ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ޓީޓީއެސް ފާށަނާ" ނަމަކަށް ކިޔާ ދޯންޏެއް ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ ކަމަށެވެ. ތިން މީހުން ދަތުރުކުރި އެ ދޯނީގެ ކެޕްޓަންވަނީ ގެއްލިފައެވެ.
ގެއްލިފައިވާ ދޯނި ކެޕްޓަނަކީ ދިވެއްސެކެވެ. ދެން ދޯނީގައި ތިބީ ބިދޭސީންނެވެ. މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ހެނދުނު 8:09 ގައެވެ. އެދޯންޏަކީ މުދާ އުފުލާ ދޯންޏެއްކަމަށް މައުލޫމާތު ލިބެއެވެ.
ގެއްލުނު ދިވެހި ކެޕްޓަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ ފޯނާއި ދަބަސް ދޯނީގައި އޮތް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިދިޔަ ހަފްތާގައި ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހުނު ހާދިސާގައި ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ ވަނީ ގެއްލިފައެވެ. އޭނާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުންނާއި ޑައިވް ރޮބޮޓް ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!