މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,368 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1946 ވަނަ ޞަފްޙާ

ތިމާވެށި ދެކެ ލޯބިވާ ތިން ޢާއިލާ

ތިމާވެށި ދެކެ ލޯބިވާ ތިން ޢާއިލާ

ޝިފާއު އޭނާގެ އެކުވެރި ނަޒީރާއި އެކު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދުއްވާލަން ނުކުތީ ޖެހިގެން އޮތީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާތީ، އެ ދުވަހު ކުރާނެ ކަމެއް ނިންމުމަށް ރަށުގެ ތަންތަން ބަލައިލާށެވެ. އެ ދެ ޒުވާނުން ނިސްބަތްވާ ކ. ހުރައަކީ އަބަދުވެސް ރަށުތެރެ ސާފުތާހިރުކޮށް އޮންނަ ރަށަކަށްވާތީ، ތިމާވެށީގެ ދުވަހު ނުކުމެ ނަގާލާނެ ކުނިކޮޅެއްވެސް އެ ދެ ޒުވާނުންނަކަށް ރަށުތެރެއަކުން ނުފެނުނެވެ. އެ ދެ ޒުވާނުން ދުއްވަމުން ގޮސް މަޑުކޮށްލީ އެރަށުގައި އޮންނަ ތާރީޚީ، ހިތްގައިމު […]

ޙުސައިން ޝަހުދީ
އެމްޑީޕީއަށް⁦‪‬⁩ ޝައިޙް އިމްރާން އާއި އަދާލަތު ޕާޓީ އަކީ ތުންފުއްސެއްތޯ؟: މޮސްޓާ

އެމްޑީޕީއަށް⁦‪‬⁩ ޝައިޙް އިމްރާން އާއި އަދާލަތު ޕާޓީ އަކީ ތުންފުއްސެއްތޯ؟: މޮސްޓާ

އެމްޑީޕީއަށް⁦‪‬⁩ ޝައިޙް އިމްރާން އާއި އަދާލަތު ޕާޓީ އަކީ ތުންފުއްސެއްތޯ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ.‫  ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހު މެންދަމު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިނގި މައްސަލަ ފުލުހުން ބަލައި ގާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ މޮސްޓާ ކުރި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ ވެެރިކަމަށ...

އަލީ އާދިލް
ނޭކުރެންދޫ ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި

ނޭކުރެންދޫ ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އޮންނަ ކަނޑޫ ފަލަކީ ރާއްޖޭގައި އޮތް އެންމެ ބިޔަ އެއް ކަނޑޫފަލެވެ. ދުނިޔޭގެ ތިމާވެށި ދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު މިވަނީ ޤުދުރަތީ މި ބޮޑު ހަދިޔާ އަޅުގަނޑުމެން އަތުން ބީވެދާނެ ކަމުގެ ބިރު ހީވެފައެވެ. ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރު “ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ކަނޑޫފަލުން ހެކްޓަރަކަށް ވުރެ ބޮޑު ސަރަޙައްދަކުން ކަނޑޫ ގަސްތައް އެއްކޮށް މަރުވެފައިވާ ކަމަށެވެ. މިސަރަހައްދުން ވަނީ ކުދި ގަސްތަކުން ފެށިގެން ބޮޑެތި ގަސްތަކާއި...

ޙުސައިން ޝަހުދީ
ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި

ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި

ހދ. ނޮޅިވަރަމް ވަލުން ކުރުކުރާއި، ހިއްތަލަ ކޮނުމަށް އަދި ކަނޑޫފަލުން ކަނޑޫ ހޮވަން އެރަށުގެ ރައްޔިތުންނަށް ނޮޅިވަރަމް ކައުންސިލުން ދީފައިވާ ހުއްދަ އެ ކައުންސިލުން ބާތިލުކޮށްފިއެވެ. ނޮޅިވަރަމްގައި ކުރުކުރާއި، ހިއްތަލަ ކޮންނަނަމުން އަންނަނީ އަދި ކަނޑޫ ހޮޮވަމުން އަންނަނީ އެރަށުގެ ކައުންސިލުން ހުއްދަދޭ މުއްދަތެއްގެ ތެރޭގައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާޙީމް ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މިފަހަރު ހުއްދަ ދީފައި އޮންނަތާ މަހެއް ވަރު ވެއްޖެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ހުއްދަ ދެނީ އެންމ...

