ނ. މަނަދޫގައި ގެންގުޅޭ ބަކަރިތަކަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް އިންސްޕެކްޓުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންގޮސްފިއެވެ. އެ މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަނަދޫގައި ގެންގުޅޭ ބަކަރިތައް ސަވެއިލެންސްކޮށް އެއްވެސް އޭތިންގެ އަނގަޔަށް އަދި ފަޔަށް އެއްވެސް ބައްޔެއް ޖެހިފައިވޭތޯ ބެލުމަށް ލޭގެ ސާމްޕަލް ނަގާފައިވާނެ ކަމަށެވެ. Goat disease surveillance was conducted in N. Manadhoo. Goat farms were inspecte...
އަފްރާހް އަބްދުލް ރަޝީދު
ޕެންޝަން ފަންޑަށް ފުރަތަމަ ފަހަރަށް 100 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ. މިދިޔަ ޖުލައި މަހު ރިޓަޔާމަންޓް ޕެންޝަން ސްކީމަށް 100،022،119.13 ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދު ހިއްސާ ކުރަނީ އަމިއްލަ އޮފީސްތަކުން ޖަމާކުރި 58،886،018.50 މިލިއަން ރުފިޔާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޖަމާކޮށްފައިވާ 41،136،100.63 ރުފިޔާ އެވެ. މި އަހަރުގެ ޖޫން މަހު ވެސް ޕެންޝަން ސްކީމަށް 98 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ޕެންޝަން އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. ޕެންޝަން ފަންޑުގައ...
އިބްރާހިމް އަސްވާޤް
ޠާލިބާންއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންގެ ފަސް ހާސް މީހުން އަފްޣާނިސްތާނުން ފައިބާނެކަމަށް އެމެރިކާއިން ބުނަފިއެވެ. އެމެރިކާއިން މިހެން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ޠާލިބާންއާ އެމެރިކާއާ ދެމެދު އެއްބަސްވެވިފައިވާ ބައެއް ކަންތައް އެމެރިކާއިން ހާމަކުރަމުންނެވެ. މި ތަފްސީލުތައް ހާމަކޮށްފައި ވަނީ އެމެރިކާއާ ޠާލިބާނުންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަންކަމުގެ ތަފްސީލު އަފްޣާނިސްތާނުގެ ރައީސު އަޝްރަފް ޣަނީއަށް ދިނުމަށް ފަހު ނޫސަވެރިންނަށް މަޢުލޫމާތު ދެ...
ޝިއުނާ އާދަމް
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޮންޑު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީއެފްސީން ބުނީ އެ ކުންފުނީގެ 80 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ނިންމާފައިވާ ކަމަށާއި ވިއްކުން ހުއްޓާލާނީ ނޮވެމްބަރު 12 ވަނަ ދުވަހު ކަމަށެވެ. އެ ކުންފުނިން ޕްރޮސްޕެކްޓާސް ހުޅުވާލާފައިވާ އިރު، ބޮންޑެއް ވިއްކާނީ 1000 ރުފިޔާއަށް ކަމަށާއި މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށް ކަމަށްވެސް އެޗްޑީއެފްސީން […]
އިބްރާހިމް އަސްވާޤް
ދަރިފުޅު ހޭލިއިރު އޭނާއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާ އެކު ގަޔާއިކައިރިކޮށް ބައްދާލުމަކުން ހެއްޔެވެ؟ ދުވަސް ފެށުމަށް ދަރިފުޅަށް ދެވޭނެ އެންމެބޮޑު ހަދިޔާއަކީ އުފާވެރި ހިނިތުންވުމަކާއި ހިތުގެ ގާތްކަމެވެ. އެއީ ފައިސާ ދީފައި ގަންނަންޖެހޭ އެއްޗެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ލޯބިން ފުރިފައިވާ ހިތެކެވެ. ހިތްހެޔޮކަމާއި ލޯބީގެ ސާލެއްގެ ތެރެއަށް ހޭލެވުމަކީ ދުވަހުގެ ގޮންޖެހުންތަކާއި ކުރިމަތިލާ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދުމަށް ކުއްޖަކަށް ދެވޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ކިތަންމެ ކުޑަ ވަގުތ...
