ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ހުރި މީހަށް ކޭއާރުއެޗްގައި ފަރުވާ ދެނީ
ހއ. އަތޮޅު ދޮނަކުޅީގައި ތަރައްޤީކޮށް ހިންގާ ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލީޓީގައި، ކަރަންޓީނުގައި ހުރި މީހަކު ނޭވަޔަށް އުނދަގޫވެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާ ދެމުން އެބަދެއެވެ. ހދ. ވައިކަރަދޫއަށް ނިސްބަތްވާ 54 އަހަރުގެ އެ އަންހެން މީހާ ކޭއާރުއެޗަށް ގެންގޮސްފައި ވަނީ އިއްޔެރޭ ގެ ވަގުތެއްގައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމުވަނީ ” ތިލަދުން ” އެކަން ކަށަވަރު ކޮށްދީފައެވެ. ނަސީމު ވިދާޅުވީ އެމީހާއަކީ މާލެއިން ވައިކަރަދުއަށް އަންނަން […]