ޝިއުނާ އާދަމް
ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި

ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ފޯނު ގުޅުއްވައި، މަރުހަބާ ދަންނަވައި އެކުންފުނިން ވަޒީފާގެ ފުރުޞަތު ހުށަހަޅުއްވައިފިއެވެ. ފެނަކައިން މިއަދު ބުނީ ވެލްޓިލޭޓަރެއް އުފެއްދި އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ގުޅ...

ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަސީމު

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަސީމު

ހދ.އަތޮޅު ކައުންސިލްގެ ރައީސަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ވަސީމު، އަދި ނާއިބު ރައީސަކަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙައްމަދު އިންތިޚާބު ކުރައްވައިފިއެވެ. އަތޮޅު ކައުންސިލްގެ ރިޔާސަތު އަލުން އިންތިޚާބު ކުރައްވާފައިވަނީ، ރައީސާއި ނާއިބު ރައީސްގެ ދައުރު 02 ޖޫން 2020 ގައި ހަމަވެފައިވާތީ، 05 ޖޫން 2020 ވީ ހުކުރު ދުވަހު 2:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު ހދ.އަތޮޅު ކައުންސިލްގެ 141 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިޖަލްސާގައި، ރައީސްގެ […]

ޖަލްވާން ޖާދުﷲ
ބަސްމަގު ހުތުރުވުމުން ތިބާގެ ފެންވަރު އެހެންމީހުންނަށް ހާމަވޭ!

ބަސްމަގު ހުތުރުވުމުން ތިބާގެ ފެންވަރު އެހެންމީހުންނަށް ހާމަވޭ!

އެއްވެސްމީހަކު އެމީހެއްގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވެއްޓޭކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބައެއްމީހުންގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވެއްޓިދަނީ އެމީހުންގެ އަމިއްލަ ދުލުން ބޭރުކުރަމުންދާ ހަޑިހުތުރު ބަސްތަކުންނެވެ. ހަޑިހުތުރުބަހުން މީހުންނާއި މުޢާމަލާތުކުރުމަކީ ވަރަށް ދަށުދަރަޖައިގެ މީހެއްގެ ގޮތުގައި މުޖުތަމަޢު ބަލައިގަންނާނެ ކަމެކެވެ. އަދި އެމީހެއްގެ އަބުރު އެހެންމީހުންގެ ކުރިމަތީގައި ދަށްވާނެ ކަމެކެވެ. ބަސްމަގު ހަޑިހުތުރުވުމަކީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް އެމީހަކު ހުށަހެޅޭކަމެކ...

މުޙައްމަދު އާދަމް
ބޭންކު ދޯނީގެ ދަތުރުތައް ހދ. އަތޮޅުގައި އަލުން ފަށަނީ

ބޭންކު ދޯނީގެ ދަތުރުތައް ހދ. އަތޮޅުގައި އަލުން ފަށަނީ

ބޭންކް އޮފް މޯލްޑިވްސް އިން ހދ އަތޮޅުގައި ދެމުން އައި ބޭންކު ދޯނީގެ ޚިދުމަތް ކޯވިޑް19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު ދޯނި ބޭންކިންގ ޝެޑިއުލް އާންމުކޮށްފިއެވެ. އެބޭންކުން ކައުންސިލްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ފޮނުވާފައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން، އެބޭންކުގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިކަމަށާއި ދަތުރުގެ ތާވަލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ބޭންކު ޓީމްގެ ފަރާތުން އެކަން ރަށްރަށަށް އަންގަވަމުން ގެންދާ...

