ހއ. ދިއްދޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލުން ބުނިގޮތުގައި މިއީ، ދިއްދޫ ކައުންސިލާއި، ރަށުގެ ހުރިހާ މުއައްސަސާތަކަކާއި އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށެވެ.

Ad
rt

މިހަރަކާތް ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ.

މި ހަރަކާތް ފަށަން ނިންމާފައިވަނީ ދިއްދޫ ކައުންސިލް ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކާއެކުގައެވެ.

އެހެންވެ، ދިއްދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި ދިއްދޫގެ ރައްޔިތުންނާއި، އެރަށުގައި ދިރިއުޅޭ އެހެނިހެން މީހުންނަށް ވެސް ދައުވަތު އަރުވާފައެވެ.

ދިއްދޫގައި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާއިރު، މި ދުވަސްވަރަކީ ދިއްދޫގެ ތަރައްގީ އަށް ވަރަށް މުހިންމު މަސައްކަތްތަކެއް ހިނގަމުންދާ ދުވަސްވަރެކެވެ. މިގޮތުން ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިމާއި، އެރަށުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު 5 ޖެނުއަރީ 2025 ގައި ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.