އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހޫނު ސިޔާސީ ކުރިމަތިލުން މިހާރު އެއްބަޔަކު އަނެއް ބަޔަކަށް “ޖިއޯޕޮލިޓިކަލް ސްޓެއަރިންގ ކޮންޓެސްޓް” އަކަށް ބަދަލުވެފައިވާއިރު، ބުދަ ދުވަހުގެ ވަގުތުތައް ގުނަމުންދަނީ ދެން ވެދާނެ ގޮތަކާމެދު ދުނިޔެ ކުރަނުންދާ އިންތިޒާރާއެކުގައެވެ. ސުލްހަ ދެމެހެއްޓެން އޮތީ އެމެރިކާއިން އީރާނުގެ ކަނޑު އުޅަނދުތަކަށް ހުރަސްއެޅުން ހުއްޓާލައި، ބްލޮކޭޑް ނައްތާލައިގެންކަމަށްވާއިރު، އެމެރިކާގެ ބިރުދެއްކުންތަކަށް އީރާނުން ތިބީ ކުޑަކަކޫ ޖަހާގޮތަކަށްނޫނެވެ. ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނ...
ނާޒިމާ އަލީ
މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 21,836.50 ދިވެހި ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ހާމަކޮށްފިއެވެ. މިއީ މީގެ ކުރިން ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތް 19,527.90 ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ވެސް ޒަކާތުގެ ނިސާބަށް ދަނީ ދަތިތަކެއް ނެތި ބަދަލ...
ޔުމްނާ ޢަލީ
ބުދަ ދުވަހުގެ މުހުލަތު ހަމަވުމަށްފަހުވެސް، މިހާރު އޮތް 14 ދުވަހުގެ ސުލްހައިގެ އެއްބަސްވުން އިތުރުކުރުމަށް ވިސްނުމަށާއި، މަޝްވަރާއާއި ޑިޕްލޮމަސީއަށް ފުރުސަތެއް ދިނުމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު އަންގާރަ ދުވަހު އެމެރިކާއާއި އީރާނަށް ގޮވާލައްވައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދާރު މިހެން ވިދާޅުވީ އިސްލާމްއާބާދުގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި އެފެއާޒް ނަޓާލީ ބޭކަރާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސަރަހައްދީ އެންމެ...
ނާޒިމާ އަލީ
ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު، 21 އޭޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 15:42 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ލ. ހިތަދޫ، އަމާން، އަޙްމަދު ހަމްޒާން (21އ) އެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް އެޓެންޑްވެ، އެ […]
ޔުމްނާ ޢަލީ
މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއެއް، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 20 ވާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ސޯ...
ޔުމްނާ ޢަލީ
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި މީހަކު 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލަކު، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ވަނީ 18 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި […]
ޔުމްނާ ޢަލީ
މާލޭގައި ޚިޔާލުފާޅުކުރުމަށް ފަސް ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށާއި، އެ ތަންތަނުގައި 24 ގަޑިއިރު އެ ފުރުޞަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސް ވެރިޔާގެ ސުވާލު: ”އިދިކޮޅު އެކި ފަރާތްތަކުން ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ، މާލެ ތެރޭގައި ހަމަޖެހުން ނަގާލައި، ބޭއަދަބީ އެތައް މަންޒަރާއި، އަޑުތައް ބް...
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ލަތީފް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކުރުމަށާއި، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގައި ރައީސްގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިއްޕަވަމުންދާ ކަމ...
އަލީ އާދިލް
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް މަތިކޮށްފިއެވެ. މީގެކުރިން ބީއެމްއެލުން ލޯނު ދޫކުރަމުން އައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދައްކާ ނިންމާގޮތަށެވެ. ނަމަވެސް މި ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު ދިގުވެ، މެދުއުމުރުގެ ފަރާތްތަކަށްވެސް ގެދޮރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ލޯނު ނެގުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް […]
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ ސުޕަ އެޕްގައި ހިމެނޭ ޑިޖިޓަލް ކޮންޓެންޓް މާކެޓްޕްލޭސް، “އުރީދޫ ހޮޅުއަށި” މެދުވެރިކޮށް ކަސްޓަމަރުންނަށް މުނިފޫހިފިލުވުމާއި، ތައުލީމީ އަދި ގޭމިންގެ ގިނަ ހިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިއީ ކަސްޓަމަރުންނަށް އެއް ތަނަކުން އެކި ބާވަތުގެ ޑިޖިޓަލް އުފެއްދުންތައް ބަލައި، ގަތުމަށް ފަރުމާކޮށްފައިވާ ހާއްސަ ޕްލެޓްފޯމެކެވެ. ފަސޭހަ އިންޓަފޭސަކާއެކު ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ތަފާތު ކޮންޓެންޓްތަކަށް އެކްސެސް ވެވޭނެ...
