ކަރަންޓު އުފައްދާ ޖެނެރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ ހުސްވުމާ ގުޅިގެން، ޣައްޒާގެ ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު އިންޒާރު ދީފިއެވެ. ޖެނެރޭޓަރުތައް ހުއްޓިއްޖެ ނަމަ، ފުރާނަ ސަލާމަތްކުރުމަށް ދެމުން އަންނަ މުހިންމު ސިއްހީ ހިދުމަތްތައް މެދުކެނޑިދާނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލްތަކުގައި މިހާރު ހުރި ޖެނެރޭޓަރުތައް ހިންގަމުން ދ...
ނާޒިމާ އަލީ
ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، އެ ޤައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ވަރަށް ހޫނު އަދި ރަސްމީ މަރުޙަބާއެއް ދަންނަވައިފިއެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ސަލާމްކުރައްވައި ކުރު މުލާޤާތެއް ކުރައްވާފައެވެ. އަދި ބޮޑުވަޒީރާއެކު ރަސްމީ ފޮޓޯފުޅެއްގައިވެސ...
ޔުމްނާ ޢަލީ
ރޭ ދަންވަރުން ފެށިގެން ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، ފިޔޯރީއަށް ވާރޭވެހެން ފަށާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު އެވެ. އަދި އޭގެ ފަހުން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެނުގެ އަސަރު ކޮށްފައެވެ. މި ވިއްސާރައިގައި ރަށުގެ […]
ޝިއުނާ އާދަމް
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ ރައީސް ޑރ. މުޢިއްޒު އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ދަތުރު...
ޔުމްނާ ޢަލީ
ށ. ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ވީނަސްގެ، އުމުރުން 42 އަހަރުގެ ރިޟުވާން ޙަމީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން، ޅައިމަގު ބަނދަރު ސަރަހައްދުން...
އަލީ އާދިލް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑުން ފަހަތުގައި އޮއްވައި، ފަހަތުން އަރައި 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ 18 އަހަރުގެ ކުޅުންތެރިޔާ ރިއޯ އެންގުމޯހާ މޮޅު ކުޅުމެއް ދައްކައިފިއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދި ތިންވަނަ މޮޅެވެ. މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ ހަލުވި އަދި މޮޅު ކުޅުމެއް ދެއްކި އެންގުމޯހާ ވަނީ ލިވަޕޫލުން ޖެހި ހަތަރު ލަނޑުގެ […]
އަޙްމަދު ވަހީދު
ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވި...
ޝިއުނާ އާދަމް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު އޭއީކޭ އެތެންސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 5-1 އިން އެ ޓީމު މޮޅުވި ނަމަވެސް، އިއްތިހާދު ސްޓޭޑިއަމްގެ އެތައް ހާސް ގޮނޑިއެއް ހުރީ ހުސްކޮށެވެ. ފަހުން ޖާގަ ބޮޑުކުރި 61،000 މީހުންގެ ޖާގައިގެ އެ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ވަދެފައިވަނީ އާދަޔާ ހިލާފަށް މަދު އަދަދެއް ކަމަށްވާ 40،042 ސަޕޯޓަރުންނެވެ. މި ސީޒަނުގައި ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެހެން ހުރިހާ މެޗެއް ބަލަން […]
އަޙްމަދު ވަހީދު
ށ. މާއުނގޫދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެ ރަށުގައި ކުނި މެނޭޖްކުރުމާއި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަ...
ޔުމްނާ ޢަލީ
ހޮރުމުޒް ކަނޑުއޮޅިއާއި ޕާޝިއަން ގަލްފުގެ ކަނޑުއަޑިން އަޅާފައިވާ ދުނިޔޭގެ މުހިންމު ހަތް އިންޓަނެޓް އަދި ޑޭޓާ ކޭބަލަކަށް އަމާޒުކޮށް ހަމަލާދީފާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އެމެރިކާގެ އަސްކަރީ ފިއްތުންތައް ކުރިމަތިވެއްޖެ ހާލަތެއްގައި ރައްދު ދިނުމުގެ ގޮތުން އަޅާނެ ފިޔަވަޅެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. މި އިންޒާރު ރަސްމީކޮށް ދެއްވާފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ޖެނެރަލް ހުސައިން މު...
