލިފާންގަނޑުތަކެއް ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާތަކާ ގުޅިގެން ބޭރުގެ ފަތުރުވެރިންނަށް، ހާއްސަކޮށް އިސްރާއީލުގެ ދަތުރުވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ލޮސް ގްލޭޝިއާސްގައި ހިނގި ކުރިމަތިލުން ލޮސް ގްލޭޝިއާސް ނޭޝަނަލް ޕާކުގެ ލަގޫނާ ޓޮރޭސް ކައިރީގައި، އަލިފާން ރޯ...

ނާޒިމާ އަލީ
ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ

ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ

ހއ. ދިއްދޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މިއީ، ދިއްދޫ ކައުންސިލާއި، ރަށުގެ ހުރިހާ މުއައްސަސާތަކަކާއި އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މިހަރަކާތް ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ. މި ހަރަކާތް ފަށަން ނިންމާފައިވަނީ ދިއްދޫ ކައުންސިލް ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކާއެކުގައެވެ. އެހެންވެ، ދިއްދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި ދިއްދޫގެ ރައްޔިތު...

ޔުމްނާ ޢަލީ
''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''

''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް މީހުން އިންތިޚާބުކުރުމުން ތަރައްޤީގެ ބަދަލުގައި ސިޔާސީ މަސައްކަތްތައް އިސ...

ޔުމްނާ ޢަލީ
''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

ކޮންމެ މުސްލިމް މައިންބަފައިންނެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އެބައިމީހުންގެ ދަރީންނަކީ ޞާލިޙު، ދީންވެރި އަދި ނަމާދަށް ލޯބިކުރާ ބަޔަކަށް ވުމެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ވަކި އުމުރަކަށް ދިއުމުން އަމިއްލައަށް އުފެދޭނެ ކަމެއް ނޫނެވެ. ދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި އަންހެނުން އިޚުތިޔާރުކުރުމެވެ. ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ޑަބްލިޔުޑީސީ އެކްސްޕޯ 2026″ގެ ތެރެއިން ޝައުގުވެރި އުފެއްދުންތަކަކާއި ވިޔަފާރިތަކެއް ފެނިގެންދާނެކަން ޔަގީންކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއާއި ގުޅިގެން މޭޔަރު އާތިފް ދެއްވި މެސެޖެއްގައި ވިދާޅުވީ، މި އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީ ވިޔަފާރިތަކާއި އަދި އަމ...

ޔުމްނާ ޢަލީ
އިރާނު ހާލަތު ގޯހުން ގޯހަށް! އަދުއްވުން އުފަލުން

އިރާނު ހާލަތު ގޯހުން ގޯހަށް! އަދުއްވުން އުފަލުން

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް އައިއިރު، އީރާނަށް ވަނީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ދާޚިލީ އަދި ޖިއޯޕޮލިޓިކަލް ކާރިސާއާ ކުރިމަތިލާން ޖެހިފައެވެ. މި ހާލަތު ބޮޑަށް ފާހަގަކުރެވެނީ މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތަކާއި، ދަތިކުރުމުގެ ދިގުދެމިގެންދާ ފިޔަވަޅުތަކުގެ ސަބަބުން އިނދަޖެހެމުންދާ އިގްތިސާދާއި، އަދި ކުރު ނަމަވެސް ނުރައްކާތެރި ހަނގުރާމައަކަށްފަހު ކުރިމަތިވެފައިވާ ނަތީޖާތަކުގެ ސަބަބުންކަމަށް ދިރާސާވެރިން ދެކެއެވެ. މުޅި ގައުމުގައި ކުރިއަށްދާ...

ނާޒިމާ އަލީ
ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އިސްލާމީ މުޖުތަމައެއްގައި ދީނާ ހިލާފު ކަންކަމަށް ފުރުސަތު ނުދިނުމަށް ބާރުއަޅުއްވައި، އެފަދަ ފިކ...

ޔުމްނާ ޢަލީ
މަހެއްގެ ތެރޭ 104 މަސާޖުޕާލާ ބަންދުކޮށްފިން: ރައީސް

މަހެއްގެ ތެރޭ 104 މަސާޖުޕާލާ ބަންދުކޮށްފިން: ރައީސް

މާލެ ސިޓީގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ 104 މަސާޖުޕާލާއެއް ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި މާލޭގެ އެކި ސަރަހައްދުތަކުން 104 މަސާޖުޕާލާ ބަ...

ޔުމްނާ ޢަލީ
ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވައިފި

ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގައެވެ. ނަމަވެސް، މިރޭ އަލަށް ހުޅުވި މައި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވެލާގައެވެ. އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު [...

ޔުމްނާ ޢަލީ