ޝިއުނާ އާދަމް
ކުޑައިރު ކައްޓަފުޅި ހިފަން މޫދަށް ދިޔައިންތަ؟

ކުޑައިރު ކައްޓަފުޅި ހިފަން މޫދަށް ދިޔައިންތަ؟

މިއީ އަސްލަށް ވެސް ހިތްގައިމު ހަނދާންތަކެވެ. ބައި ހަދާފައި މޫދަށް އެރިލާ މަޖާކުރާ ދުވަސް ދުވަހުގެ ފޮނިމަޖާގަނޑެކެވެ. މަސްހިފާ ދާ ނެތިއްޔާ ކުޑަވަރެއްގެ ފޮތިގަނޑެއް ހިފައިގެން ރަތްދައްކާ އަވީގައި މުޅިގޮނޑުދަށުގައި ހިނގާނި ކައްޓަފުޅި ބައިގަނޑެއް ރާޑަރަށް އަރާތޯއެވެ. އަރައިފިއްޔާ އެދުވަސް އެއްކޮން ކައްޓަފުޅި އައިނުގަނޑުއެކީގައި ހިސޯރުކޮށްލާނެއެވެ. ކައްޓަފުޅި ހިފޭނީ ލައްކަ ހުނަރު ހުރެގެންނެއެވެ. ފޮތިގަނޑުގައި ހިފާ ދެމީހުން ފިޔަވާ މަސްތައް ލަވަން ކުޅަދާނަ މީހުން ނެތިއްޔާ މުޅި މިސަން ފަނިވާނެއެވެ. މަސް...

އަލީ އިބްރާހިމް
ވެށި ރައްކާތެރި ކުރުމަށްޓަކައި އިސްލާމްދީން ބާރު އެޅުއްވި ބައެއްކަންކަން

ވެށި ރައްކާތެރި ކުރުމަށްޓަކައި އިސްލާމްދީން ބާރު އެޅުއްވި ބައެއްކަންކަން

ޖައްވު ތަޣައްޔަރުވުމާއި، ކަނޑުގެ ލޮނު ގަނޑު އުފުލުމާއި، އޯޒޯން ފަށަލަ ތުނިވުން ފަދަ ވާހަކަ ތަކުގެ އަޑު މިދަނީ ގަދަ ވަމުންނެވެ. މިއީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ތަކުގައި އުޅެމުންދާ މީހުން އެކަމާއި މެދު ކަންބޮޑުވާންޖެހޭ ކަމެކެވެ. ތިމާ ދިރިއުޅޭ ވެއްޓަށް އަންނަމުން ދާ ބަދަލު ތަކުގެ ވާހަކަ އަކީ އެކަން ކަމުގެ މައްޗަށް ދުނިޔޭގެ ގިނަ ބަޔަކު ސަމާލުކަން ހުއްޓިފާވާ މުހިއްމު ވާހަކަތަކެކެވެ. ތިމާވެށި ނުވަތަ ޢަރަބި ބަހުން ނަމަ ”ބީއާ” މި ލަފްޒު […]

ތިލަދުން
މަންޑޭ އެހީގެ ޕްރޮގްރާމް މަންމަގެ ހަނދާނުގައި އުފެއްދި ފައުންޑޭޝަންގެ ދަށަށް

މަންޑޭ އެހީގެ ޕްރޮގްރާމް މަންމަގެ ހަނދާނުގައި އުފެއްދި ފައުންޑޭޝަންގެ ދަށަށް

ކޭޕާކުގެ ވެެރިޔާ ޙަސަން މަމްދޫޙް (މަންޑޭ) ހިންގަވަމުން އައި އެހީގެ ޕްރޮގްރާމް، މަންޑޭގެ މަންމަގެ ހަނދާނުގައި އުފައްދާފައިވާ ފައުންޑޭޝަން، “ޝަރީފާ ފައުންޑޭޝަން” ގެ ދަށަށް ބަދަލުކޮށްފިއެވެ. މަންޑޭ ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ‏މިހާތަނަށް “މަންޑޭގެ އެހީ ޕްރޮގްރާމް” ނަމުގައި އެކި ފަރާތްތަކަށް އޭނާ ވަމުން އައި އެހީ އާއި އެހީގެ މަސައްކަތްތައް އޭނާގެ މަންމަގެ ހަނދާނުގައި އުފައްދާފައިވާ ފައުންޑޭޝަން، “ޝަރީފާ ފައުންޑޭޝަން” ގެ ތެރެއަށް ބަދަލުކޮށްފިކަމަށެވެ. މަންޑޭ ވަނީ އެ ފެށުމުގައި މާތް ﷲ ބަރަކާތ...