ނާޒިމާ އަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗު ފަހު ވަގުތު 4-2 އިން ކާމިޔާބުކޮށް، ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރިހޯދައިފިއެވެ. ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި ކުރިމަތިލުމުގައި ޕީއެސްޖީން މޮޅު ހޯދީ މެޗުގެ ފަހުކޮޅު ވިޓީނިއާ އަދި ފަބިއަން ރުއީޒް ޖެހި ލަނޑުތަކުންނެވެ. މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލައިލުމަށް އަމާޒު ހިފާފައިވާ ޕީއެސްޖީން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި […]
އަޙްމަދު ވަހީދު
ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗަށްފަހު، ރެފްރީއަށް ފާޑުކިޔުމުގެ ސަބަބުން މިސްރު ގައުމީ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަނާއި ފޯވާޑް މުސްތަފާ ޒީކޯއަށް ފީފާއިން ސަސްޕެންޝަނުގެ ބޮޑު އަދަބެއް ދީފިއެވެ. މިގޮތުން ހުސާމް ހަސަން ތިން މެޗަށް ސަސްޕެންޑް ކުރިއިރު، ފޯވާޑް ޒީކޯ ވަނީ ފަސް މެޗަށް ސަސްޕެންޑް ކޮށްފައެވެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި މި ފިޔަވަޅުތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން ފުލ...
ޝިއުނާ އާދަމް
މި އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެ، 24.63 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކުރި “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް” ރިޕޯޓުގައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23.03 […]
ޔުމްނާ ޢަލީ
އިސްރާއީލު ދައުލަތުގެ ވާގިވެރިކަމާ އެކު، ހިފާފައިވާ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، އެއީ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް ނަސްލު ނައްތާލުމަށް އިސްރާއީލުން ގެންގުޅޭ މައިގަނޑު ސިޔާސަތެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ. ހޯމަ ދުވަހު އެ ޖަމިއްޔާއިން ވަނީ މި ފަދަ ހަމަލާތައް އިންތިހާއަށް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފައެވެ. ލަންޑަނަށް ނިސްބަތްވާ އިންސާނީ ހައްގުތަކ...
ނާޒިމާ އަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އަންގާރަ ދުވަހު ވަޑައިގަތުމުން، އެ ޤައުމުން 21 ބަޑީގެ ސަލާމަކާ އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުޢިއްޒާއި...
ޔުމްނާ ޢަލީ
އީރާނުގެ އަސްކަރީ ގާބިލުކަމާއި ބާރު މަދުވެގެން 50 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، ނަމަވެސް އެ ގައުމުގެ އެންމެ ޒަމާނީ ހަތިޔާރުތައް އަދިވެސް ސަރަހައްދީ ހަނގުރާމަތަކުގައި ބޭނުންކުރަން ނުފަށާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ. އައިއާރުޖީސީގެ ތަރުޖަމާނު ޖެނެރަލް ޙުސައިން މުޙިއްބީ ވިދާޅުވި ގޮތުގައި، އަސްކަރީ އުފެއްދުންތެރިކަމުގެ އަދަދަށާއި ފެންވަރަށް ބަލާއިރު އެ ގައުމުގެ އަސްކަރީ ބާރު ވަނީ 1.5 ގުނައަށް އިތުރުވެ، އިހަށްވުރެ ވަރުގަދަ މިސައިލާއި ޑްރޯން އަ...
ނާޒިމާ އަލީ
ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކުން މިއަދު ބަލިވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ އަށް ކާމިޔާބު ކުރެވުނީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. މީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ބަދުނަސީބުގޮތަކަށް އެއްވަރުވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 […]
ޔުމްނާ ޢަލީ