އިބްރާހިމް އަސްވާޤް
ރަށުގެ އެންމެ އުފާވެރި އާއިލާގެ ލަގަބު ދެވިފައިވަނީ އާގިސާ އާއި ޖާބިރަށެވެ. ޖާބިރަކީ ރަށުގެ އެންމެންގެ އިހުތިރާމް ލިބިފައިވާ، ހިތްހެޔޮ މީހެކެވެ. އޭނާ އާގިސާއަށްޓަކައި ވާ ގުރުބާނީއާއި، ދެމީހުން އެކުގައި ހަވީރު ފިނިބުރު ޖަހަން ނިކުމެ އުޅޭއިރު ފެންނަ ލޯބި މަންޒަރުތަކަކީ އެހެން މީހުންނަށް މިސާލެކެވެ. ޖާބިރު އާގިސާގެ އަތުގައި ބާރަށް ހިފާލައިގެން ހިނގާއިރު، އާގިސާގެ މޫނުމަތިން ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. އެއްވެސް މީހަކަށް އެ ގޭގެ ހަތަރު ފާރުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އަނދިރިކަމެއް...
އަލީ ރިޔާޟް
ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ކުރިއަށްގެންދާ “ބްލޮކޭޑް” ނުވަތަ ކަނޑުގެ މަގު ބަންދުކުރުމުގެ ވަރުގަދަ އޮޕަރޭޝަން ފޫއަޅުވާލައި، އީރާނާ ގުޅުންހުރި ތެލާއި ގޭސް އުފުލާ 25 އަށްވުރެ ގިނަ އުޅަނދު ކާމިޔާބުކަމާއެކު އެ ސަރަހައްދު ހުރަސްކޮށްފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އާއި ‘ލޯއިޑްސް ލިސްޓް’ ގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، އޭޕްރިލް 13 އިން ފެށިގެން އެމެރިކާގެ ވައިޓް ހައުސްއިން ދައްކަމުން އައި “ފުރިހަމަ ބްލޮކޭޑް” އެއް އޮތް ކަމުގެ ވާހަކަތަކުގެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި އާދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށީ ޑެންގީ ޓާސްކް ފޯސްގެ ފަރާތުން ރަށުގެ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސާފުކުރުމުގެ ހަރަކާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި އިތުރު 33 މުއައްސަސާއަކުން ޖުމްލަ 850 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނި...
ޔުމްނާ ޢަލީ
ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ މެޗުތައް މިއަދު ފަށާނެއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށީ ސިޓީއެވެ. މި ރީޖަންގެ މެޗުތައް ކުޅޭނީ ހއ.ގެ ވެރިރަށް ދިއްދޫގައެވެ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ދެ ޗެމްޕިއަންގެ ކުރިމަތިލުން […]
ޔުމްނާ ޢަލީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ ކޮންފަރެންސް، “އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026” އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ “މެކްރޯ އިކޮނޮމިކް އެންޑް ފައިނޭންޝަލް ސްޓެބިލިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަމިޑް ސްޓްރަކްޗަރަލް އެންޑް ގްލޯބަލް ޓްރާންސިޝަންސް” މި ތީމްގެ ދަށުންނެވެ. އެމްއެމްއޭ ރިސާޗް ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އ...
އިބްރާހިމް އަސްވާޤް
އީރާނުން ބޭނުންވަނީ ހަނގުރާ ވަގުތީގޮތުން މެދުކަނޑާލުމެއްގެ ބަދަލުގައި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނެ ފަދަ ދާއިމީ ހައްލެއް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަދަނީ ހުސް ދޮގުކަމަށްބުނެ އީރާނުގެ ފޮރިން މިނިސްޓްރީއާއި އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުން އެދުނު ކަމަށް ބުނެ ޓްރަމްޕް ހައްދަނީ ބޮޑު ދޮގެއް ކަމަށާއި، ހަގީގަތުގައި ހަނގުރާމަ ހުއްޓާލަން ބޭނުންވެގެން އުޅެނ...
ނާޒިމާ އަލީ
ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ ދިވެހި ސިފައިންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވަނީ ސިފައިންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ހުރިހާ ސިފައިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ރައީސް ވި...
ޔުމްނާ ޢަލީ
އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށްފައިވާ ގާތްގަނޑަކަށް 60 މީހުންނާއި އެމީހުންގެ އާއިލާތަކުން އިއްޔެ އެ ގައުމުގެ ވޮޝިންޓަން ޑީސީގައި ހުންނަ ކެނަން ހައުސް އޮފީސް ބިލްޑިންގްގައި ވަރުގަދަ އިހުތިޖާޖެއް ބާއްވައިފިއެވެ. 20 އޭޕްރީލް 2026 ގައި ހިނގި މި ހާދިސާގައި މުޒާހަރާގެ ބައިވެރިން ވަނީ އެ އިމާރާތުގެ ރޮޓުންޑާ ހިސާރުކޮށް، އެމެރިކާ، އިސްރާއީލުން އީރާނާއި ދެކޮޅަށް މިހާރު ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަސްކަރީ ހެދުމުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ ހަނގުރާމައ...
ނާޒިމާ އަލީ