މާފުށި ޑައިވު އެންޑް ވޯޓަރ ސްޕޯރޓްސްގެ ފަރާތުން ދިވެހި ރައްޔިތުން ރަމްޒުކޮށްދޭހެން ޗައިނާގެ ވޫހާން ރައްޔިތުންނަށް ކަނޑުއަޑީގައި ތިބެގެން ހިތްވަރު ދީފިއެވެ. މިގޮތުން ވޫހާންގެ ރައްޔިތުންނަށް ހިތްވަރުދީފައިވަނީ ކަނޑު އަޑީގައި ނަގާފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ. އެ ވީޑިއޯ ނަގާފައިވަނީ މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްއާއި މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން ގުޅިގެންނެވެ. https://www.facebook.com/1638441703051701/posts/2598133730415822/ ޗައިނާގައި ހަލުވި ކަމާއިއެކު ނޮވެލް ކޮ...
ހުސައިން ހަބީބް
6 އަހަރު ކުރިން
ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ބަދަލުކޮށްފިއެވެ. ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ހާސިލް ކުރައްވާފައެވެ. މަމްދޫހު މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމު...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 4.2 މިލިޔަން ރުފިޔާ އާއި އެކު 8 މީހުން ހައްޔަރުކޮށްފި އެވެ. 2020 ޖެނުއަރީ 31 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 5 ގެއެއް ބަލާފާސް ކުރިކުރުމުން ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ގިނައަދަދެއްގެ ފައިސާ ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ 2020 ފެބްރުއަރީ 06 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން މާލޭގެ 4 ގެއަކާއި ސައިކަލެއް ބަލާފާސް...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ. މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި...
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ށ އަތޮޅު ކައުންސިލުގެ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ އުޞޫލު އިސްލާޙްކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލްއިން މައްޗަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއާއި އެހެނިހެން ޚަރަދު ހަމަޖައްސައިދެވޭނެއެވެ. މި އެހީ އަކީ އަނބުރާ ދައްކާގޮތަށް ދޫކު...
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި އެވެ. މާލޭ މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ހިންގާފައި ދިޔަ މީހަކު ކުޅު ޖަހާފައިވާ މައްސަލަ އެއް މިއަދު 13:59 އެހާކަންހާއިރު ފުލުހުއްނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި އުމުރުން 34 އަހަރުގެއް ދިވެހި ފިރިހެނެއް ހައްޔަރުކޮށް މައްސަލަ ދަނީ ތަހުޤީގު ކުރަމުންކަމަށް ފުލުހުންް ބުނެފައި ވެއެވެ.
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ހދ. ނޮޅިވަރަމުގައި ދަނޑުވެރިމުގެ ޕްރޮގްރާމެއް ފަށަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. ދަނޑުވެރިންކުރާ ފަރާތްތަކާއި ގޯތި ތެރޭގައި ގަސްހައްދާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރަން ޝައުޤު ހުންނަ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އެ ޕްރޮގްރާމް ކުރިއަށްދާނީ މި ހިނގާ ފެބުރުއަރީ މަހުގެ 23 އިން އަންނަ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގްރާމަކީ ނޮޅިވަރަމު ކައުންސިލާއި، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން...
އަލީ އާދިލް
6 އަހަރު ކުރިން
މިމަހު ޖަރުމަނުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަފަހަރަށް ރާއްޖެ ތަމްސީލްކުރުމަށް ހދ. ފިނެއަށް އުފަން، ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު އަބުދުލް ރަޝީދު (އަންކަލް) ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. ދުނިޔޭގެ މައްޝޫރު ވޯލްޑް ޝެފްސް ވިލެޖްގެ 25 ވަނަ އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް މޯލްޑިވްސް އިން ބައިވެެރިވާން ނިންމައި، އެ ޖަމްޢިއްޔާގެ ފަރާތުން އެ ކެއްކުމުގެ އިވެންޓުގައި ރަޝީދުގެ އިތުރުން ދެން ބައިވެރިވާނީ ޖޫދީ ޚާލިދެވެ. ރާއްޖޭގެ ދެ ކެއްކުންތެެެރިން ކަމުގައި...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
އެކި ކުއްތައް ކޮށްގެން ޖަލަށްލާފައި ތިބޭ ކުދިންގެ މައިން ބަފައިންނާއި ކުރިމަތިލުމަކީ އެމަނިކުފާނުގެ ވަޒީފާގައި އެންމެ ހިތަށް ނުތަނަވަސްކަން ގެނެސްދޭ ކަންތައް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ. އުމުރުން ދުވަސްވީ އެފަދަ މައިން ބަފައިންނާއި ކުރިމަތިލައި، އެމީހުންގެ ވާހަކަތައް އަޑުއެހުމަކީ ހިތްފަޅައިގެންދާ ކަމެއް ކަންމަށްވެސް ޕީޖީ ޝަމީމު ވިދާޅުވެފައިވެއެވެ. ޝަމީމު ރޭ ކުރައްވާގައިވާ ޓުވީޓެއްގައި އިތުރަށް އާދޭސް ދަންނަވާފައިވަނީ ކޮންމެ މީހަކުވެސް ކުށަކަށް އަރައިގަތު...
