ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް މި މޫސުމުގެ ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މިއަދު ހެނދުނު ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. އަދި މިވަގުތު ވަނީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފައެވެ. އިއްޔެވެސް ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ.
Alert yellow in effect. Valid till 1600LT pic.twitter.com/AiKPooHfIA
— Maldives Meteorology (@MetMaldives) May 29, 2020
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުނިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވ
މި ތިން ދުވަހު މޫސުން ލަފާކުރާގޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
ޭމި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މިކަމަށްވެސް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން އިލެކްޓްރޯނިކް ސާމާނު ފެން ނުޖެހޭނެގޮތައް މަތީގައި ބެހެއްޓުމަށާއި ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަދެދާނެތީ ދުރާލައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!