އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ "ލޯތްބާއެކު" އީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފިއެވެ.

އައިއޭސީއިން ބުނީ ދިވެހިންގެ ދީލަތި އެހީގައި މިފަހަރުގެ "ލޯތްބާއެކު" މަޝްރޫޢްގެ ތެރެއިން ވަނީ ހާލުގައިޖެހި އެހީއަށް ބޭނުންވެފައިވާ އެތަށް އާއިލާއަކަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ފޯރުކޮށްދެވިފައިކަމަށެވެ. އައިއޭސީ އިން މަޢުލޫމާތުދޭ ގޮތުގައި ލެބަނަންގެ ބޯޑަރު ސަރަހައްދުގައި ތިބި ފަލަސްތީން އާއި ސީރިޔާގެ ރެފިއުޖީ ކޭންޕް ތަކުގައި ތިބި 100 ކުޑަކުއްޖަކަށް އީދު ހަދިޔާގެ ގޮތުގައި އަންނައުނާއި ހަދިޔާވަނީ ބަހާފައެވެ. އަދި ސީރިޔާގެ150 ކުއްޖަކަށް ކުޅޭ ސާމާނުވެސް ހަދިޔާކޮށްފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން ނޭޕާލުގެ100 އާއިލާއެއްގެ500 ކުއްޖަކަށް އަންނައުނާއި ކުޅޭ ސާމާނު އަދި
1500 ގައްޒާގެ ކުޑަކުދިންނަން ވަނީ ޢީދުހެދުން ހަދިޔާކުރެވިފައެވެ. އެއީ ގާތްގަނޑަަށް 170 އާއިލާކަމަށް އެފަރާތުން ހާމަކުރެއެވެ.

ތިޔަބޭފުޅުން ފިޠްރު ޢީދު ދުވަހުގެ އުފާ ހާސިލްކުރާފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންވެސް ވަނީ އެއުފަލުގައި ބައިވެރި ކޮށްދީފައި

އައިއޭސީއިން ބުނެފައިވެއެވެ.

ޢީދުގެ ހަދިޔާ ލިބުމުން އެކުދިން މޫނުމައްޗަށް ވެރިވި ހިނިތުންވުމަކީ އަގުވަޒަން ނުކުރެވޭނެ ފަދަ އުފާވެރިކަމެއްކަމަށާއި އެތަކެއް ތުއްތުކުދީންނެއްގެ ހުވަފެންތަކުގައި ކުލަޖައްސައިދިނީ ހަމަ ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަމެއް ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެކުދިންނާއި އެކުދިންގެ އާއިލާތަކުން އީމެދުކެނޑުމެއްނެތި ތިޔަބޭފުޅުންނަށް ހެޔޮ ދުޢާ ކުރާނެކަން ޔަގީން.

އައިއޭސީއިން ބުނެފައިވެއެވެ.

ކާބޯތަކެތި ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް 30 މެއި ވާ ހޮނިހިރު ދުވަގެ އިރުއޮއްސި 6:00 އާއި ހަމަޔަށް އެފުރުސަތު ވަނީ ހުޅުވާލެވިފައިވާކަމަށާއި އިތުރު މަޢުލޫމާތެއް ބޭނުންފުޅުނަމަ މޯބައިލް: 9122121 ނުވަތަ ވައިބަރ: 9122121 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.