މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,362 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1989 ވަނަ ޞަފްޙާ

ކޮވިޑް-19: ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ ދިވެހި މީހާ ރަނގަޅުވެއްޖެ

ކޮވިޑް-19: ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ ދިވެހި މީހާ ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކުރަށްވައިފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ  ނޫސްވެރިންގެ ބައްދަލްވުމުގައި އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދެވެ. ޑރ. މުރާދު ވިދާޅުވީ އެޔާއިއެކުވެސް ފާހަގަ ކުރެވެމުންދާ ކަމަކީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ހުރިކަން ކަމަށެވެ. މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގައި އެހާ ބޮޑު ލުއިތަކެއް ގެނެވެން...

ޔުމްނާ ޢަލީ
ޓްރަމްޕްގެ ބަރު ހަތިޔާރުގެ ބޭނުން ނުހިފި އެތައް ހާސް ފުރާނައެއް ގެއްލެނީ

ޓްރަމްޕްގެ ބަރު ހަތިޔާރުގެ ބޭނުން ނުހިފި އެތައް ހާސް ފުރާނައެއް ގެއްލެނީ

ބާރާއި، ނުފޫޒުގެ ވެރިން ކަމަށް ދައުވާކުރަމުން ދުނިޔޭގެ “ރަސްގެ ފާނު”ގެ ބޯޑު އަޅުވައިގެން އޮތް އެމެރިކާ ވަނީ ކުޑަ ވައިރަހެއްގެ ކުރިމަތީ ގޮތް ހުސްވެފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ވުހާން ސިޓީއިން ފެތުރެން ފެށި ކޮވިޑް-19 ބަލި ދުނިޔޭން ޖެހުނު މީހުންގެ ޢަދަދު މިހާތަނަށް 1,806,440 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 535,385 މީހުންނަކީ އެމެރިކާގެ މީހުންނެވެ. ބައެއް މަސްދަރުތައް ބުނާގޮތުން ކޮވިޑް ފެތުރެން ފެށުމާއިއެކު އެމެރިކާގެ ރައީސްގެ […]

ހުސައިން ހަބީބް
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށި ބަނދަރު ސަރަހ...

ޔުމްނާ ޢަލީ
ލޭ ލިބުން އަނެއްކާވެސް ދަތިވެއްޖެ!

ލޭ ލިބުން އަނެއްކާވެސް ދަތިވެއްޖެ!

ކޮވިޑް-19 ގެ ސަބަބުން ލޭ ހަދިހާ ކުރާ ކޭމްޕްތައް ހުއްޓި، ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވަމުން ދާ ދަތި އިތުރަށް ބޮޑުވެ، އާންމުންގެ އެހީތެރި ކަމަށް އަނެއްކާ ވެސް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)  އިން އެދިއްޖެ އެވެ. އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ. ހާއްސަކޮށް ‘އޯ’ ޕޮޒިޓިވް އާއި ‘ބީ’ ޕޮޒިޓިވް ލޭ ހުރި މިންވަރު ވެސް ވަރަށް މަދު […]

ޝިއުނާ އާދަމް
ރާއްޖޭގައި ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑު: ވޯލްޑް ބޭންކް

ރާއްޖޭގައި ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑު: ވޯލްޑް ބޭންކް

މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ބޮޑަށް ނުރަނގަޅު އަސަރެއް ކުރާނީ ދިވެހިރާއްޖޭގެ އިގްތިސާދަށްކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ. ވޯލްޑް ބޭންކުން އެކުލަވާލި “ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020” ރިޕޯޓްގައި ބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑު އިގްތިސޯދީ ގެއްލުމެއްވާ ރާއްޖޭގެ އިގްތިސާދުގެ ކ...

ޝިއުނާ އާދަމް
ހިތްދަތިކަމުގެ ރަހަ… ހާލަތު ބަދަލުކުރެވޭނެއެވެ!

ހިތްދަތިކަމުގެ ރަހަ… ހާލަތު ބަދަލުކުރެވޭނެއެވެ!

ހިތްދަތިކަމުގެ ރަހަ ދުށިން ހެއްޔެވެ؟ އެއީ ހާދަ އަސަރުގަދަ ރަހައެކެވެ. ގޮސްހުސްވެ، ހަތަރު އުދަރެސް ފެނުޖެހި، އުޑުބޮލަށް ވެއްޓުމުގެ އިހުސާސް ކުރެވޭ ވަގުތު އެލާ ރަހަޔަކީ ހިތްދަތިކަމުގެ ހަގީގީ ރަހައެވެ. އެވަގުތު، އިންސާނާގެ ތަބީއީ “ރިފްލެކްސް” ނުވަތަ ފިކުރަކާ ނުލާ ގެނެވޭ ވިސްނުމާއި ހަރަކާތުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، ހިތްދަތިކަމުގެ ހަގީގީ ރަހައިގެ ތެރެއަށް ތާއަބަދުގެ އަބަދަށް މީހާ ގެނބިގެން ދެއެވެ. އެ ހިނދުކޮޅަކީ އިންސާނީހަޔާތުގެ އިމްތިހާނުގެ އެންމެ އުސްކުންނެވެ. ހިތްދަތިކަން އުފެދިގެން އަންނ...

