ރައްޔިތުންގެ މަޖިލީހުގެ މިއަދުދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ އަދާލަތު ޕާޓީން މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ ދާއިރާގެ ތަރައްޤީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ. މިއަދުގެ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގެ ގޮނޑި ވަދެފަ އާޔަތެއް ކިޔާފަ، ނިންމާފަ އާޔަތެއް ކިޔާފަދާ ޕާޓީގެ މެމްބަރަކަށް ލިބިގެނެއް ދާއިރާ ކުރިއެއް ނާރާނެކަމަށެވެ. ރާއީ ދެން ވިދާޅުވީ އަޅުގަނޑު ހަރުއަޑުން ކުއްވެރިކުރަން އަދާލަ...
އަޙްމަދު މުޖުތަބާ
މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޮޒަންބީކްގެ އާންމު އިންތިޚާބު ވިލަރެސްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަފުދެއް ފޮނުވައިފިއެވެ. އެމްބެސެޑަރ އަހުމަދު ސަރީރު އިސްކޮށް ހުންނެވި މި ވަފުދުންވަނީ އިންތިޚާބުގެ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށްޓަކައި ނޭޝަނަލް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަބްދުލް ކަރީމޯ ނޯރދީން ސައި އާއި ބައްދަލުކޮށްފައެވެ. މިވަފުދުން ވަނީ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް އަލް އުޘައިމީންގެ ސަލާމް ރައްދުކުރައްވައި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގ...
އިބްރާހިމް އަސްވާޤް
އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގަ...
ޔުމްނާ ޢަލީ
މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ޔޫނިއަނެއް އުފައްދައިފިއެވެ. މާލޭ ޓެނަންޓްސް ޔޫނިއަން ނުވަތަ އެމްޓީޔޫ އަކީ އެތަށް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެކެވެ. މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެމީހަކަށްވެސް މިޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެކަމިއްޔާއިން ބުނެއެވެ. މިޖަމިއްޔާގެ...
ޔުމްނާ ޢަލީ
ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ނިސްބަތުން ތަރައްޤީ ކުރެވިފައިވަނީ މަދު އަދަދެއްގެ ފަތުރުވެރިކަމުގެ ރިސޯޓެވެ. ހއ. އަތޮޅުގައި މަނަފަރާއި، ދޮނަކުޅީގައި ތަރައްޤީކުރެވިފައިވާ ދެ ރިސޯޓަކީ، ފަތުރުވެރިކަމުގައި މިހާރު ފާހަގަ ކޮށްލެވޭނެ ދެނަމެވެ. ނަމަވެސް، ހދ، އަތޮޅުގައި އޮޕަރޭޓު ކުރެވެމުންދާ ހޮނޑާފުށި އައިލެންޑް ރިސޯރޓް އަދި އޮތީ ޅަފަތުގައި، މަދު އެދުނދުތަކަކާއެކު، އޮޕަރޭޓް ކުރެވޭ ރިސޯޓެއްގެ ގޮތުގައެވެ. އުތުރުގެ ސަރަހައްދުގައި މަދު ރިސޯރޓްތަކެއް ހުރި ނަމަވެސް ކާމިޔާބު ކަމާއެކު ލޯކަލް ޓުއަރިޒަމްގެ ވިޔަފ...
ޙުސައިން ޝަހުދީ
ހދ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކަނޑު މަގުން ފަށަން އުޅޭ ފެރީ ދަތުރުގެ ޚިދުމަތާ މެދު ކަންބޮޑުވުންތައްކެއް ހުރި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވުމުން ދެއްވި ޖަވާބުގައެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރެއްވީ ކޮޗިން އަދި ކުޅުދުއްފުއްޓާ ދެމެދު ފެރީ ދަތުރު ފަށައިގެން، އޭގެއިން ދަތުރުކުރާ މީހުންގެ ރެކޯޑްސްތައް […]
ޔުމްނާ ޢަލީ
ހުސްވެފައިވާ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ރައީސް މުޙައްމަދު ނަޝީދު އަދި ނައިބް ރައީސް ކަމަށް މުޙައްމަދު ޝިފާޒު ކުރިމަތި ލައްވައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ ރޭގައި އެޕާޓީން ވަނީ މި ދެ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް އިޢުލާންކޮށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ފަހު ވަގުތަކީ 19 އޮކްޓޫބަރ […]
އަޙްމަދު މުޖުތަބާ
ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްއަށް އުޅޭއިރު އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތު...
ފާތިމަތު ސިނާޒާ
މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 17 އަށް ސާބިއާގެ ވެރިރަށް ބެލްގްރޭޑް ގައި ކުރިޔަށް ގެންދާ އައިޕީޔޫގެ 141ވަނަ މަހާސިންތާގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެއްޖެއެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ކުރީގެޑިފެންސް މިނިސްޓަރ މިހާރުގެ މަޑުވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އޭދަފުށީ ދާއިރާގެ މެމްބަރު ހިޝާން ހަސަން ގެ އިތުރުން ރައްޔިތުން މަޖިލީހު...