މުޙައްމަދު ޝިހާބް
ކުޅުދުއްފުށީ އެއަރޕޯޓްގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން އިޢުލާންކޮށްފިއެވެ. ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި އެއްގޮތަށް ރެސްޓޯރެންޓެއް ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދޭކަމަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް (ރަސްމީ މ...
އިބްރާހިމް އަސްވާޤް
ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްނުދެވޭއިރު، އެތަންތަން ހަލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާޠިފު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ގޮވާލައްވައިފިއެވެ. އާތިފްގެ ފޭސްބުކު އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ކަންތައް ނުކުރުމަށް ސީއެސްސީ އަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވާކަމުގައެވެ. ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުނުކޮށްދެވޭއިރު އެތަންތަން ހަލާކު ކުރައްވަން މަސައް...
Thiladhun
އެންމެ މަތީ ފަންތީގެ އިއްޒަތްތެރިންނަށް އަރުވާ ވީވީއައިޕީ މޮޓޯކޭޑުގައި ހިމެނޭ ސަލާމަތީ އުޅަނދެއް ދުއްވުމުގެ މަސައްކަތާ ހަވާލުވި ފުރަތަމަ އަންހެން ފުލުހެއްގެ ޝަރަފު، ހދ. ކުޅުދުއްފުއްޓަށް އުފަން ފުލުހަކަށް ލިބިއްޖެއެވެ. ހދ. ކުޅުދުއްފުށީ، ޗަމަން، ލާންސްކޯޕްރަލް އެލީނާ މޫސާ އަށް މި ޝަރަފު ލިބިގެން ގޮސްފައިވާއިރު، މި މޮޓޯކޭޑަކީ މިއަދު ސަލާމަތީ ބާރުތަކުން ފޯރުކޮށްދިން މޮޓޯކޭޑެކެވެ. މި މޮޓޯކޭޑުގައި އެލީނާ ހިމެނިގެން ގޮސްފައިވަނީ އެސްކޯޓުގެ އެންމެ ކުރިން ދުއްވާ ފުލުހުންގެ ސައިކަލު ދުއްވާ ފަރާތެއްގެ ގޮތު...
Thiladhun
“ކުއަންޓަމް” ފިހާރައިން ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެޓެރަންސް ފުޓްސަލް ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިތުރު ބޮޑު ބަދަލަކާއެކުކަމަށް ކުއަންޓަމް އިން ހާމަކޮށްފައިވެއެވެ. އެގޮތުން މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދެ ކެޓަގަރީއަކީ 40 އަހަރު ދަށް އަދި 40 އަހަރުން މަތީގެ ކެޓަގަރީއެވެ. ކުއަނ...
Thiladhun
މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ވިޔަވަތި އިނާމަށް” ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ އަދި ޚިދުމަތްތެރި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ށ. އަތޮޅުން ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި އިނާމަކީ އެއަތޮޅުގެ ސްކޫލު މަދަރުސާތަކ...
Thiladhun
މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ހަނިމާދުއާ ދެމެދު ދަތުރުތައް ފެށުން އަންނަ މަހަށް ލަސްކޮށްފިއެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވީ ހަނިމާދު އާއި ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާގެ މާކެޓް މި އަންނަނީ ބޮޑުވަމުން. ކޮޗިންއަށް ދަތުރު ފެށީމާ އަޅުގަނޑުމެންގެ ބޭނުމަކީ އުތުރުގައި މިހިރަ ޓޫރިޒަމް ބެޑްތަކަށް ސީދާ އިންޑިއާއިން [...
އަފްރާހް އަބްދުލް ރަޝީދު
ސަރުކާރު ވަޒީފާ އެންމެނަށް ހަމަ ނުޖެއްސޭނެކަން އެމްޑީޕީ މެމްބަރުން ގަބޫލުކުރާ ކަމަށާއި ގަބޫލު ކުރަން ބޭނުން ނުވަނީ އެ ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މީހުންނަށް ސިޔާސީ މަގާމުތައް ބެހުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އެމްޑީޕީ ޔޫތު ކޮންފަރެންސްގައި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަހަކަ އަށް އިޝާރާތްކޮށެވެ. ނަޝީދު ބުނެފައި ވަނީ […]
އަފްރާހް އަބްދުލް ރަޝީދު
ހދ. ކުޅުދުއްފުށިގައި އެއާޕޯޓު އެޅުމަކީ “މޮޔަ” ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންނެވީ ރަނގަޅަށް ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަކީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލަތީފު ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހުގެ އޮތް ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ނަޝީދު ވިދާޅުވީ ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށާއި […]
އަފްރާހް އަބްދުލް ރަޝީދު
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަކީ އަބަދުވެސް މުޖްތަމައަށް އެކި ގޮތްގޮތުން އެހީ ވަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އެ ކުންފުނިން ކުރާ މަސައްކަތް ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” އެހީގައި ވަނީ ހދ. ނެއްލައިދޫގައި ޕާކެއް ހުޅުވާފައެވެ. މިއީ...
އަފްރާހް އަބްދުލް ރަޝީދު
33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ހއ. އަދި ހދ. އަތޮޅުން 124 ދަރިވަރުން ބައިވެރިވެއްޖެއެވެ. ކީރިތި ޤުރުއާނަށް ކުދިންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ މަގުސަދުގައި ގުރުއާނާބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ޖުމްލަ 1273 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ފެށުމުގެ ރަސްމިޔާތުގައި ވާހާކަ ދައްކަވަމުން ރައިސުލް ޖުމުހުރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައ...
އަފްރާހް އަބްދުލް ރަޝީދު
ޗައިލްޑް އެބިއުސް ގެ ވާހަކައަކީ މީހުންގެ ހޭލުންތެރިކަން ލިބިފައިވާ ވާހަކައެކެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަދި ޖިންސީ ފުރައްސާރައާއި އަނިޔާއަކީ ގިނަމީހުންނަށް އެނގި އޮޅުންފިލާފައިވާ ކަންތައްކަމުގައި ބެލެވިދާނެއެވެ. މިކަމާ ބެހޭގޮތުން ކުޑަކުދިންނާ އެތައް ފަހަރެއްގެ މަތީން ވާހަކަދައްކާ އެކުދިންގެ ވާހަކަ އަޑުއަހައިފީމެވެ. މިގޮތުން ވާހަކަ ދެކެވުނު ތަނެއްގައި ވަރަށް އާދަޔާ ޚިލާފު ކަމެއް އެއްފަހަރަކު ފާހަގަ ކުރެވުނެވެ. އާންމުކޮށް ގިނަފަހަރު ކުދިން އެންމެ ފާހަަގަ ކުރަނީ ޖިންސީގޯނާއާއި ބުލީކުރުމ...
މުޙައްމަދު ޝިހާބް
ރ. މާމުނަގައުގައި ހެދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ. ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެ ކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ. އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެ...
އިބްރާހިމް އަސްވާޤް
އައިމިނަތު އަސްރާ އަކީ ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. މިޒުވާނާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޭނާ ދިރިއުޅެމުން އެ ގެންދަނީ އިންޑިޔާގެ ބެންގަލޫރުގައެވެ. އަސްރާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ އަކާއި އެކުގައެވެ. އަސްރާގެ ފިރިމީހާ އެއްއަހަރު އިންޑިޔާގައި ހުރުމަށްފަހު މިވަގުތު ހުރީ މާލޭގައެވެ. އަސްރާއަށް އެހީވުމަށް އިންޑިޔާގައި މިވަގުތު ހުރީ އަސްރާގެ ބައްޕަ އެވެ. އަސްރާ އިންޑިޔާގައި އެހާދުވަހު […]
Thiladhun