މުޙައްމަދު ޝިހާބް
އުތުރުގެ މައި ހޮސްޕިޓަލުން ކޮވިޑް-19ގެ ހާލަތަކަށް ތައްޔާރު ވުމަށް ތަމްރީނުތައް ހަދައިފި

އުތުރުގެ މައި ހޮސްޕިޓަލުން ކޮވިޑް-19ގެ ހާލަތަކަށް ތައްޔާރު ވުމަށް ތަމްރީނުތައް ހަދައިފި

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑަކްޓަރުންނާއި ނަރުހުން ކޮވިޑް-19 ގެ ހާލަތަކަށް ތައްޔާރު ކުރުމަށްޓަކައި ތަމްރީނުތައް ފުރިހަމަ ކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުން ކޮވިޑް-19 ގެ ހާލަތަކަށް ތައްޔާރު ކުރުމަށްޓަކައި ބޭއްވި ކުރިޓިކަލް ކެއަރ ޓްރެއިނިންގެ ސެޝަންތައް ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މާރިޗް 21 ވަނަ ދުވަހުވަނީ ފ...

ޝިއުނާ އާދަމް
އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވީ އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސެއްކަމަށެވެ. މި މީހަކީ ފިލިޕީންސް އިން އެނބުރި އައި މީހެއްކަމަށްވެސް އެޗްޕީއޭޢިން ވިދާޅުވެއެވެ. Samples taken from a Maldivian national, who was placed in Eriyadhoo Quarantine Facility after returning from Philippines, has tested POSITIVE for #COVID19 and is been transferred to Velidhoo Isolation […]

ޝިއުނާ އާދަމް
ނައިވާދޫ ޒުވާނުން އެރަށު ހުކުރު މިސްކިތް ސާފު ކޮށްފި

ނައިވާދޫ ޒުވާނުން އެރަށު ހުކުރު މިސްކިތް ސާފު ކޮށްފި

ހދ. ނައިވާދޫ ޒުވާނުން އެރަށުގެ ހުކުރު މިސްކިތް، މަސްޖިދުލް އައްވާބީން ސާފުކޮށްފިއެވެ. ނައިވާދޫ ޒުވާނުން ނުކުމެ އެރަށުގެ ހުކުރު މިސްކިތް ފޮޅާ ސާފުކޮށް، މިސްކިތުގައި ނުދިއްލި ހުރި ލައިޓްތައް ރަނގަޅުކޮށް މިނޫންވެސް ބައެއް މަސައްކަތް ކޮށްފައިވަނީ އިއްޔެއެވެ. ނައިވާދޫއިން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެ ޒުވާނުން އިސްނަގައިގެން އެމަސައްކަތް ކުރުމުގެ ބޭނުމަކީ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތި ވެފައި ވުމާއިއެކު، އެ މަހަށް މިސްކިތް ތައްޔާރު ކުރުމުގެ ގޮތުން ކަމަށެވެ.   އެ މަސައްކަތުގައި މިވަގުތު […]

ޝިއުނާ އާދަމް
އެމެރިކާގެ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

އެމެރިކާގެ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ދުނިޔޭގެ ސްޕަރ ޕަވަރ ކަމަށް ދައުވާ ކުރާ އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި މިލިއަން ފަހަނައަޅައިގޮސް ވިހި ހާހަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެމެރިކާއިން މިހާތަނަށް 532,879 މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އަދި މީހުން އެ ޤައުމުން މިބަލީގައި 20,577 މީހުން ވަނީ މަރުވެފައި ވެއެވެ. އަސްކަރީ ގޮތުން ބާރު ދަމަހައްޓައި، އެންމެ ނުފޫޒާއި ބާރު ގަދަ ޤައުމަށް ވުމަށް ޤައުމުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުން އައި އެމެރިކާއަކީ މިހާރު ދުނިޔެއިން އެންމެ […]

އަލީ އާދިލް
އަޅުގަނޑުގެ މިލަދޫ ޓީޗަރު

އަޅުގަނޑުގެ މިލަދޫ ޓީޗަރު

އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ. އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަ...

ޢަބްދުﷲ ސަޢީދު
ރޯދަ އިނާޔަތް މިމަހުގެ 20 ގެ ކުރިން ދޭން ޖެހޭނެ: ސަރުކާރު

ރޯދަ އިނާޔަތް މިމަހުގެ 20 ގެ ކުރިން ދޭން ޖެހޭނެ: ސަރުކާރު

އަންނަ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިހިނގާ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީއިން އަންގައިފި އެވެ. މިމަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފައި ވަނީ ނެރުނު ބަޔާނެއްގައިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމް […]

ޝިއުނާ އާދަމް
ބިން ހުރި ރަށްރަށުން ހިލޭ ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ބިން ހުރި ރަށްރަށުން ހިލޭ ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ދަނޑުވެރިކަމަށް ބިން ދޫކުރެވެން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދެވެ. މިނިސްޓަރު ޒަހާ މިރޭ ވިދާޅުވީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކުން ދަނޑު ބިން ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ޕްލޭނި...

