އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، ހިންގަމުންދާ ބްލޮކޭޑް ހުއްޓާނުލަނީސް، ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް އެއްވެސް ވަފުދެއް ނުފޮނުވާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކާ ހަވާލާދީ، އެ ގައުމުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ބަނދަރުތަކަށް އަމާޒުކޮށް އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ ބްލޮކޭޑް ދެމިއޮތްހާ ހިނދަކު، ޕާކިސްތާނަށް މަޝްވަރާ ވަފުދެއް ފޮނުވުމުގެ އެއްވެސް ނިންމ...
ނާޒިމާ އަލީ
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ އުޅަނދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަ...
ޔުމްނާ ޢަލީ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ދިވެހި މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައ...
ޔުމްނާ ޢަލީ
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ގޮނޑިތައް ބެހިގެން ދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލަށް ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން އިއުލާންކުރެއްވީ “ބޮޑު ބަދަލު”ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމަށާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ގެންނަން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކަކާ ގުޅޭ ޕްރެ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ. މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރ...
ޔުމްނާ ޢަލީ
މެލޭޝިއާގެ ސަބާހްގެ ސަންޑަކަންގެ ބަޓޫ ސަޕީ ސަރަހައްދުގައި އޮންނަ ފެންމަތީ އަވަށެއް ކަމަށްވާ ކަމްޕުންގް ބަހާގިއާގައި، އާދީއްތަ ދުވަހުގެ މެންދަމު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މެންދަމު 1:32 ހާއިރު ހިނގި މި ހާދިސާގައި، ފެންމަތީގައި ލަކުޑިން އަޅާފައި ހުރި ގިނަ އަދަދެއްގެ ގެތައް ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަނދައި ހުލިވެފައެވެ. ލިބުނު ގެއްލުމުގެ މިންވަރު މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ފުރަތަމަ ރިޕޯޓްތަކުން 200 އެއްހާ ގެ އަނދައި، 400 އަށްވުރެ ގިނަ މީހުން ހާލުގައި […]
ނާޒިމާ އަލީ
11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ މާލެ، މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. މުޙައްމަދު އަނިލްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު […]
ޔުމްނާ ޢަލީ
މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން 2026 އޭޕްރީލް 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) އެވެ. މިއީ މި ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާއެވެ. މި މައްސަލައާ ގުޅިގެން ޖަޒީލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރ...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ހުއްޓުމަކަށް ނައިސް ކުރިއަށްދާނަމަ، މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިންޒާރު ދީފިއެވެ. އައި.އާރު.ޖީ.ސީގެ ސީނިއާ އެޑްވައިޒަރު އަދި މޭޖަރ ޖެނެރަލް މުޙައްމަދު ރިޒާ ނަޤްދީ މި ބަޔާން ދެއްވީ 18 އެޕްރީލް 2026 ގައި އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. ނަޤްދީ ވިދާޅުވި ގޮތުގައި، މިހާރު...
ނާޒިމާ އަލީ
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުން ހަތިޔާރު ގަތުމަށް ހޭދަކުރި 2.7 ޓްރިލިއަން ޑޮލަރަކީ އިންސާނީ ބުއްދިވެރިކަމަށް އޮތް ހުތުރެއް ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވިދާޅުވެއްޖެއެވެ. ލޫލާ ވަނީ ދުނިޔޭގެ “މިލިޓަރީ-އިންޑަސްޓްރިއަލް” ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަނޑުހައިހޫނުކަން ނައްތާލުމުގެ ބަދަލުގައި ހަނގުރާމައަށް ކުރާ ހޭދަ އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބްރެޒިލިއާގައި ބޭއްވި އެފް.އޭ.އޯ ރީޖަނަލް ކޮންފަރެންސްގައި ފުރަތަމަ މި ހިސާބުތައް...
ނާޒިމާ އަލީ
ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވާކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ. މީގެ ތެރެއިން ޢަލްޔާ...
އަލީ އާދިލް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ހުއްޓާލުމަށް އެދުނީ ހަނގުރާމައިގެ މައިދާނުގައި އީރާނުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާތީ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ގާލީބާފް ވިދާޅުވީ، އީރާނުން ހޯދި ކާމިޔާބީތަކުގެ ސަބަބުން ވެރިކަން ބަދަލުކުރުން ފަދަ އެމެރިކާގެ ސިޔާސީ މަގްސަދުތައް ހާސިލުވިޔަނުދީ ހިފެހެއްޓިފައިވާ ކަމަށެވެ. ގާލީބާފް ފާހަގަކުރެއްވި ގޮތުގައި އީރާނުން ވަގުތީ ގޮތުން ހަނގު...
ނާޒިމާ އަލީ
ކުރީގެ ސަރުކާރުން 524 މިލިޔަން ޑޮލަރުގެ ސްކޫކް ނެގުމަށް ރަހުނުކުރި ދައުލަތުގެ މުހިންމު ހަތަރު ބިމެއް މި ސަރުކާރުން މިހާރު ސަލާމަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައ...
ޝިއުނާ އާދަމް
އެމެރިކާއިން އީރާނުގެ ބަނދަރުތަކާއި އުޅަނދުފަހަރަށް ކުރިމަތިކޮށްފައިވާ ނޭވަލް ބްލޮކޭޑް ނުވަތަ ބަންދުކުރުން ނިމުމަކަށް ގެންނަންދެން، މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ. 18 އެޕްރީލް 2026 ގައި އައި.އާރް.ޖީ.ސީ ގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދު މިހާރު އޮތީ އަލުން އެ ފަރާތުގެ “ވަރުގަދަ ކޮންޓްރޯލް” ގެ ދަށުގައި ކަމަށެވެ. މި ނިންމުން އައިސްފައިވަނީ އޭޕްރީ...
ނާޒިމާ އަލީ
ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބަލާނީ ސިޔާސީ ފިކުރަށް ނޫން ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލުވެރިކަން ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަ...
ޔުމްނާ ޢަލީ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ. މާލީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ 17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މާލީ މެނޭޖްމަންޓް ހަރުދަނާކޮށް ޚަރަދުތ...
އަޙްމަދު ވަހީދު