އަލީ އާދިލް
6 އަހަރު ކުރިން
އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު އެވަގުތު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހީކުރީ ފަންކާއަށް މައްސަލައެއް ދިމާވީ ކަމަށެވެ. ފަންކާ ހުއްޓިފައި އެނބުރިގަތްހެން ހީވިއެވެ. ހަމަ އެޔާއިއެކު ލޮޅުމެއް އައިކަމުގެ އިހުސާސް ހަމަ ރަނގަޅަށް ކުރެވުނެވެ. ފުރާޅަށް ފާޑެއްގެ ގުޑުމެއް އައިސް، ގޭގެ ދޮރުތައްވެސް ތެޅިގަތެވެ. އެވަގުތު ވަލު ތެރެއިން ކާޅުތައް ގޮވައިގަތީވެސް ކުއްލިއަކަށެވެ. އަބުދުﷲ ރަޝީދުގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. މި ގެނެސްދިނީ ރާއްޖެގެ އުތުރަށް ރޭގައި އައި 4.5 މެގްނިޓިއުޑު ބާރުމިނުގެ ބި...
ހުސައިން ހަބީބް
6 އަހަރު ކުރިން
ހދ ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ކުމުންދޫ ސިއްޙީ މަރުކަޒުން އެދެފި އެވެ. އެމަރުކަޒުގެ އާންމު ދެންނެވުމެއްގައި ބުނެފައިވަނީ މިދުވަސްވަރު ކުމުންދޫގައި ހަލުވިކަމާއި އެކު ފާނަބަސަންދު ( ޗިކަން ޕޮކްސް ) ފެތުރެމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް...
އަލީ އާދިލް
6 އަހަރު ކުރިން
ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ކަނޑައަޅާފައިވާ އުޞޫލާ ހިލާފަށްކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ. ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ “ހިޔާ” މަޝްރޫޢާއި، “ގެދޮރުވެރިކުރުން” މަޝްރޫޢު އަދި “ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް” ހިންގާފައިވާ ގޮތް ބަލައި، އެ މަޝްރޫޢުތަކާ ގުޅޭ އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި “ފްލެޓްތަކުގެ މައްސަލަބަލ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 12:18ހާއިރު ހިންގި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައި...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ސިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާއު ގުޅިގެން ޖެންޑަރ މިނިސްޓަރަކަށް އައިޝަތު މުޙައްމަދު ދީދީ ހަމަޖައްސަވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ސިދާތާގެ އިސްތިއުފާ ސިޓީ މިއަދު ލިބިފައިވާކަމަށެވެ. Today, I have received the resignation of Shidhatha Shareef as Minister of Gender, Family & Social Services. I thank her for her service. I have also decided to appoint Aishath Mohamed […]
އަލީ އާދިލް
6 އަހަރު ކުރިން
ރާއްޖޭގައި ގާއިމްކުރާ އާއްމު ފެރީ ހިދުމަތަށް ބޭނުންވާ 14 ހައި ސްޕީޑް އުޅަނދު ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ. ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ފެރީ ނިޒާމްގެ މަޝްރޫއުގެ ދަށުން ފުރަތަމަ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރީޖަން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުތުރުގެ ތިންއަތޮޅު ހއ ހދ ށ އަތޮޅުގަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ބޭނުންކުރުމަށް 14 ހައި ސްޕީޑް އުޅަނދު ބަނދެ، […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ 19:55 އެހައިކަންހާއިރު ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުން ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓްލުމަށްޓަކައި ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ފަސްދޮޅަސް ދެމީހުންނަށް ވޯޓްލުމުގެ ހައްޤުލިބިގެންވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނުން މަސައްކަތް ކުރަމުންދަނ...
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން