މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ ވަޒީފާތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރެމުންދާތީ، މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ރިޒޯޓްތަކާއި އަދި ޕްރައިވެޓް ސެކްޓަރގެ އެހެން ވަޒީފާތަކުގައި އުޅޭ ދިއްދޫގެ ރައްވެހިންގެ...
އަލީ އާދިލް
ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ވެލިނުނެގުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ހޯރަފުށީ އިޚްތިސާސްގެ ތެރެއިން އަދި އިޚްތިސާސްގެ ބޭރުންވެސް ޤަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ވެލި ނަގަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އެގޮތަށް ޤަވާއިދާ ޚިލާފަށް ވެލިނަގަމުން ގެންދާ ފަރާތްތަކާއި މެދު ޤާނޫނުތަކާއި ޤަވާއިދުތަކުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަ...
ޝިއުނާ އާދަމް
އެމެރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައ،ި ކުރިއަށްއޮތް ހަފްތާތެރޭގައި އެމެރިކާއިން ވަރަށްގިނަ ބަޔަކު މަރުވާނޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެހެން ވިދާޅުވެ، އިންޒާރު ކުރެއްވީ ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. ޓްރަމްޕް ވިދާޅުވީ މި ހިނގާ ހަފްތާއާއި ކުރިއަށްއޮތް ހަފްތާއާ ދެމެދުގެ މުއްދަތަކީ އެމެރިކާއަށް ވަރަށް ގޮންޖެހުންބޮޑު، ވަރުގަދަ ދުވަސްތަކަށް ވެގެން ދާނެ ކަމަށެވެ. ވަރަށް ގިނަބަޔަކު މަރުވާނެކަމަށްވެސް...
ޔުމްނާ ޢަލީ
މާލެގައި ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ ވާނެކަމަށް ފުލުހުންވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަމުންނެވެ. މިއަދު މިއީ ކާފިއު ހިންގި ތިންވަނަ ދުވަހެވެ. ފުލުހުން ވިދާޅުވީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ. […]
ޖަލްވާން ޖާދުﷲ
މިވަގުތު ކަރަންޓީނުގައި ތިބީ 809 މީހުން ކަމަށާއި، އައިސޮލޭޝަންގައި ތިބީ 12 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ހިއްސާ ކުރަށްވަމުން މަބްރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން 73 މީހުން ދޫކޮށްލާފައި ވާކަމަށެވެ. އަދި މިއަދު 187 ސާމްޕަލެއް ނަގާފައިވާކަމަށާއި، ކަރަން...
ޝިއުނާ އާދަމް
ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންޓް އަށް ސަމާލުކަން ދިނުމުގެ ގޮތުން ބީއެމްއެލްގެ ބްރާންޗަށް ނުގޮސް، އިންޓަނެޓް ބޭންކިން އަދި އޭޓީއެމް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ. ބީއެމްްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަތައް ހުޅުވާނެކަމަށާ އެހެން ނަމަވެސް އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހޯއްދެވުމަށް އ...
ޖަލްވާން ޖާދުﷲ
ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި ބަންގްލަދޭސްގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ. މިނިސްޓަރު ޝާހިދު އެގޮތަށް އެދި ވަޑައިގަތީ، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މިއަދު ދެއްކެވި ވާހަކައިގައެވެ. ދެވަޒީރުން ކުރެއްވި މަޝްވަރާގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން...
ޝިއުނާ އާދަމް
ހދ. ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީ ނެގުން ހުއްޓާލާފައިވާ ޚިދުމަތްތައް: ނެއްލައިދޫ ޕްރީސްކޫލް ފީ ( ފީނެގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ގެންދެވި، ސްކޫލްގެ ކިޔ...
ޝިއުނާ އާދަމް
އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ. “އެމްވީ އައިބީރިއަން އެކްސްޕްރެސް” ގެ ނަން ދީފައިވާ މިބޯޓު ރާއްޖެ ބަނދަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ބޯޓަށް މަރުޙަބާކިޔުމުގެ ގޮތުން ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ. ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެ...