ފާތިމަތު ސިނާޒާ
މިއަންނަ ނޮވެމްބަރ މަހު ހއ މުރައިދޫ ގައި ނިޔާ އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް ހުޅުވަން ތައްޔާރު ވެއްޖެއެވެ. މުރައިދޫ އަށް އުފަން އަޙްމަދު ނިޔާޒު މޫސަ އުފައްދާ ނިޔާ އެކަޑަމީގެ މަގްސަދަކީ ހއ އަތޮޅުން އަޙްލާގު ރަނގަޅު، ހުނަރުވެރި ކުޅުންތެރިން ތަކެއް ތަކެއް އުފައްދާ ކުޅިވަރުގެ މައިދާނަށް ނެރުމެވެ. ނިޔާ އެކަޑަމީގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ހއ ގެ އެހެން ދެ ރަށެއްގައިވެސް ނިޔާ އެކަޑަމީގެ މަސައްކަތް ފެށުމެވެ. ނިޔާ އެކަޑަމީ ގައި ރަޖިސްޓާރ ކުރުމުގެ ފުރުސަތު […]
އަޙްމަދު މުޖުތަބާ
ޑަބުލިއު ސްޕޯޓްސް އެކަޑަމީ (ޑަބުލިއުއެސްއޭ) އިން އިންތިޒާމު ކޮށްގެން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން އިއުލާންކޮށްފިއެވެ. ނޮވެމްބަރ 13 ން 16 އަށް ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ސްޕޯޓްސް ފެސްޓިވަލްގައި ޖުމްލަ 5 ކުޅިވަރެއް ހިމެނޭއިރު އެ ކުޅި...
އަޙްމަދު މުޖުތަބާ
ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނީ “ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން” ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން އުފައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ އިއްޔެ ނިންމަވައިފިއެވެ. ދިވެހިރާއްޖެއަށް އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ދިވެހި ސަރުކާރުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ”ނެޝަނަލް ސިންގަލް ވިންޑޯ” ނިޒާމުގެ އ...
ފާތިމަތު ސިނާޒާ
ރ އަތޮޅު އުނގުލު ކިޔާ ފަޅު ރަށެއްގައި ވަރަށް އަނިޔާވެރިކޮށް އައްސާފައިވާ ވެލައެއް ސަލާމަތްކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ކުރަންފަށައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވެލާ އޮތީ އުއްޑުން ފުރޮޅާލައި ގަހަކާލައި އޭގެ ދެ ފިޔަފަތްގަނޑުގައި ވާޖަހައި އައްސާފައެވެ. ވާހަޖަހާ އައްސާފައި ހުރި ތަން އޭގެ ފިޔަފަތްގަނޑުގެ ބުޑުދަށުން ހުރީ ކަނޑާ ވަދެފައެވެ. ރ. އުނގުލު އޮންނަނީ އެ އަތޮޅު އިފުރު އަދި އުނގޫފާރާ ދެމެދުގައެވެ. މިނިސްޓ...
އަޙްމަދު މުޖުތަބާ
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް ހިންނަވަރު، ހިޔާވަހި މުޙައްމަދު މާހިރު ޢީސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ. މިބޭފުޅާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރ ހޯމްއެފެއާޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކ...
އިބްރާހިމް އަސްވާޤް
ހަދަމުންދާ އިމާރާތެއްގެ 5 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ ފަރީދީ މަގުގައި ހަދަމުންދާ އިމާރާތަކުންނެވެ. ފުލުހުން ވަނީ މިއަދު 9:52 އެހާއިރު ހަދަމުންދާ އިމާރާތަކުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށައަޅާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. ބިދޭސީ މީހާއަށް މިހާރު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން އިތުރަ...
އަޙްމަދު މުޖުތަބާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މާފަންނު ބަގީޗާ މުޙައްމަދު ޝިހާބު މިއަދު އައްޔަން ކުރައްވައިފި އެވެ. ޝިހާބުއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވު...
އިބްރާހިމް އަސްވާޤް
ތެލެސީމިއާ ސެންޓަރުން ނުވަތަ މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ފަރުވާކުރާ ކުދިންނަށް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އާސަންދައިން މިއަދު ނެރުނެފައިވާ ސަރކިއުލަރ ގައި ބުނެފައިވަނީ، ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭ އެހެނިހެން މަރުކަޒު ތަކެކޭ އެއްގޮތަށް، ނެޝަނަލް ތެލްސީމިއާ ސެންޓަރުގެ ނަމުގައި މޯލްޑިވިޔަން ބްލަޑް ސަރވިސަސްއިން ދޫކުރާ ބޭސް ސިޓީތަކަށް 14 އެކްޓޫންބަރު 2019 ވަނަ ދުވަހުން ފެށިގެން، އާސަންދަ ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ އެންމެހާ ފާމަސީތަކުން ޚިދުމަތް ލިބޭނެ ކަމަށެވެ. ސަ...
ޔުމްނާ ޢަލީ
އާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ އިންކަމް ޓެކްސް ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދެވެ. ސަރުކާރުން ހުށަހަޅާފައިވަނީ 40،000 އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނަގާށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަންނަ އަހަރު ފަށާއިރު އިންކަމް ޓެކްސް ނަގަން ފެށުމަށެވެ. އިންކަމް ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ހަމަ...
އަޙްމަދު މުޖުތަބާ