ޝިއުނާ އާދަމް
ކީ ސްޓޭޖް 1، 2 ގެ ޓެލިކިލާސް ތަކުގެ  ފުރަތަމަ ހަފުތާގެ ތާވަލު އާންމު ކޮށްފި

ކީ ސްޓޭޖް 1، 2 ގެ ޓެލިކިލާސް ތަކުގެ ފުރަތަމަ ހަފުތާގެ ތާވަލު އާންމު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވާތީ އެޑިޔުކޭޝަނުން ކުރިއަށް ގެންދާ ޓެލިކިލާސް ތަކުގެ ކީ ސްޓޭޖް 1، 2 ގެ ފުރަތަމަ ހަފުތާގެ ތާވަލު އާންމު ކޮށްފިއެވެ. މާދަމާއިން އަންނަ ބުރާސްފައްޗަށް ތާވަލު ކޮށްފައިވާ ކީ ސްޓޭޖް 1، 2 ގެ ޓެލިކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ކީ ސްޓޭޖް 1 ގެ ކިލާސްތައް ހަވީރު 1600 އިން 1630 އަށް ކުރިއަަށް ގެންދާ ގޮތަށެވެ. ކީ ސްޓޭޖް 2 ގެ ކިލާސްތައް ހަވީރު 1630 […]

ޝިއުނާ އާދަމް
އެސްޓީއޯ އެމްޑީ ކާށިދޫ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި

އެސްޓީއޯ އެމްޑީ ކާށިދޫ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސައިން އަމުރު ކ. ކާށިދޫއަށް ޒިޔާރަތް ކުރަށްވައި އެރަށު ދަނޑުވެެރިންނާއި ބައްދަލު ކުރަށްވައިފިއެވެ. އެސްޓީއޯ އެމްޑީ އަމުރުގެ މިޒިޔާރަތުގައި ކާށިދޫގެ ދަނޑުވެރިންނާއި ބައްދަލުކޮށްފައިވަނީ އެސްޓީއޯއިން ފަށާފައިފައިވާ ދަނޑުވެރިކަމާއި ގުޅޭ މަޝްރޫއުއާއި ގުޅިގެންނެވެ. STO CEO&MD visits K. Kaashidhoo and meets the farmers regarding STO's Agricenter project. The opening of Agricenter will ensure consistent income for our farmers. The hotline for Agricenter is […]

ޔުމްނާ ޢަލީ
ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފި

ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފި

ކޮވިޑް-19 އާއި ގުޅިހެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެސިޓީއާއި، ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފިއެވެ. މިފަހަރު މާލެސިޓީގެ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކާއި އަދި ސަރުކާރުން މިހާލަތުގައި އަރާފޭބުން މަނާކުރާ ކޮންމެ ރަށެއް ހިމެނޭހެން ޖަމާއަތުގައި ނަމާދު ނުކުރުން އިތުރުކުރީ މިހިނގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ. މިނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމު ކުރި ސަރކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތު...

ޝިއުނާ އާދަމް
ބޮޑު ގަސް ގަނޑެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ބޮޑު ގަސް ގަނޑެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

ބޮޑު ގަސްގަނޑެއް ކަނޑުމަތީ އޮޔާ ދާތީ ސަމާލު ވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މާލެ ސިޓީގެ އިރު ދެކުނު ކަންމަތިން ބޮޑު ގަސް ގަސް ގަނޑެއް އޮޔާ ދަމުން ދާކަމަށެވެ. މިސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ. Male' ge iru dhekunun 0.57nm beyrun bodu gasgandeh fenmathin oyaadhaathee, mi sarahadhun dhathuru kurahvaa faraaiythakun mikamah khaassa samaalu kameh dhinumah ilthimaas kuran. pic.twitter.com/TymqyVYBOP [...

ޝިއުނާ އާދަމް
ރާއްޖެއިން ބޭރުގައި ތިބި ހޯރަފުށީ ރައްޔިތުންގެ ދަފުތަރެއް އެކުލަވާލަނީ

ރާއްޖެއިން ބޭރުގައި ތިބި ހޯރަފުށީ ރައްޔިތުންގެ ދަފުތަރެއް އެކުލަވާލަނީ

ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިއްބެވި ހޯރަފުށީ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްތައް އެ ކައުންސިލުން ފަށައިފިއެވެ. އެކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރާއްޖެއިން ބޭރުގައި (ބޭރުޤައުމުތަކުގައި) ދިރިއުޅެމުންދާ ފަރާތްތަކާއި، ތަޢުލީމް ހާޞިލުކުރުމަށާއި އަދި އެނޫންވެސް އެހެން ބޭނުންތަކުގައި ތިއްބެވި ހޯރަފުށީގެ ރައްޔިތުންގ...

ޔުމްނާ ޢަލީ