ހދ. ނެއްލައިދޫ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލައިފިއެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ ކައުންސިލުންދޭ ބައެއް ޚިދުމަތްތަކުގެ ފީ ނެގުން ހުއްޓާލުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ފީ ނެގުން ހުއްޓާލާފައިވާ ޚިދުމަތްތައް:

  • ނެއްލައިދޫ ޕްރީސްކޫލް ފީ ( ފީނެގުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ގެންދެވި، ސްކޫލްގެ ކިޔެވުން ފެށުމުން )
  • ކުނި އުކާލުމުގެ ފީ ( އޭޕްރިލް އަދި މެއި މަހުގެ ފީ )
  • ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ދޫކޮށްފައިވާ ބިންތަކުގެ ފީ ( އޭޕްރިލް އަދި މެއި މަހުގެ ފީ )

މީގެ އިތުރުން އޭޕްރިލް މަހާއި މެއިމަހު ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކުންނާއި ވިޔަފާރިތަކުން ހިލޭ ކުނި ނަގައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދާކަމަށްވެސް އެކައުންސިލުން ބުންޏެވެ.

32.5 ހެކްޓަރު ގެ ނެއްލައިދޫއަކީ އާބާދީގައި 869 އަށް ވުރެ ގިނަ މީހުން ތިބި ރަށެކެވެ.