ހއ. ބާރަށު ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލަރުން މަގާމުގެ ހުވާކޮށް މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ގާއިމުކުރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ބާރަށު ކައުންސިލްގެ އިންތިޚާބީ ރައީސް ޢަލީ ޝަމީމާއެކު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވ...
ޝިއުނާ އާދަމް
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެމްޑީޕީން ބުނި ގޮތުގައި ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެމްޑީޕީގެ […]
އަލީ އާދިލް
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ކުރެވޭ މަޝްވަރާތައް އަންނަ ހުކުރު ދުވަހު އަލުން ފެށިދާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ނަމަވެސް، އީރާނުން ބުނަމުންދަނީ އެމެރިކާއާއެކު މަޝްވަރާކުރުމުގެ އެއްވެސް ޕްލޭނެއް މިވަގުތު ނެތް ކަމަށެވެ. ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބުމަކީ ކުރިއަށް އޮތް 36 ގަޑިއިރާއި 72 ގަޑިއިރުގެ ތެރޭގައި އެކަށީގެންވާ ކަމެއް ކަމަށް ބުނެފައ...
ނާޒިމާ އަލީ
ރާއްޖޭގެ ފުޓްބޯލައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު ދިއްދޫ ކާމިޔާބުކޮށްފިއެވެ. ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ފުރަތަމަ މެޗު އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހއ. އަތޮޅުގެ ޗެމްޕިއަން ދިއްދޫ ކާމިޔާބުކުރީ އެޓޯލް ޗެމްޕިއަންޝިޕް 2025/26ގެ ހދ.އަތޮޅު ޗެމްޕިއަން ކުޅުދުއްފުށީ ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި […]
ޔުމްނާ ޢަލީ
ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލުސް ގަވަރުނަރޭޓްގެ ބައިތު އިބާ އަވަށުގައި އިސްރާއީލުގެ އިސްތިއުމާރީން އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ފަލަސްތީނު މީހެއްގެ ގެޔަކާއި ދެ އުޅަނދެއްގައި އަލިފާން ރޯކޮށްލައިފިއެވެ. މި ހަމަލާގެ އިތުރުން، ކައިރި އެހެން އަވަށެއްގައި ހުރި 150 އަށްވުރެ ގިނަ ޒައިތޫނި ގަސްވެސް އެމީހުން ވަނީ ކަނޑާލާފައެވެ. އެ ސަރަހައްދުގެ ރަށްވެހިން ބައިނަލްއަގްވާމީ ބައެއް ނޫސް އެޖެންސީތަކަށް މައުލޫމާތު ދިން ގޮތުގައި، އިސްރާއީލުގެ އިސްތިއުމާރީންގެ ގްރޫޕެއް އައީ ބައިތު އަމްރިން އަވަށުގެ ބ...
ނާޒިމާ އަލީ
ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ށ. ކޮމަންޑޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރި...
ޔުމްނާ ޢަލީ
ޙައްޖު ކިއު ދިގުވެފައި އޮތް މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، މި މައްސަލައަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޙައްޖުގެ ކިއު ދިގުދެމިގެންދިއުމުގެ ސަބަބުން ދިމާވެފައިވާ ބައިނަލްއަޤުވާމީ މައްސަލައެއްކަމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޙައްޖު ކިއު...
ޔުމްނާ ޢަލީ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން “މޯލްޑިވްސް ޕޯސްޓް – ސަރވިސް ސެންޓަރ” އަށް ބަދަލުކުރެވިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބަދަލަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ޕޯސްޓް ބިލްޑިންގ ކުރިމަތީ އޮންނަ ބޮޑުތަކުރުފާނުގެ މަގު ބަންދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. މިހާރު ޕޯސްޓުގެ ޚިދުމަތްތައް ދެމުން ގެންދާނީ މ. އައިރިސް، އޯކިޑް މަގު، ގްރައުންޑް ފްލޯގައެވެ....
އިބްރާހިމް އަސްވާޤް
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުދަ ދުވަހު ހޮރްމުޒް ކަނޑުއޮޅިން އިޒްރޭލާ ގުޅުން އޮތް ދެ އުޅަނދެއް ހިފަހައްޓައިފިއެވެ. އައި.އާރް.ޖީ.ސީ ނޭވީން ބުނި ގޮތުގައި މި އުޅަނދުތައް ހިފެހެއްޓީ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އީރާނުން ހިފަހައްޓާފައިވަނީ ‘އެމް.އެސް.ސީ ފްރެންޗެސްކާ’ އާއި ‘އެޕަމިނޯޑްސް’ ނަމަކަށް ކިޔާ ދެ އުޅަނދެވެ. މި އުޅަނދުތަކުގެ މައްޗަށް ތަކުރާރުކޮށް ގަވާއިދާ ހިލާފުވުމާއި، ހުއްދަނެތި ދަތުރުކުރުމުގެ އިތުރުން، ނެވިގޭޝަން ސިސްޓަމް...
ނާޒިމާ އަލީ
ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ހާއްސަ އެޑްވައިޒަރަކަށް އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖައްސައިފިއެވެ. މައުރޫފް އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ ކުޅިވަރު ލާމަރުކަޒީ ކުރުމާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދެއްވާ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. މާއްޓޭއަކީ 1980 ގެ ފަހުކ...
ޔުމްނާ ޢަލީ
ރާއްޖޭގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިވިލިމާލެއިން 2022 ގައި ބޯޓަކުން ފުރިފަހުން ބަންގްލަދޭޝްގެ ލިޓަން ވަނީ ގެއްލިފަ އެވެ. އެ މައްސަލާގައި އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރަނީ އޭނާ މޫދަށް ވައްޓާލައިގެން މަރާލި ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު ނިޒާމް 25 އަހަރަށް ޖަލަށްލާން […]
ހުސައިން ހަބީބް
ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...
ޔުމްނާ ޢަލީ
އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކަށް އަނިޔާވެފައިވަނީ ފުލުހުންގެ ސަބަބުންކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދޮގުކޮށްފިއެވެ. ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަ...
އަލީ އާދިލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ. އެމްޕީއެލްގެ އައު ވެރިއަކަށް ހަމަޖެއްސި ޝަފީޤަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކު...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ޕާލަމަންޓުން “ޓޮބެކޯ އެންޑް ވޭޕްސް ބިލް” ފާސްކުރުމާ ގުޅިގެން، 2008 ވަނަ އަހަރުގެ ފަހުން އުފަންވި އެއްވެސް މީހަކަށް އެ ގައުމުގައި އުމުރަށް ސިނގިރޭޓު ގަތުން މަނާވާނެ ގޮތް ހަމަޖެހިއްޖެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އެ ގައުމުން ފެށި ވަރުގަދަ މަސައްކަތެކެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ، ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސް އިން ވަނީ މި ތާރީޚީ ގާނޫނުގެ ފަހު ދެލިކޮޕީއަށް އެއްބަސްވެފައެވެ. […]
ނާޒިމާ އަލީ
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައަށްފަހު، އިސްރާއީލަށް ދަތުރުތައް އަލުން ފެށި ބައިނަލްއަގުވާމީ ފުރަތަމަ އެއާލައިންތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ދެ އެއާލައިނެއް ހިމެނިއްޖެއެވެ. ހުޅަނގުގެ މީޑިއާއިން މިކަން ސިފަކޮށްފައި ވަނީ ”މިއީ ތާރީޚީ އަބްރަހަމް އެކޯޑްސްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާއި ބަދަހިވަމުންދާ ގުޅުން ހާމަކޮށްދޭ މުހިންމު ނިންމުއްގެ” ގޮތުގައެވެ. އަބޫދާބީގެ ފްލެގް ކެރިއަރ ކަމަށްވާ އި...
ނާޒިމާ އަލީ
ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ. ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަ...
ޔުމްނާ ޢަލީ
އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު، އެ ގައުމުން ސުލްހައިގެ އެއްބަސްވުމަކަށް އަންނަންދެން ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކޮށްފިއެވެ. މި ނިންމެވުން އިއުލާން ކޮށްފައި ވަނީ ކުރިން އެއްބަސްވެފައިވާ 14 ދުވަހުގެ މުއްދަތު ހަމަވާން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް، 21 އޭޕްރީލް 2026 ގެ ފަހުގެ ވަގުތެއްގައި ‘ޓްރޫތް ސޯޝަލް’ މެދުވެރިކޮށެވެ. ޓްރަމްޕް ބުނެފައިވާ ގޮތުގައި މި މުއްދަތު އިތުރުކުރީ ވަކި ޝަރުތެއްގެ މަތިންނެވެ. އެއީ ސުލްހަ […]
ނާޒިމާ އަލީ