ޝިއުނާ އާދަމް
ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓްއެއް: އަލީ ހުސައިން

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓްއެއް: އަލީ ހުސައިން

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓަކީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓްއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ހިންގަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާއަށް ބޮޑު އަދި ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ އިޖުތިމާއީ ނަފާ ހީނަރު ކުރުވާ ޕްރޮޖެކްޓެއްކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި އަދި މިދަ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީ ހިމެނޭހެން ތިން ސަރަޙައްދެއްގައި އުރީދޫ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފި

ކުޅުދުއްފުށީ ސިޓީ ހިމެނޭހެން ތިން ސަރަޙައްދެއްގައި އުރީދޫ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފި

ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއިއެކު އުރިދޫ މޯލްޑިވްސްގެ ޚިދުމަތްތައް ލިބިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުޅުދުއްފުށީ ސިޓީ ހިމެނޭހެން ތިން ސަރަޙައްދެއްގައި އުރީދޫ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފިއެވެ. މިގޮތުން އެކުންފުނިން ވަނީ ކުޅުދުއްފުށީ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ގދ ތިނަދޫގައި ޑިޖިޓަލް ސެންޓަރު ގާއިމްކޮށްފައިވާ ކަމަށެވެ. އުރިދޫއިން ބުނީ އެ ސެންޓަރުތަކުގައި ގާއިމްކޮށްފައިވާ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކ...

ޔުމްނާ ޢަލީ
ރާއްޖެއިން އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1872އަށް

ރާއްޖެއިން އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1872އަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރެވްވި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހަކާއި އިންޑިއާގެ 3 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1872އަށް އިތުރު ވެފައެވެ. ✳️ COVID-19 Case Updates Confirmed an additional 22 cases of COVID-19 infections in […]

އަލީ އާދިލް
އެމްޕީ ނާޒިމް މެދުވެރި ވެގެން އަނެއްކާވެސް ލިންބާގްގެ ވެރިޔާގެ އެހީއެއް

އެމްޕީ ނާޒިމް މެދުވެރި ވެގެން އަނެއްކާވެސް ލިންބާގްގެ ވެރިޔާގެ އެހީއެއް

މެލޭޝިޔާގެ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް 1،000 ޕީޕީއީ ކިޓު ހަދިޔާ ކޮށްފި އެވެ. މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން މިއެހީތެރިކަން ރާއްޖެއަށް ހަވާލުކޮށް ދެއްވީ އޭނާގެ އެކުވެރި، ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމެވެ. ނާޒިމަކީ ލިންބަގްގެ ފައުންޑާގެ ހިއްސާ އޮވެގެން ރާއްޖޭގަައި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ ގްރޭންޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްވެސް މެއެވެ. ސަރުކާރުގެ...

ޝިއުނާ އާދަމް
ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގެ ފަހުކޮޅު ހަވާލުކުރަން ފަށަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް އަންނަ މަހުގެ ފަހުކޮޅު ހަވާލުކުރަން ފަށަނީ

ޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓްތައް ލިބޭ ފަރާތްތަކާއި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފަހުކޮޅު ފެށޭނެކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓް އާތިފާ ޝުކޫރު ވިދާޅުވީ ކުރިއަށް އޮރް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާން ކުރެވޭވަރު ވާނެކަ...

ޔުމްނާ ޢަލީ
ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 00:15 ގައި

ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 00:15 ގައި

ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނދުކޭތަ ނަމާދު ކުރުން މާދަމާ ރޭ 22:45 ގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ސާރކިއުލައެއްގައި ބުނެފައިވަނީ މާދަމާ ރޭ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެކަމަށާއި މި ހަނދުކޭތަ ހިފަންފަށާނީ 22:45 ގައި ކަމަށާއި އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، އެރޭގެ މެންދަމު 00:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައި […]

އިބްރާހިމް އަސްވާޤް
އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް މިހާރު ލިބޭނެ

އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް މިހާރު ލިބޭނެ

ކޯވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމުން މެދުކަނޑާލަން ޖެހުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކަށަވަރު ޝޯރޫމްގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ. ފުރަބަންދުގެ ސަބަބުން އެމްޓީސީސީ ކަށަވަރު ޝޯރޫމްގެ ޚިދުމަތް ވަގުތީގޮތުން ކަސްޓަމަރުންނަށް މެދުކަނޑާލި ނަމަވެސް ފުރަބަންދުގެ ތެރޭގައިވެސް އެ ޝޯރޫމުން ވަނީ ޑެލިވަރީގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. އެ ޝޯރޫމު މި ޖޫން މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހުޅުވަން ހަމަޖައްސާފައިވާ ގަޑި ތަކަކީ ހ...

ޔުމްނާ ޢަލީ