މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,328 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2068 ވަނަ ޞަފްޙާ

މާރަންދޫއިން އެއްގަމު އުޅަނދު ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފި

ހއ. މާރަންދޫއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ މާރަންދޫގައި އޮތް ރަސްމިއްޔާތެއްގައި މާރަންދޫގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މާރަންދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއުއެވެ. އެ ރަސްމިއްޔާތުގައި މެމްބަރު ޝިފާއުވަނީ އެޚިދުމަތް ފައްޓަވައި ދެއްވައިދެއްވާފައެވެ. މާރަންދޫ ކައުންސ...

އަލީ އާދިލް
އަންނަ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި

އަންނަ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފި

މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.

ޔުމްނާ ޢަލީ
ރިޔާސީ ބަޔާން އިއްވުން އަންނަމަހު ތިނެއްގައި

ރިޔާސީ ބަޔާން އިއްވުން އަންނަމަހު ތިނެއްގައި

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބާއްވަން ހަމަޖައްސައިފި އެވެ. ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ އަންނަ މަހު ތިންވަނަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް ނިންމެވިކަން މަޖިލީހުގެ އިރާދާއިން ވެސް ވަނީ ހާމަކުރައްވައިފައެވެ. އަދި އެޖަލްސާގައި ރިޔާސީ ބަޔާން އިއްވާނެކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާ...

އަލީ އާދިލް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 07:30 އެހައިކަންހާއިރު ހިންގި އޮ...

އިބްރާހިމް އަސްވާޤް
ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިއްޖެ

ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިއްޖެ

ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ. އެމްއެންޑީއެފް އިން ބުނީ “ޓީޓީއެސް ފާށަނާ” ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ ކަމަށެވެ. ތިން މީހުން ދަތުރުކުރި އެ ދޯނީގެ ކެޕްޓަންވަނީ ގެއްލިފައެވެ. ގެއްލިފައިވާ ދޯނި ކެޕްޓަނަކީ ދިވެއްސެކެވެ. ދެން ދޯނީގައި ތިބީ ބިދޭސީންނެވެ. މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 8:09 ގައެވެ. އެދޯންޏަކީ މުދާ އުފުލާ ދޯންޏެއްކަމަށް މައުލޫމާތު ލިބެއެވެ. ގެއްލުނު ދިވެހި […]

އަލީ އާދިލް

ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ

ކ. ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވި އޮސްޓްރޭލިއާގެ ޔޮޓް އަޑިއަށް ހިނގައްޖެއެވެ. އެ ޔޮޓް އަޑިއަށް ގޮސްފައިވަނީ އެ ޔޮޓްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 9.30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:42 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޔުމްނާ ޢަލީ

ކ. ކުޑަވިލިނގިލި ފަޅުތެރޭގައި އޮތް ޔޮޓެއްގައި ރޯވެއްޖެ

ކ. ކުޑަވިލިނގިލި ފަޅުގައި އަޅާފައިވާ ޔޮޓެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ އޮސްޓްރޭލިޔާގެ ޔޮޓެއްގައި ކަމަށެވެ. ޔޮޓު ގައި ރޯވި އިރު އޭގައި ތިން މީހުން ތިބިކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. K. Kuda Villingili falhu therey gai oiy Australia Yacht gai roavi alifaan control kurumah MNDF Fire and Rescue Service in kuramundhaa masakkaiythakuge therein. pic.twitter.com/4mybb9KhZR — Maldives National Defence Force (@MNDF_Official) January 6, […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ

ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލ...

Thiladhun
ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް

ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް

ރޭ ލަންކާއިން ހައްޔަރުކުރި ދިވެހިންގެ ޢަދަދު 12 އަށް އަރައިފިއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށައް 12 ދިވެހިން ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެމިނިސްޓްރީއިން އެގޮތަށް ހާމަކުރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށްފަހު އެވެ. މިމައްސަލާގައި އެ މިނިސްޓްރީން ފުރަތަމަ ހާމަކުރީ ލަންކާ ފުލުހުން ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. އަ...

އަލީ އާދިލް

ލަންކާއިން ހަ ދިވެހީން ހައްޔަރުކޮށްފި

އަވަށްޓެރި ސްރީލަންކާއިން ހަ ދިވެހިން ހައްޔަރު ކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެމްބަސީގެ ކޮންސިއުލަރ ސްޓާފުން ދަނީ އެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. https...

ޔުމްނާ ޢަލީ

ރަށު ކައުންސިލް ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ކައުންސިލް މެމްބަރެއްގެ ގޮތުގައި ވާދަނުކުރެވޭނެ: އީސީ

ރަށު ކައުންސިލް ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށް އާންމު ކައުންސިލް މެމްބަރެއްގެ ގޮތުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިސަނުން އެގޮތަށް ބުނީ މިރޭ އެކޮމިޝަނުން ކުރި ޓުވީޓެއްގައެވެ. އިލެކްޝަނުން މިކަން ހާމަކޮށްދީފައި މިވަނީ އެކަމާމެދު އާންމުން ހޭލުންތެެރިކުރުމަށާއި، އަދި ޤާނޫނީ ގޮތުން އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން އޮޅުން ފިލުވައި ދިނުމަށް ކަމަށް ބެލެވެއެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ...

