މަޢުލޫމާތު ދިންކަމަށް ބުނެ ހޮނޑާފުށީ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި
ހޮނޑާފުށިން މަޢުލޫމާތު ހިއްސާކުރިކަމަށް ބުނެ އިންޒާރު ލިބުނު މުވައްޒަފު ވަޒީފާއިން ކަނޑާލާ ފޮނުވާލައިފިއެވެ. ހދ.ހޮނޑާފުށީ ރިސޯޓްގެ ސާރވިސް ޗާޖާއި ބެހޭގޮތުން މައްސަލަ ޖެއްސި މުވައްޒަފު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެރަށުގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވާ ހަމައެކަނި ފަރާތްކަމުގައިވާ އަހުމަދު ޝިމްހާޒް ވަކިކޮށްފައިވަނީ އެއް މަސް ދުވަހުގެ މުސާރައަކާއި އެކުގައެވެ. އޭނާ ވަނީ ވަޒީފާއިން ވަކިކުރުމަށްފަހު ފުރުވާލުމަށްޓަކައި ހދ.ހަނިމާދޫއަށް ފޮނުވާލާފަ...