ޔުމްނާ ޢަލީ
އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ. ކުއްލިއަކަށް ހަނދާނަށް […]
ޢަބްދުﷲ ސަޢީދު
ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. އެންއެމްއީ ނޫހުގައި ބުނެފައިވާ އުމުރުން 61 އަހަރުގެ މެޑޯނާ ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ތަހުލީލުތަކަށް ހަދިޔާ ކުރާ މިފައިސާގެ އެހީ ދިނުމަށް ނިންމާފައި ވަނީ ބިލް އެންޑް މެލިންޑާ ގޭޓު ފައުންޑޭޝަން މެދުވެރިކޮށް ކަމަށެވެ. އިންސްޓަރގްރާމް މެދުވެެރިކޮށް މެޑޯނާ އާންމު ކުރި މެސެޖެއްގައި ބުނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ކުރެވެމުންދާ […...
އަލީ އާދިލް
ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ. ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ. “މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް)...
ޔުމްނާ ޢަލީ
ށ. ފުނަދޫ ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ. ފުނަދޫ ސޯސަލް ސަޕޯޓް ޑެސްކްގެދައުރު އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ގޮތުން އެރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކޮށްފައެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފޮނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ކުރިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަ...
ޝިއުނާ އާދަމް
ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ. https://www.facebook....
ޝިއުނާ އާދަމް
މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ. ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހ...
އާދަމް ޝަރީފް
އަހަރަކީ 1797 ނުވަތަ 1798 ވަނަ އަހަރެވެ. ދުވަސްވަރަކީ ދުނިޔޭގައި އާލަމީ ވަބާއެއް ފެތުރެމުން ދިޔަ ދުވަސްވަރެކެވެ. ބައްޔަކީ ނުރައްކާތެރި ކަށިވިދުރި އެވެ. ޔޫރަޕުން އެކަނިވެސް މިބަލީގައި އަހަރަކު ހަތަރު ލައްކައެއްހައި މީހުން މަރުވަމުން ދެއެވެ. ޔޫރަޕުގެ ރަސްރަސްކަލުންނާއި ވެރިންވެސް މިބަލީގައި އަވަހާރަވަމުން ދެއެވެ. ބޭރު ކަރަކަރައިގައި މި ބަލިމަޑުކަން ބޮޑުވެ މިލިއަނުން މީހުން މަރުވާއިރު، ﷲ ގެ ހެޔޮ ރަޙުމަތުން ރާއްޖޭގެ ރަށްރަށް އޮތީ ވަރަށް ބޮޑަށް ސަލާމަތުން ކަމަށް ފެނެއެވެ. ދިރިއުޅުން އުފާވެރިވެފައި، އ...
އަޙްމަދު ސާލިމް
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ޤައުމު ކަމުގައި ސްޕޭން ހިމެނިއްޖެއެވެ. އަދި މިބަލި މުޅި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު ވަނީ 1،201،473 އަށް އަރައިފިއެވެ. ކޮވިޑް-19 ސްޕޭން ،5 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:00 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ޕޮޒިޓީވް މީހުންގެ ޢަދަދު: 126،168 މަރުވި މީހުންގެ ޢަދަދު: 11،947 ރަނގަޅުވި މީހުންގެ ޢަދަދު: 34،219 ކޮވިޑް-19 އެންމެ […]
އަލީ އާދިލް
ރާއްޖެ ނާދެވި، ހަތަރު ޤައުމެއްގައި ތާށި ވެފައިތިބި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން “މޯލްޑިވިއަން” ގެ ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސައިފި އެވެ. ނަމަވެސް ލަންކާ މަގުން ރާއްޖެއަށްނަން ގިނަ ދިވެހިން ތަކެއް ތިބުމާއިއެކު ލަންކާއަށް އަށް އަޅާ މިއަދުގެ ފްލައިޓް މިހާރު ފުލް ވެފައިވާ ކަމަށްވެސް މޯލްޑިވިއަނުންވަނީ ބުނެފައެވެ. މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނ...
ޝިއުނާ އާދަމް