ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްނުދެވޭއިރު، އެތަންތަން ހަލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާޠިފު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ގޮވާލައްވައިފިއެވެ.
އާތިފްގެ ފޭސްބުކު އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ކަންތައް ނުކުރުމަށް ސީއެސްސީ އަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވާކަމުގައެވެ.
ކައުންސިލް އިދާރާތަކުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުނުކޮށްދެވޭއިރު އެތަންތަން ހަލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވަން!
އާތިފް ވިދާޅުވިއެވެ.
އާތިފް މިހެން ވިދާޅުވެފައި މިވަނީ ހދ. އަތޮޅު ކައުންސިލް އިދާރާއަށް ޒިންމާދާރު އިސްވެރިއެއް ނުވަތަ ޑިރެކްޓަރ ޖެނެރަލް އެއް ހަމަޖައްސަވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެފަރާތާމެދު ސޯޝަލް މީޑިޔާގައި ދަނީ ހިތްހަމަނުޖެހުންވެސް ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.
ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްކަމަށް ހަމަޖައްސަވާފައިވަނީ އަބްދުﷲ އައްސަދު އެވެ. ހުސްވި މަހުގެ 29 ވަނަ ދުވަހު ސީއެސްސީން އޭނާ އެމަޤާމަށް ހަމަޖައްސަވާފައިވާއިރު، މަޤާމަށް އިޢުލާން ކުރުމާ، އިންޓަވިއު ކުރުން އަދި އެމަޤާމަށް މީހުން ހޮވުމުގެ އެންމެހާ ކަންތައްތައް ކުރަނީ ކޮމިޝަނުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!