2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަށް އިޢުލާން ކޮށްފިއެވެ. މި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ގައުމީ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ. އާޓްސްގެ ދާއިރާއިން ޖުމްލަ 11 ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު އެޑިއުކޭޝަންގެ ދާއިރާއިން 16 ކޯހެއް ފަށާނެއެވެ. އިންޖިނީރިން، ސައިންސް އަދި ޓެކްނޮލަޖީގެ ދާއިރާއ...
އަޙްމަދު މުޖުތަބާ
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ހަމަޖެހިއްޖެއެވެ. މި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނ...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ މިދަނޑިވަޅުގައި އެސްޓީއޯ އިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ފިޔާ ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އެގޮތުން އެސްޓީއޯ ސުޕަމާޓުން ކޮންމެ މީހަކަށް ވިއްކަނީ އެއް ކިލޯގެ ފިޔަލެވެ. މިވަގުތު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 50 ރުފިޔާއަށެވެ. ނަމަވެސް ބައެއް ކުދި […]
އަޙްމަދު މުޖުތަބާ
ހދ.ނޮޅިވަރަމް ކައުންސިލުން “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ނެރުނު ރިޕޯޓް ކުށްވެރިކޮއްފިއެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) “ޕްރިލިމިނަރީ، އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓްގައި، މާތްވެގެންވާ އިސްލާމްދީނާއި މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަ ކޮށްފައިވާތީ، އެރަށުގެ ރައްޔިތުންނާއި ކައުންސިލުން އެޢަމަލު އެންމެ ހަރުކަށި ޢިބާ...
ފާތިމަތު ސިނާޒާ
މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު އާންމުކުރާ “ސައުތް އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓް” ގައި ކުރިން އަންދާޒާކޮށްފައި ވަރަށް ވެސް ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރި ނާރާނެ ކަމަށް ދައްކައިފި އެވެ. އެ ރިޕޯޓްގެ އެންމެ ފަހުގެ އަދަދު އިއްޔެ އާއްމުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މިދިޔަ އަހަރު ކުރިއަރާފައި ވަނީ 6.7 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، މި އަހަރު އިގްތިސާދީ […]
ފާތިމަތު ސިނާޒާ
މިހިނގާ އޮކްޓޯބަރު މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ، 16 އަހަރުން ދަށުގެ ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ. މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމެއް ބޭރުގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު، 19 ވަނަ […]
ޔުމްނާ ޢަލީ
އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ އިހަވަންދޫ ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީ ގޮތާއި މިފަދަ ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢު...
ފާތިމަތު ސިނާޒާ
ހަނިމާދޫ ސްކޫލްގައި ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ޕްލޭ ސްކޫލް ދަރިވަރުންނަށް ޕްލޭ އޭރިއާއަށް ހަދައިދޭނެ ބަޔަކު ހޯދަން ކުރި ޢިއުލާނުތަކަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތި އެދެމަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކޮށްފިއެވެ. ސެން ކްލާސް ރޫމު ހެދުމުގެ މަސައްކަތާއި، ގުޅޭގޮތުން ކޮށްފައިވާ ޢިއުލާނުގައިވަނީ އެމަސައްކަތުގެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 އޮކްޓޯބަރު 15 އިން 2019 އޮކްޓޯބަރު 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، ހަނިމާދޫ [...
ޔުމްނާ ޢަލީ
މިމަހުގެ 8 ވަނަ ދުވަހު ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ލޯންޗެއްގެ ބުރަފަފަތީގައި ޖެހި ފައި ބުރިވި އަބްދުﷲ ހަލީމް އިތުރު ފަރުވާއަށް ޢާންމުންގެ ދީލަތި އެހީއަށް އެދިއްޖެއެވެ. އޭނާގެ ބޭބެ އިބްރާހިމް ޝިހާބް މައުލޫމާތު ދެއްވި ގޮތުގައި ހަލީމްގެ ފައި އަލުން ގުޅުވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ޑޮކްޓަރުން ލަފާދީފައިވަނީ ފައި ބުރިކޮށްލުމަށްކަމަށެވެ. ނަމަވެސް 27 އަހަރުގެ ހަލީމްއަށް މަސްނޫއީ ފައެއް ޖަހައިގެން ހިނގައި އުޅެވޭނެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދެއްވާފައިވުމުން އާއިލާއިނ...
ޔުމްނާ ޢަލީ
ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު ސްޕީޑް ލޯންޗު ފެރީގެ ހިދުމަތް ވަރަށް އަވަހަށް ފެށުމަށް “އުފާ އެކްސްޕްރެސް” ތައްޔާރު ވެއްޖެއެވެ. އުފާ އެކްސްޕްރެސް ލޯންޗު ހއ އަތޮޅުން ދާނެ ރަށްތަކަކީ ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، އިހަވަންދޫ އަދި މާރަންދޫ އެވެ. ހދ އަތޮޅުން ދަތުރު ކުރާނެ ރަށް ތަކަކީ ނައިވާދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށެވެ. ށ އަތޮޅުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ އަށް އެކަންޏެވެ. […]
އަޙްމަދު މުޖުތަބާ
ހދ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބައެއް ޑޮކްޓަރުން އޮކްޓޫބަރ 13 ވަނަ ދުވަހުން ފެށިގެން މި އޮކްޓޫބަރ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހއ އަތޮޅުގެ ބައެއް ރަށްތަކުގެ ސިއްޚީ މަރުކަޒު ތަކުގައި ބަލިމީހުން ފަރުވާ ދެއްވުމުގެ ޕްރޮގްރާމެއް ފައްޓަވައިފިއެވެ. ހއ އަތޮޅު ހޮސްޕިޓަލްގައި ހަމުގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކާއި މެންޓަލް އިލްނަސް އަށް ފަރުވާ ދެއްވުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ކުރައްވާފައެވެ. އޮކްޓޫބަރ 15 ވަނަ ދުވަހު ހއ ހޯރަފުށީ […]
އަޙްމަދު މުޖުތަބާ
ހއ ދިއްދޫ އަދި ނ ވެލިދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު އިޢުލާން ކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 20 ވާ އާދިއްތަ ދުވަހު 12:00 ގައި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ.ބޯޅަގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައަޅަން ޖެހޭނީ 2019 އޮކްޓޫބަރ 27 ވާ […]
އަޙްމަދު މުޖުތަބާ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލުން އެ ޢަމަލު ކުއްވެރިކޮއްފިއެވެ.ް އެމް.ޑީ.އެން އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ވަރަށް ހުތުރު ގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ އެ ޖަމިއްޔާއިން...
ފާތިމަތު ސިނާޒާ
ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފަށައިފިއެވެ. މިޙިދުމަތް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އެކަމަނާ އިފްތިތާޙު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯ...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަ...
ޔުމްނާ ޢަލީ
ހދ ނޭކުރެންދޫ ކުޑަ ކުދިންގެ ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް މައޫޒު އިބްރާހިމް ވިދާޅުވީ މިއީ ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތެއް ކަމަށެވެ. މައޫޒު އިތުރަށް ވިދާޅުވީ ކައުންސިލްގެ ބޭނުމަކީ މި ޕާކުގެ ސަބުބުން ތުއްތު ކުދިން މައިންބަފައިންނާއެކު ގޮސް އުފާވެރި ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާ ކުޅެލާ ހެދުންކަމަށެވެ. މިފަދަ ޕ...
އަޙްމަދު މުޖުތަބާ
2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަންގެ ގުރޫޕް އީގައި ރޭ ވޭލްސް އަދި ކޮރޯޝިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެއްޖެއެވެ. ވޭލްސް 2020 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ އުއްމީދެއް ރޭ ގެނަސްދިނީ ފަހަތުން އަރައި ކޮރޯޝިއާ އާއި އެއްވަރުކޮށްގެނެވެ. މެޗު ފެށިގެން މެޗު ކޮންޓުރޯލް ކޮށްގެން ކުޅެން ފެށި ކޮރޯޝިއާއިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ކޮރޯސިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ […]
އަޙްމަދު މުޖުތަބާ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭމް.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް ރޭ ފެށިއްޖެއެވެ. ށ.އަތޮޅުގައި ދިރިއުޅެމުންދާ 25 އަހަރާއި، 50 އަހަރާ ދެމެދުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ މި ކޯހުގައި އަތޮޅުގެ ރަށްރަށުން 25 ފަރާތަކުން ބައިވެރިވެފައިވެއެވެ. ށ.އަތޮޅުގެ މީހުން އުޅޭ ކޮންމެ ރަށެއްގައި އެފް.އޭ.އެމް “ސީ” ލައިސަންސް އޮތް ކޯޗަކު ތަމްރީނުކުރުމާއި، ހުނަރުވެރި ކޯޗުންތަކެއް އުފެދި ފުޓްބޯޅަ...
ޔުމްނާ ޢަލީ