ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއިއެކު އުރިދޫ މޯލްޑިވްސްގެ ޚިދުމަތްތައް ލިބިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުޅުދުއްފުށީ ސިޓީ ހިމެނޭހެން ތިން ސަރަޙައްދެއްގައި އުރީދޫ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފިއެވެ.

މިގޮތުން އެކުންފުނިން ވަނީ ކުޅުދުއްފުށީ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ގދ ތިނަދޫގައި ޑިޖިޓަލް ސެންޓަރު ގާއިމްކޮށްފައިވާ ކަމަށެވެ.

Ad
rt

އުރިދޫއިން ބުނީ އެ ސެންޓަރުތަކުގައި ގާއިމްކޮށްފައިވާ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، ކޭޝް އިން ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

އުރީދޫ އިން ވަނީ ޑިޖިޓަލް ސެންޓަރުތަކުގައި އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރުމަށް އެދިފައެވެ.

އުރީދޫ އިން ވަނީ މާލޭގައިވެސް މިފަދަ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފައެވެ.

އޫރިދޫއިން އަންނަނީ ކޯވިޑާއި ގުޅިގެންވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދެމުންނެވެ. އަދި ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އޫރިދޫން ވަނީ ކޯވިޑް-19 އަށް ބަލިމީހުނަށް ފަރުވާ ކުރުމުގައި ބޭނުން ކުރުމަށް 50 އިންޓިއުބޭޝަން ބޮކްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފައެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޯވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.