ޔުމްނާ ޢަލީ
"އެމްޑީޕީ ތިލަދުންމަތި ދަތުރު 2020" ޖެނުއަރީ 12 ގައި

"އެމްޑީޕީ ތިލަދުންމަތި ދަތުރު 2020" ޖެނުއަރީ 12 ގައި

“އެމްޑީޕީ ތިލަދުންމަތި ދަތުރު 2020” ޖެނުއަރީ 12 ގައި ބާއްވަން ނިންމައިފިއެވެ. އެޕާޓީއިން މިއަދު ބުނީ މިހިންގާ ޖެނުއަރީ މަހު 12 ވަނަ ދުވަހު އެޕާޓީގެ ދަތުރެއް ތިލަދުންމައްޗަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުންކަމަށާއި މީގެ އިތުރުން މިދަތުރުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށިގައި ބޭއްވުމަށް ހަމަޖެ...

އަލީ އާދިލް

"ކަންނެލި ބުރެއް ނިންމާލާފައި ކިރަންދާއިރު ހަމަ އަގު ލިބެން ނެތުމަކީ ލިބޭ މާޔޫސް ކަމެއް"

އިސްކޮޅާ އެއްވަރުގެ ކަންނެއްޔެއް ކައިރީ އޮށޯވެލާ އޮވެގެން އެ ޒުވާން މަސްވެރިޔާ މިދެނީ ބާރު ހުރި މެސެޖުތަކެކެވެ. ޒުވާން އުމުރުގައި ހަލާލު މަސައްކަތުން އާމްދަނީ ހޯދުމަށް އަތްވާއި ވާރޭގައި އެކުރަނީ ހާދަހާވާ ބުރަ މަސައްކަތެކެވެ. އެހެން ޒުވާނުންނަށް ނަމޫނާއަކަށްވެ އެދައްކަނީ ނޫކަށި ހިތްވަރެވެ. އަތް އުރާލައިގެން ކަންކަން މަތީ ނުތިބެ، މަސައްކަތަށް ޒުވާނުން ނުކުތުމަށް ހިތްވަރު މިމެސެޖުން އެބަ ދެއެވެ. ހަލާލު ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެކަން ދައްކައި، ޖީބަށް ގަލަން ނުޖެހެންޏާ ވަޒީފާއަށްނުވާ ކަމަށް ބ...

ޙުސައިން ޝަހުދީ
ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ

ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޙާއްސަކޮށްގެން ހިންގޭ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2020 ވާ އާއްދުތަ ދުވަހުގެ 14:00 ކުރިން ފޯމް އެ ކައުންސިލަށް ހުށައެޅުއްވުމަށް އެކައުންސިލުން ނެރެފައިވާ އިޢުލާނުގ...

އިބްރާހިމް އަސްވާޤް
އަޝްރާގެ ހިތާއި ފުއްޕާމޭ ބަދަލުކުރުމަށް ސްޕެއިން އަށް ދިއުމަށް އެހީތެރިވެދެއްވާ!

އަޝްރާގެ ހިތާއި ފުއްޕާމޭ ބަދަލުކުރުމަށް ސްޕެއިން އަށް ދިއުމަށް އެހީތެރިވެދެއްވާ!

ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި އަސްރާ ހުންނަތާ މިއަދަށް މިވީ 1 އަހަރާއި 6 މަހެވެ. މިއަދާއި ހަމައަށްވެސް އޯރގަން ލިބިފައިނުވާތީ ޑޮކްޓަރުންވެސް ވަނީ އެހެން ތަނަކަށް ބަދަލުވުމަށް ލަފާއަރުވާފައެވެ. އެގޮތުން އޯރގަންއެއް ލިބޭނެ ވަކިދުވަހެއް ރާއްޖެ ކައިރި ހިސާބަކުން ލިބޭނެދުވަހެއް އަންދާޒާކުރަން ނޭންގުމާއިއެކު އަސްރާގެ އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެންމެ ގިނައިން އޯރގަން ޑޮނޭޝަން އޮންނަ ގައުމު ކަމަށްވާ ސްޕެއިންއަށް ގޮސް އެވިލިއުއޭޝަނ...

ހުސައިން ހަބީބް
ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ. މިކަމަށް މަޝްވަރާކޮށްފައިވަނީ މިއަދު ނޭޝަނަލް ކައުޓަރ ޓެރެރިޒަމް ސެންޓަރުގެ ފަރާތުން ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބޭއްވުނު ބައްދަލު ވުމެއްގައެވެ. މިބައްދަލުވުމުގައި 1441 ވަނަ އަހަރު ރަމަޟާން މަހަށް ރާއްޖެއިން ބޭރުން އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާނެ ޙާފިޡުން ގެނައުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލު ހަރުދަނާކުރުމަށް މ...

އިބްރާހިމް އަސްވާޤް

އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ ހަތަރު ހުއްދައެއް ދޫކުރުން ހުއްޓާލައިފި

އިކޮނޮމިކް މިނިސްޓްރީއިން ދޫކުރާ ހަތަރު ހުއްދައެއް ދޫކުރުން ހުއްޓާލައިފިއެވެ. މި ހަތަރު ހުއްދަ ދޫކުރުން އެ މިނިސްޓްރީއިން ހުއްޓާލީ ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާގުޅިގެންނެވެ. އިކޮނޮމިކް މިނިސްޓްރީއިން ދޫކުރުން ހުއްޓާލާފައިވާ ހުއްދަތައް – އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ – ސައިހޮޓާ ހިންގުމުގެ ހުއްދަ – ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ – ކެންޓީން ހިންގުމުގެ ހުއްދަ މިގޮތަށް […]

ޔުމްނާ ޢަލީ
އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު ހާމަކޮށްފި

އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު ހާމަކޮށްފި

2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 54،101 މެންބަރުންނެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 53،695 އެވެ. 2019 ވަނަ އަހަރުގެ މެއިމަހު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި 54،302 […]

ޔުމްނާ ޢަލީ