ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި އަސްރާ ހުންނަތާ މިއަދަށް މިވީ 1 އަހަރާއި 6 މަހެވެ. މިއަދާއި ހަމައަށްވެސް އޯރގަން ލިބިފައިނުވާތީ ޑޮކްޓަރުންވެސް ވަނީ އެހެން ތަނަކަށް ބަދަލުވުމަށް ލަފާއަރުވާފައެވެ. އެގޮތުން އޯރގަންއެއް ލިބޭނެ ވަކިދުވަހެއް ރާއްޖެ ކައިރި ހިސާބަކުން ލިބޭނެދުވަހެއް އަންދާޒާކުރަން ނޭންގުމާއިއެކު އަސްރާގެ އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެންމެ ގިނައިން އޯރގަން ޑޮނޭޝަން އޮންނަ ގައުމު ކަމަށްވާ ސްޕެއިންއަށް ގޮސް އެވިލިއުއޭޝަން ހަދާ އެކޮޅުގެ ހޮސްޕިޓަކަލުން ލިއުމެއް ހޯދުމަށްކަމަށް އަސްރާގެ ފިރިމީހާ ޔާސިރު ބުނެފައިވެއެވެ.

Ad
rt

އަޝްރާ ބެންގަލޫރުގައި އޯރގަން ލިބޭތޯ ގިނަ ދުވަސް ތަކެއް ހޭދަ ކުރުމަށް ފަހު މިހާރު ދަތުރު ފަށާފައިވަނީ ސްޕައިން އަށް ދިޔުމަށެވެ.

ސްޕައިން އަކީ ދުނިޔޭގެ އެންމެ ޑޯރނޭޝަން ގިނަ ގައުމެވެ. އެހެންކަމުން ސްޕައިން ގެ ގިނަ ޑޮކްޓަރުންނާއި ގިނަ ހޮސްޕިޓަލް ތަކުން ބުނަނީ ގިނަވެގެން 3 މަސް ތެރޭ އޯރގަން ލިބޭނެ ކަމަށެވެ. އާއިލާގެ ފަރާތުން އަޝްރާގެ ފިރިމީހާ ޔާސިރު މަޢުލޫމާތުދޭ ގޮތުގައި އަޝްރާގެ ހާލަތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދެރަވަމުން ކަމަށާއި ވީ އެންމެ އަވަހަށް އޮޕެރޭޝަން ކުރުމަށް ބެންގަލޫރުގެ ބީޖީއެސް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. ނަމަވެސް އިންޑިޔާގައި މިހާރު އިންޓަރބޭޝަނަލް ޕޭޝެންޓްސްއަށް އޯރގަން ލިބުން ދުވަހުން ދުވަހަށް ދަނީ އުންދަގޫ ވަމުން ކަމަށާއި އެހެން ތަނަކަށް ބަދަލުވުމަށް އަޝްރާގެ އާއިލާއިން ނިންމުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް އެފަރާތުނަ ބުނެފައިވާކަމަށެވެ.

ފުރާނައާއި ހަނގުރާމަ ކުރަމުންދާ އަޝްރާ ރާއްޖެއާއި ދުރަށަ ދަތުރުފަށާފައިވާއިރު މުޅިޔަކުން އަދި ކަންކަން ހަމައަކަށް ނޭޅެއެވެ. އަޝްރާއަކީ އާދައިގެ މީހަކަށް ހެދުމަށް ކެނޑިނޭޅި މަސައްކތް ކުރަމުންދާ އަޝްރާގެ ފިރިމީހާ ވަރަށް އަސަރާއިއެކު ވާހަކަ ދައްކަމުން ބުނީ

ދަތުރު ފެށީ ލާރި ހަމަ ނުވަނީސް، ސަބަބަކީ ބަންގަލޫރުގައި ލާރި ހަމަވަންދެން ތިބޭނަމަ އިތުރު ހަރަދު ހިގާނެ، މިހާރު އަޅުގަނޑުމެން މިތިބީ ކޮލަންބޯގައި ގައި ސްޕައިން އަށް ދިއުމަށް ވިސާ ޖެހުމަށް އައިސް، އުންމީދަކީ ވީ އެންމެ އަވަހަށް އޮޕްރޭޝަން ކުރެވި އަޝްރާއަކީ ވެސް ނޯމަލް މީހަކަށް ވުން، މިކަމުގާ ތިޔަ އެންމެހާ ބޭފުޅުން ވެދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދައްނަވަން.

ޔާސިރު އިތުރަށްބުނީ، ސްޕެއިންގެ ވަރަށް ގިނަ ހޮސްޕިޓަލްތަކާއި މުޢާމަލާތް ކުރެވުނުއިރު ކޮންމެ ހޮސްޕިޓަލަކުންވެސް ބުނަނީ މަދުވެގެން 3 މަސްތެރޭގައި އޯރގަން ލިބޭނެކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ވުޒާރާތަކަށް ބޭނުންވަނީ މިކަމުގެ ލިއެކިއުންތަކެވެ. ކަން މިހެން އޮތުމާއިއެކު ސްޕެއިން އަށްގޮސް އެވަލުއޭޝަންއެއް ހަދައިގެން ނޫނީ މިކަމާއި ގުޅޭ އެއްވެސް ލިއެކިއުމެއް ލިބޭކަށްނެތެވެ.

ސްޕެއިން އަށް އެވަލުއޭޝަންއެއް ހެދުމަށް ދާނަމަ ގާތްގަނޑަކަށް -/25000 ޑޮލަރު ބޭނުންވާކަމަށާއި މާލޭގައި ފަންޑްރައިޒިން އިވެންޓްތަކެއްބާއްވައިގެން ކޮނަމެސަވަރެއްގެ އެހީތެރިކަމެއް ލިބިފައިވާކަމަށާއި އަދިވެސް އެކީ ފައިސާ ހަމަޖެހިފައިނޫވާކަމަށް ބުނެފައިވެއެވެ. ޢާއިލާއިން އެދެނީ މިކަމުގައި ތިޔަ އެންމެ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި ހެޔޮ ދުޢާއެވެ.

އަސްރާއާއި ބެހޭ އިތުރު މަޢުލޫމާތު

ތިލަދުން | Thiladhunހިތާއި ފުއްޕާމޭ ލިބޭނެކަމުގެ އިންތިޒާރުގައި 1 އަހަރު، އާދޭސްކުރަނީ އެހީއަކަށް!އައިމިނަތު އަސްރާ އަކީ ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. މިޒުވާނާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު...

އަސްރާއަށް އެހީތެރިކަނަ ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ)

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން