ހދ. ނައިވާދޫ ޒުވާނުން އެރަށުގެ ހުކުރު މިސްކިތް، މަސްޖިދުލް އައްވާބީން ސާފުކޮށްފިއެވެ.

ނައިވާދޫ ޒުވާނުން ނުކުމެ އެރަށުގެ ހުކުރު މިސްކިތް ފޮޅާ ސާފުކޮށް، މިސްކިތުގައި ނުދިއްލި ހުރި ލައިޓްތައް ރަނގަޅުކޮށް މިނޫންވެސް ބައެއް މަސައްކަތް ކޮށްފައިވަނީ އިއްޔެއެވެ.

Ad
rt

ނައިވާދޫއިން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެ ޒުވާނުން އިސްނަގައިގެން އެމަސައްކަތް ކުރުމުގެ ބޭނުމަކީ ބަރަކާތްތެރި ރަމަޟާން މަސް ބޯމަތި ވެފައި ވުމާއިއެކު، އެ މަހަށް މިސްކިތް ތައްޔާރު ކުރުމުގެ ގޮތުން ކަމަށެވެ.

އެ މަސައްކަތުގައި މިވަގުތު ރަށުގައި ތިބި ޒުވާނުންގެ ތެރެއިން ތިރީހަކަށް ޒުވާނުން ބައިވެރިވެ، އެކުވެރި ކަމާއިއެކު މަސައްކަތްކޮށް ނިންމާލެވިފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.

ހދ. ނައިވާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، އިޖުތިމާއީ ގުޅުން ރަނގަޅު އަމާން ސާފު ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.

ހދ. ނައިވާދޫއަކީ ބިމުގެ ބޮޑުމިނުގައި 30.2 ހެކްޓަރު ހުންނަ އާބާދީގައި 849 އަށްވުރެ ގިނަ މީހުން ތިބި ރަށެކެވެ.